Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

އައިއޯއައިޖީ: ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރާގައި

ގޭމްސް ފަށާނީ ހުކުރު ދުވަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 އޯގަސްޓު 2023 | ބުރާސްފަތި 09:28
ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރަ އެއަޕޯރޓްގައި

ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރަ އެއަޕޯރޓްގައި

ހުކުރު ދުވަހު މަޑަގަސްކަރާގައި ފަށާ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރައަށް އަތުވެއްޖެއެވެ.

300 އެއްހާ މީހުން ހިމެނޭ ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރައަށް އައީ ފަސް ގަޑިއެއްހާ އިރުގެ ދަތުރަކަށްފަހު, ބުދަ ދުވަހުގެރެއެވެ. މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ނުވަ ކުޅިވަރެއްގައި ވަދަކުރެއެވެ. ނުވަ ކުޅިވަރުގައި ވާދަކުރުމަށް ރާއްޖޭގެ 172 އެތްލީޓުން ތިބީ މަޑަގަސްކަރާގައެވެ. ރާއްޖެއިން ވާދަކުރަނީ ބެޑްމިންޓަން, ސްވިމިންގ, ޓޭބަލް ޓެނިސް, ޓެނިސް, ޓައެކްވޮންޑޯ, ބާސްކެޓްބޯޅަ, ހޭންޑްބޯޅަ, އަދި އެތްލެޓިކްސްގައެވެ. އެތްލެޓިކްސްގައި ރާއްޖޭގެ ޕެރައެތްލެޓިކްސް ޓީމްގެ ދެ އެތްލީޓުންވެސް ވާދަކުރާނެއެވެ. ބާސްކެޓްބޯޅައިގައި ތްރީ އޮން ތްރީގައިވެސް ރާއްޖޭގެ އަންހެން އަދި ފިރިހެން ދެޓީމް ވަދަކުރެއެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގައި 9 މެޑިކަލް އޮފިޝަލުންނާއި 58 އޮފިޝަލުންވެސް ހިމެނެއެެވެ.

ގޭމްސް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހުއެވެ. ގޭމްސް ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ އިތުރުން ގޭމްސްގައި ވަދަކުރަނީ ރީޔޫނިއަން, ސީޝެލްސް, ކޮމޯރޯސް, މޮރިޝަސް, މަޑަގަސްކަރަ އަދި މަޔޯޓްއެވެ.

އެންމެ ފަހުން 2019 ވަނަ އޮތް ގޭމްސްގައި ރާއްޖެއިން 15 މެޑަލް ހޯދިއެވެ. ރައްޖޭގެ އަމާޒަކީ އެ ގޭމްސްއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދުމެވެ. މިފަހަރުގެ ގޭމްސްއަށް މީގެކުރީ ގޭމްސް ތަކަށްވުރެ ބޮޑަށް ރާއްޖޭގެ ޓީމު ތަކުން ވަނީ ތައްޔާރުވެފައެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

ރާއްޖޭގެ ދެ ކުލަބަކުން އޮއްޕޮ ހޯދުމަށް މަސައްކަތް ކުރަނީ

10 މެއި 2017
ރާއްޖޭގެ ދެ ކުލަބަކުން އޮއްޕޮ ހޯދުމަށް މަސައްކަތް ކުރަނީ
08 މެއި 2017

ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

08 މެއި 2017
ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު