Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު

ގާސިމް އުޅުއްވަނީ ސަކަރާތް ޖައްސަވަންތޯ؟

ސިޔާސަތުތަކާއި ވައުދުފުޅުތަކަށްވުރެ ބޮޑަށް ގާސިމް ދައްކަވަނީ މަޖާ ނުވަތަ ޖޯކު ވާހަކަފުޅުތައް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2023 | ބުރާސްފަތި 13:36
ކެމްޕެއިން ޖަލްސާއެއްގައި ގާސިމް ވާހަކަފުޅުދައްކަވަނީ

ކެމްޕެއިން ޖަލްސާއެއްގައި ގާސިމް ވާހަކަފުޅުދައްކަވަނީ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބެވެ. ސިޔާސީ ޕާޓީތަކާއި މިނިވަން ކެންޑިޑޭޓުންނާއެކު ޖުމުލަ އަށް ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރައްވައެވެ. ސިޔާސަތުތަކާއި، ވިސްނުންފުޅުތަކަށް ބެލިނަމަވެސް، މިއީ ރައްޔިތުންގެ ކުރިމައްޗަށް އެންމެ ގިނަ ކަންކަން އޮއްސަވާލައްވާނެ އިންތިޚާބެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް އައިއިރު، ސީރިއަސްކަމާއެކު ރައްޔިތުންގެ ކުރިމައްޗަށް "ބޭނުން ހިފޭ" ސިޔާސަތުތަކެއް ދައްކަނީ މަދު ބޭފުޅެކެވެ.

ގިނަ ރައްޔިތުން ގަބޫލުކޮށްގެން ތިބީ މިއަހަރުގެ އިންތިޚާބަށް އެންމެ ފޯރީގައި، އެންމެ ސީރިއަސް ކަމާއެކު ތައްޔާރުވެވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ. އިންތިޚާބު އިއުލާންކުރުމާއެކު، ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ގާސިމަށް ރިޔާސީ ޓިކެޓު އެރުވިއެވެ. އެއާއެކު ގާސިމް ދަނީ އިންތިޚާބާގުޅޭ އެކިއެކި ވާހަކަފުޅު ދައްކަވަމުންނެވެ. އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅާއެކުވެސް، ގާސިމް މި އިންތިޚާބު ސީރިއަސްކޮށް ނަންގަވާ މިންވަރު ގިނަ ބަޔަކަށް ފެނުނެވެ. ގާސިމް ވިދާޅުވީ މީގެ ކުރިން ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ނާރުވާ ކަމަށެވެ. ތެދެކެވެ. އައު ގާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ ދެ އިންތިޚާބެއްގައި ގާސިމް ވާދަކުރެއްވިއެވެ. އެއީ 2008 ވަނަ އަހަރުގެ އިންތިޚާބާއި، 2013 ވަނަ އަހަރުގެ އިންތިޚާބުގައެވެ. 2018ގައި ގާސިމް ކުރިމަތި ނުލެއްވީއެއް ނޫނެވެ. ކުރިމަތިލެއްވޭނެ ހާލަތެއް ނެތީ އެވެ. އޭރުގެ ސަރުކާރުގެ އަނިޔާގެ ވަކިތަކާއެކު، އަމިއްލަފުޅަށް އަރުވާލެއްވިގެން އެހެން ގައުމެއްގައި ދިރިއުޅުއްވަން ޖެހިވަޑައިގަތް ސިޔާސީ ލީޑަރުންގެ ތެރޭގައި ގާސިމް ވެސް ހިމެނިވަޑައިގަތީއެވެ. އޭރު، އިދިކޮޅު ޕާޓީތަކުން އެކުލަވާލީ ބިޔަ، ބޮޑު ކޯލިޝަނެކެވެ.

ދެ އިންތިޚާބުގެ ނާކާމިޔާބީއާއެކު، ތިންވަނަ އިންތިޚާބަށް ކުރިމަތިލައްވައިގެން ހުންނެވި ގާސިމް ފުރަތަމަ ދެއްކެވީ ޖަޒުބާތީ ވާހަކަފުޅުތަކެކެވެ. ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ނާރުވައި، އެހެން ބަޔަކަށް ފުރުސަތު ދޭ ވާހަކައެވެ. އެހެންކަމުން، ތިންވަނަ ފަހަރު އެމަނިކުފާނު ޓެސްޓު ކޮށްލަން އެދި "އާދޭސް" ކުރެއްވިއެވެ. އެންމެ "އަޑުހަރުކޮށް" ރިޔާސީ އިންތިޚާބުގައި ވާހަކަފުޅުދެއްކެވީ ވެސް ގާސިމެވެ. ނަމަވެސް، އޭރުވެސް ގިނަ މީހުން ދެއްކީ ގާސިމްގެ ކެމްޕެއިނުގައި "ލޮނު މަޑު" ވާހަކައެވެ. ކެމްޕެއިނަށް ޕާޓީގެ ބޭބޭފުޅުން ރަށްރަށަށް ފޮނުވުމަށްފަހު، ގާސިމް އިންނަވަނީ "ސަންއައިލެންޑުގައި" ކަމަށް ވިދާޅުވާ ރައްޔިތުން އޭރުވެސް ގިނައެވެ.

ނަމަވެސް، އިންތިޚާބަށް ވަގުތު ކުޑަތަންވުމާއެކު ގާސިމްވެސް އަތޮޅު ތެރޭގެ ރަށްރަށަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ. ރަށްރަށަށް ވަޑައިގަންނަވައި، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން ފެންނަނީ އެކި ކެރެކްޓަރެވެ. ބައެއް ކެންޑިޑޭޓުން ސީރިއަސްކަމާއެކު، އެބޭފުޅުންގެ ސިޔާސަތުތައް ވިއްކަވަނީއެވެ. އަނެއްބައި ކެންޑިޑޭޓުން އަޑަށް ބާރުލައްވައި، ކަރުފުޅުން ނާރު ނަންގަވައި ވާހަކަފުޅު ދައްކަވަނީއެވެ. އެކަމަކު ގާސިމްގެ ފަރާތުން މިއަދާ ހަމައަށް ފެނުނީ މުޅިން އެހެން ކެރެކްޓަރެކެވެ. ސިޔާސަތުތަކާއި، ވައުދުފުޅުތަކުގެ ވާހަކައަށްވުރެ ބޮޑަށް ގާސިމް ދައްކަވަނީ މަޖާ ނުވަތަ ޖޯކު ވާހަކަފުޅެވެ. ގާސިމްގެ ޖަލްސާތަކަށް ރަށްރަށުން މީހުން ނިކުންނަ މިންވަރު މަދުވުމުން ވިދާޅުވީ، އެކަކު އަޔަސް ނަޔަސް އެމަނިކުފާނަށް ހެޔޮކަމަށެވެ.

ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިހާރު ގާސިމްގެ ޖޯކެއް ފެނެއެވެ. އެކި ރަށްރަށުގައި އެކި ކަންކަމެވެ. އެއް ރަށުގައި ބެޓެރީގައި ޗާޖު ނެތް ވާހަކައާއި، ޗާޖު ނުކޮށް ގެންނަ ވާހަކައެވެ. އަނެއް ރަށުގައި މައިކު ރަނގަޅު ކޮށްލަން އުޅުނު މީހާގެ އަތުގައި ޖެއްސެވީއެވެ. ދެން ޖެހިގެން އައި ރަށުގައި، ކޮންޓްރޯލް ނުވީކަންނޭނގެއެވެ. "ބުނެބަލަ އެއްޗެއް، އާނއެކޭ ނޫނިއްޔާ ނޫނެކޭ ވިދާޅުވެ ބައްލަވަ" އޭ ކިޔައި ހަޅޭއްފުޅު ލެއްވިއެވެ. ދެން ޖެހިގެން އައި ދުވަހު ދަތްޕުޅު ހީލިކަރުވާ ވާހަކައެވެ. ގާސިމް ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ދޮރު ހުޅުވުމުން ދަތްޕުޅު ހީލިކެރުވި ވާހަކައެވެ. ތަޅުންގަނޑުގައި ދޮރު ހޭކޭ ވާހަކައެވެ. އަރިހުގައި ވަޑައިގަންނަވާ ބޭފުޅަކަށް ނިސްބަތްކުރައްވައި ރައްޔިތަކު އެއްޗެއް ބުނިނަމަވެސް، ގާސިމް ޖެހެނީ ޑިފެންސަށް ކުޅުއްވާށެވެ. އެހެން ވާހަކައެއް ދެއްކެވެނީވެސް އެބޭފުޅާ ދިފާއުކުރެއްވުމަށްފަހުއެވެ. މިހެން ގޮސް، ޝައުގުވެރި، މަޖާ އެތައް ކަމެއް ފެންނަނީ ގާސިމްގެ ކެމްޕެއިން ދަތުރުފުޅުތަކުންނެވެ.

ގިނަ ބޭފުޅުން ވިދާޅުވާގޮތުގައި އެއީ، ކުރިއަށް އޮތް އިންތިޚާބު ގެއްލިވަޑައިގަންނަވާ މަންޒަރު ގާސިމަށް ފެނިވަޑައިގަތުމުން ދައްކަވާ ވާހަކައެވެ. ނުވަތަ ކުރައްވާ ކަންކަމެވެ. ރަށްރަށުން ގާސިމަށް ތާއީދު ނެތް މިންވަރާއި، ތަރުހީބު ނެތުމުން ހިތްޕުޅުހަމަނުޖެހިގެން އެކަހަލަ ކަންކަން ކުރެއްވެނީއެވެ.

ގާސިމްގެ ވާހަކަފުޅުތަކަށް ބައެއް ކެންޑިޑޭޓުން ރައްދު ދެެއްވައެވެ. އެހެން ނަމަވެސް މަޑުމައިތިރިކަމާ އެކުއެވެ. ވިދާޅުވަނީ ކޯފާ އިސްނުކުރައްވައި، ހަމަޖެހިވަޑައިގަތުމަށެވެ. ރައްޔިތުންނަށް ފައިދާކުރުވަނިވި ސިޔާސަތުގެ ވާހަކަ ދެއްކެވުމަށެވެ. ރައްޔިތުން އެދޭ ކަންކަމުގެ ވާހަކަ ދެއްކެވުމަށެވެ. ރައްޔިތުންގެ އަޑު އައްސަވަައި، ރައްޔިތުންނާ ގާތުން ކަންކަން ކުރެއްވުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

20 ޖޫން 2018
ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

22 މެއި 2018
އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

18 ފެބުރުއަރީ 2018
ހުތް ކިބައެއްހެން ގާސިމް ފެލާލުން- ރައީސް ޔާމީންގެ ބޮޑު ވައުދު؟

ހުތް ކިބައެއްހެން ގާސިމް ފެލާލުން- ރައީސް ޔާމީންގެ ބޮޑު ވައުދު؟

22 ޖެނުއަރީ 2018
އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

21 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު