Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު

ކެމްޕެއިން ކުރާ އިރު ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރާތީ އީޕީއޭގެ ކަންބޮޑުވުން

25 އޯގަސްޓު 2023 | ހުކުރު 13:20

އެ އިދާރާ އިން ވަނީ އެފަދަ އަމަލުތައް ހުއްޓާލުމަށް އިލްތިމާސްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އޯގަސްޓު 2023 | ހުކުރު 13:20
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރާ އިރު ބައެއް ފަރާތްތަކުން ތިމާވެއްޓާއި ދިރޭތަކެއްޗަށް ގެއްލުން ލިބޭ ފަދަ އަމަލުތައް ހިންގާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމާއި ގުޅިގެން އީ.ޕީ.އޭއިން ނެރުނު ބަޔާނެއްގައި ބުނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ރާއްޖޭގެ ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ގެއްލުންވާގޮތްގޮތަށް ކެމްޕެއިންގެ ކަންކަން ހިންގާކަން އެ އިދާރާ އަށް ފާހަގަކުރެވޭ ކަމަށެވެ. އެގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ހެދިފައިވާ ހިމާޔަތްކޮށްފައިވާ ގަސްގަހާގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްގަހާގެއްސަށް ގެއްލުންވާ ގޮތަށް މޮހޮރުފަދަ ތަކެތި ޖެހުމަށް ފަހު ކެމްޕެއިން ބެނާތައް ހަރުކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ޖަނަވާރާއި ރުއްގަހަށް ސްޕްރޭކުރުމާއި އެތަކެތީގައި ދަވާދު އުނގުޅުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ. ހަމައެހެންމެ ކެމްޕެއިން ހަރަކާތްތަކަށް ބޭނުންކުރާ ބައެއް ލުއިފޮތްތަކާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް އުލާކާފައިވާކަން އެ އިދާރާ އަށް ފާހަގަކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

ހަމައެހެންމެ ކެމްޕެއިން އިވެންޓްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ބޭނުންކުރާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އީޕީއޭއިން ބުނީ ކުނީގެ ގޮތުގައި އުކާލުމަށްފަހު އެ ތަކެތި ރަނގަޅަށް މެނޭޖްނުކުރާކަމަށެވެ. އެ އިދާރާ އިން ބުނީ މުރަކަތަކަށް ގެއްލުންވާގޮތަށް ފަރުތައް ތޮރުފުމާއި، ފަރުތައް ހަލާކުކޮށްގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުން ފަދަ ކަންކަން ކުރާ ކަމަށެވެ. އެހެންކަމުން އެ އިދާރާ އިން ވަނީ އެފަދަ އަމަލުތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް