Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ

މި އަހަރު ލިބުނު ބައިނަލްއަގުވާމީ މެޗުތަކާ އެކު އަންހެން ވޮލީ ޓީމަށް އިތުބާރު

ޓީމް އޮތީ ޝީސެލްސްއާ މޮރިޝަސް ގްރޫޕްގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 25 އޯގަސްޓު 2023 | ހުކުރު 04:45
ޤައުމީ އަންހެން ވޮލީ ޓީމް މުބާރާތެއްގެ މެޗެއްގެ ތެރެއިން

ޤައުމީ އަންހެން ވޮލީ ޓީމް މުބާރާތެއްގެ މެޗެއްގެ ތެރެއިން

ހުކުރު ދުވަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަންހެން ވޮލީ ޓީމުން ތައްޔާތީތައް ކުރިއަށް ގެންދިޔައީ ތައިލެންޑްގެ ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްއާ އެކުއެވެ. އަންހެން ވޮލީ ޓީމުން ބުނީ އަމާޒަކީ ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށެވެ.

ކޯޗު ވިޗީޕޮންއާ އެކު އަންހެން ވޮލީ ޓީމުން މި މުބާރާތައް ފަރިތަކުރުންތައް ފެށީ މީގެ ފަސް މަސް ކުރިންނެވެ. އަދި މުބާރާތުގެ ކުރިން އަންހެން ޓީމުން ވަނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައިވެސް ވާދަކޮށްފަ އެވެ. އެ މުބާރާތަކީ، ވިޗީޕޮން އަށް ކުޅުންތެރިން ދެނެ ގަންނަން ލިބުނު ބޮޑު ފުރުސަތެކެވެ. އޭގެ ފަހުން އައިއޯއައިޖީގެ ކުރިން އަންހެން ވޮލީ ޓީމުން ވަނީ ތައިލެންޑުގައި ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ. އަދި މުބާރާތުގެ ކުރިން ރާއްޖޭގައި ސްރީ ލަންކާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ތިން މެޗު ކުޅުނެވެ.

އައިއޯއައިޖީގެ ކުރިން ޓީމް މޯލްޑިވްސް މީޑިއާ އާއި ވާހަކަ ދައްކަމުން ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ހައްވާ ރާޝިދާ (ހައްވަ)، ޖޫޒާން ޒަރީރު އަދި ރިޔާާޝާ ބުނީ އަބަދުވެސް އަމާޒަކީ މެޑަލް ހޯދުން ކަމަށެވެ. ސީޝެލްސް ފަދަ ގައުމުތަކުގެ ކުޅުން ފެނިފައި ހުރިކަން ފާހަގަކޮށް އެކުޅުންތެރިން ބުނީ އެގައުމަތަކާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށެވެ.

އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ބުނީ، އައިއޯއައިޖީއަށް ކުޅުންތެރިން ތިބީ މެންޓަލީ އަދި ފިޒިކަލީ ވަރަށް ފިޓުކޮށް ކަމަށާއި، އެންމެ ފަހުން ބޭއްވި އައިއޯއައިޖީ މުބާރާތުން އެނގިގެންދިޔައީ ރާއްޖޭގެ އަންހެން ވޮލީ ޓީމަށް މި މުބާރާތުގައި މެޑަލްއެއް ހޯދިދާނެކަން ކަމަށެވެ.

މުބާރާތުގެ ކުރިން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ކަމަށާއި، ވޮލީއަށް މިހާތަނަށް އައިއޯއައިޖީގައި މެޑަލްއެއް ލިބިފައިވަނީ ބީޗް ވޮލީގައި އެކަނި ކަމުން މި މުބާރާތައް އަންހެން ވޮލީ ޓީމުން ދަނީ އެކަން ބަދަލުކޮށްލަން ކަމަށް އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ވަނީ ބުނެފަ އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ފަހު، ވިޗީޕޮން ދިން އިންޓަވިއުއެއްގައި ބުނީ ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ކުޅުމާއި ހުރިހާ ކަމަކަށް ބަލާއިރު، ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް ފާހަގަކުރެވި، އެ އަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގައުމީ އަންހެން ޓީމަށް މީގެ ކުރިން އެކި ފަހަރު މަތިން ކޯޗުކޮށްދީފައިވާ އަހުމަދު އަދީލް (ބޭބެ) މި ވަގުތު އެސިސްޓަންޓް ކޯޗަކަށް ހުރީ ހެޑް ކޯޗު ވިޗީޕޯން އަށް އެހީތެރިވުމުގެ ގޮތުންނެވެ. ބޭބެ ބުނީ ތައްޔާރީތައް ދިޔަ ގޮތަށް ބަލާއިރު، ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޮތް ގްރޫޕްގެ ގޮތުން ވެސް ރަނގަޅު ކުޅުމަކާ އެކު ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އަންހެން ވޮލީގައި ރާއްޖެ ހިމެނެނީ ސީޝެލްސް އާއި މޮރިޝަސްއާ އެއް ގްރޫޕެއްގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު