Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމްސް

މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

25 އޯގަސްޓު 2023 | ހުކުރު 07:04

މި އިމާރާތުގެ މަސައްކަތް ކަސްޓަމްސް އިން ހަވާލުކޮށްފައިވަނީ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އޯގަސްޓު 2023 | ހުކުރު 07:04
ކަސްޓަމްސް އިމާރާތުގެ ބިންގާ އެޅުމުގެ ތެރެއިން

ކަސްޓަމްސް އިމާރާތުގެ ބިންގާ އެޅުމުގެ ތެރެއިން

ނ. މާފަރުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއީ އުތުރުގެ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން މަސައްކަތްތަކުގެ ތެރެއިން ކަސްޓަމްސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި އަޅާ އިމާރާތެކެވެ. ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟް އެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންނާއި މާފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އާމިރާއި ކައުންސިލްގެ މެމްބަރުންނާއި އެރަށުގައި ތިބި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ މި އިމާރާތަކީ ރީީޖަނަލް ކަސްޓަމްސްތަކުގެ އުމްރާނީ ތަރައްގީއަށް އިތުރުވެގެންދާ މުހިއްމު ބޮޅެއްކަމަށެވ. އަދި ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި އޮފީސް ވެގެންދާނީ އެ ރީޖަންގެ މުހިންމު އެއް ބިނާއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި އިމާރާތުގެ މަސައްކަތްނިމި ބޭނުންކުރަން ފެށުމުން، އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ކޮމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ.

މިއީ 6,557 އަކަފޫޓުގެ އިމާރާތެކެވެ. މި އިމާރާތުގައި އޮފީސް އޭރިއާއަކާއި އެކޮމޮޑޭޝަން ބްލޮކެއް އެޅުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއަށް 8.66 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

މި އިމާރާތުގެ މަސައްކަތް ކަސްޓަމްސް އިން ހަވާލުކޮށްފައިވަނީ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ މަސައްކަތްފަށާ ދުވަހުން ފެށިގެން 540 ދުވަހުގެ ތެރޭގައި އިމާރާތް ނިންމަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

30 މާރިޗު 2017
ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި
27 މާރިޗު 2017

އެމްޑީޕީގެ އޮފީސް ކުރިމަތިން މީހަކު ހައްޔަރުކޮށްފި

27 މާރިޗު 2017
އެމްޑީޕީގެ އޮފީސް ކުރިމަތިން މީހަކު ހައްޔަރުކޮށްފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
26 ފެބުރުއަރީ 2017

ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް