Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ

އައިއޯއައިޖީއަށް ދާ ފިރިހެން ވޮލީޓީމްގައި ތަޖުރިބާ ބޮޑު!

ރާއްޖެ ގްރޫޕްގައި އޮތީ ރީޔޫނިއަންއާއި މަޑަގަސްކަރަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 25 އޯގަސްޓު 2023 | ހުކުރު 04:40
ޤައުމީ ވޮލީ ޓީމް ކެޕްޓަން ފައިރޫޒް

ޤައުމީ ވޮލީ ޓީމް ކެޕްޓަން ފައިރޫޒް

ހުކުރު ދުވަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގައުމީ ފިރިހެން ވޮލީ ޓީމު އެކުލަވާލިއިރު، އެންމެ ބޮޑު ސަމަލުކަމެއް ދީފައިވަނީ ރަނގަޅު ފޯމެއްގައި މި ވަގުތު ތިބި ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ހިމަނައިގެން، ވީ އެންމެ ވަރުގަދަ ޓީމާއެކު ގޭމްސްގައި ވާދަކުރުމަށެވެ. އެ ގޮތުން، ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ފަށައި، ތައިލެންޑް ކޭމްޕެއް ފުރިހަމަ ކުރުމުގެ އިތުރުން، މާލޭގައި ސްރީލަންކާއާ ދެކޮޅަށް ކުޅުުނު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށްފަހު ޓީމު އޮތީ އައިއޯއައިޖީ އަށް ތައްޔާރަށެވެ.

ގިނަ އަހަރުތަކެއް ފަހުން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އާއި ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އާމިރު (ދިގު އައްޔަ) ޓީމަށް އައިއިރު، ބީޗް ވޮލީބޯޅަ އިވެންޓް މި ފަހަރުގެ އައިއޯއައިޖީގައި ނެތުމުން، ބީޗްވޮލީ އަށް ހުސްވެ ތިބި ރާއްޖޭގެ އެންމެ ހުނަރުވެރި ކުުޅުންތެރިންގެ ތެރެއިން އިސްމާއިލް  ސާޖިދު (ކުޑަކާއްޓެ) އަދި އާދަމް ނަސީމް (އެޑަމް) ވެސް ޓީމުގައި ހިމެނެ އެވެ. ޓީމުގައި މި ފަހަރު ނެތީ އާއިލީ ޒިންމާގެ ކަމެއްގައި ހުރި ކުރީގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އެވެ. 

ގައުމީ ކޯޗު ކާއްޓޭ ފާހަގަކުރީ ތައްޔާރީތަކަށް ބަލާއިރު، ގިނަ މެޗުތަކެއް ލިބިފައިވާތީ އޭގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. އަދި ފުރަތަމަ ގުރުއަތުލުން ބޭއްވުމަށްފަހު ދިޔަ ގްރޫޕް ރަނގަޅު ކަމަށާއި ދިމާވި ކަމަކާ ހެދި ދެ ވަނަ ފަހަރަށް ގުރުއަތުލުން ކުރިއަށްގެންގޮސް، ދެން ޖެހުނީ ކުރިއަށް ވުރެ އުނދަގޫކޮށް އޮތް ގްރޫޕެއްގައި ކަން ކާއްޓޭ ފާހަގަކުރިއެވެ. ރާއްޖޭގެ ފިރިހެން ޓީމާއެކު އޮތީ ރީޔޫނިއަންއާ މަޑަގަސްކަރައެވެ.

މި ފަހަރު ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ މި ވަގުތަށް ބަލާއިރު، ރާއްޖޭން ނެގޭނެ އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި ތަޖުރިބާ އަށް ބެލިޔަސް އަދި ޒުވާން އަރަމުން އަންނަ ކުުޅުންތެރިންނަށް ނަޒަރު ހިންގާލިޔަސް، ޓީމުގައި އެކި ލެވަލްގެ ފެންވަރުގެ ކުޅުންތެރިން ތިބިކަން ކާއްޓޭ ފާހަގަކުރި އެވެ.

ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މި ފަަހަރު ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވަނީ އާދަމް ފައިރޫޒް އެވެ. ފައިރޫޒް ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ވޮލީ ޓީމުން މި ފަަހަރުގެ އައިއޯއައިޖީ އަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ތައްޔާރީތަކުގެ ސަބަބުން، ޓީމުގެ ކުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް ބޭއްވި ޓްރެއިނިންތަކާއި ސްރީ ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުން އެކަން ފެނުނު ކަން ފައިރޫޒު ފާހަގަކުރިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މީގެ ކުރިން ގައުމީ ވޮލީ ޓީމުތައް ވާދަކޮށްފައިވާއިރު، އަންހެން އަދި ފިރިހެން  ޓީމަށް ވެސް މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ އެހެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ތަކުރާރުވާ އެއް މައްސަލަ އެވެ. އެއީ ސެޓު ނިންމަން ލިބޭ ފުރުސަތުތަކުގެ ބޭނުންނުހިފުމާއި، އަމިއްލަ އަށް ހެދޭ ގޯސްތަކާ ހެދި ޕްރެޝަރަށް ވެއްޓިގެންނެވެ. އެކަމަކު، ފަަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގެ މެޗުތައް ލިބެމުން އަންނަ މިންވަރަށް ބަލާއިރު، ޓީމުގެ ކުރިއެރުން ވެސް އަންނަނީ ފެންނަމުންނެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، މި ފަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވޮލީބޯޅަ އިވެންޓްގައި ގައުމީ ފިރިހެން ޓީމުން ވަރަށް ބޮޑަށް ނަތީޖާ އަށް އަމާޒުކޮށްގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި މެޑަލް ޓާގެޓެއް އޮވެގެން ކުރިއަށްދާން ބަލާއިރު، ވޮލީ ޓީމަށް އޮތް ޗެލެންޖަކީ އިދިކޮޅަށް ނުކުންނަ ގައުމުތަކުގެ ޓީމުތަކަކީ އަހަރުން އަހަރަށް ބަދަލުވާ ޓީމުތަކަކަށް ވުމެވެ. ފްރާންސަށް ނިސްބަތްވާ އެކި ކުޅުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ އެކި ގައުމުތަކަށް ރަށްވެހިކަން ބަދަލުކޮށްގެން ކުޅެ އެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު