Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިގްތިސާދީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުން

އިގްތިސާދީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުން - ވަޒީފާ ހޯދާ މީހުންނަށް "އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް" ސްކީމެއް

24 އޯގަސްޓު 2023 | ބުރާސްފަތި 18:27

އިގްތިސާދީ ބޮޑު ބަދަލު ސިޔާސަތުގެ ތެރޭގައި ހިމެނޭ އިގްތިސާދީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ދަށުން ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 އޯގަސްޓު 2023 | ބުރާސްފަތި 18:27
 "ޒަމާނަކުން އައި ޒަމާނެކެ މިއީ" ޖަލްސާގެ ތެރެއިން

"ޒަމާނަކުން އައި ޒަމާނެކެ މިއީ" ޖަލްސާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އިގްތިސާދީ ބޮޑު ބަދަލު ސިޔާސަތުގެ ދަށުން، ވަޒީފާ ހޯދާ މީހުންނަށް "އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް" ސްކީމެއް ތައާރަފްކުރަން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ހާމަކުރި އިގްތިސާދީ ބޮޑު ބަދަލު ސިޔާސަތުގެ ތެރޭގައި ހިމެނޭ އިގްތިސާދީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ދަށުން ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކާއި ވަޒީފާ ހޯދުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް އާމްދަނީއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން "އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް" ސްކީމެއް ތައާރަފްކުރުމަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން އިންޝުއަރަންސް ދާއިރާ ރެގިއުލޭޓްކޮށް ތަރައްގީކުރުމަށް ޓާރގެޓެޑް ޕޮލިސީތައް ހަދައި، ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރަށްރަށާއި، ސިޓީތަކަށް ދިމާވާ އެކިއެކި ކާރިސާތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ހޯމް ތަކާފުލް/ އިންޝުއަރެންސް ސްކީމް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. ޑިޖިޓަލް ޒަމާނަކަށް އިގްތިސާދީ މިސްރާބު ބަދަލުވަމުންދާ ދަނޑިވަޅުގައި، ސައިބަރ ސެކިއުރިޓީއާއި ޑޭޓާ ޕްރޮޓެކްޝަންގެ މުހިންމުކަން ދެނެގަނެ، ރައްކާތެރި ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއް ގާއިމުކުރުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަސީލަތް ގާއިމުކުރުމަށް އިސްކަންދިނުމަށް ވެސް ވަނީ މި ސިޔާސަތުގައި ހިމަނާފައެވެ.

އަދި މީގެ އިތުރުން ޖަޒީރާވަންތަ ރާއްޖެއާ ގުޅޭގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން، ތިމާވެށްޓާއި ރަހުމަތްތެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންޝުއަރަންސް، ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަނާއި އެހެނިހެން މާލީ ޚިދުމަތްތަކާބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހިމެނޭގޮތަށް އެތެރޭގެ މާލީ ނިޒާމު ހިންގުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށާއި، ރައްޔިތުންނާއި، އިންވެސްޓަރުންނާއި، ވިޔަފާރިވެރިންނަށް، ކުރިމަތިވެދާނެ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އެކަންކަމުން އަރައިގަތުމަށް، އިގުތިސާދީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިޒާމެއް ގާއިމްކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް