Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

އެންމެ ފަހުގެ އައިއޯއައިޖީން މި ފަހަރުގެ ގޭމްސް އަށް އުންމީދެއް

އެންމެ ފަހުގެ ގޭމްސްގައި ބެޑްމިންޓަން ޓީމް 5 މެޑަލް ހޯދި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 އޯގަސްޓު 2023 | ބުރާސްފަތި 06:58
ޤައުމީ ޓީމަށް އަޖުފާން ކުޅެނީ

ޤައުމީ ޓީމަށް އަޖުފާން ކުޅެނީ

މަޑަގަސްކަރާގައި އަންނަ ހުކުރު ދުވަހު، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފަށާއިރު، އެންމެ ފަހުން2019ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގައި ބެޑްމިންޓަނުން ވަނީ ޖުމްލަ ފަސް މެޑަލް ރާއްޖެ އަށް ހޯދައިދީފަ އެވެ.

އެގޮތުން، އެ ފަހަރުގެ ގޭމްސްގެ އަންހެން ސިންގަލްސް އިވެންޓުން ރާއްޖޭގެ އައިމިނަތު ނަބީހާ ވަނީ ރަން މެޑަލް ހޯދާފަ އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ބެޑްމިންޓަނުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އެ މުބާރާތުގައި ނަބީހާ ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ސީޝެލްސްގެ ކަމީލޭ އެލިސެން އަތުން2-0ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ނަބީހާ ގެންދިޔައީ21-14އަދި21-10އިންނެވެ.

އަދި އެ ފަހަރުގެ މުބާރާތުގެ އަންހެނުންގެ ޑަބަލްސް އިވެންޓުން ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ވަނީ ރިހި މެޑަލް ހޯދާފައެވެ. އެ ޕެއާއަށް ރިހި މެޑަލް ލިބުނީ ފައިނަލް މެޗުގައި މޮރިޝަސްގެ އޯރެލީ އަލެޓް އާއި ކޮބިޓާ ޑޫޚީގެ ޕެއާއާ ވާދަކޮށް ބަލިވުމުންނެވެ. އެ މެޗު ނިމުނީ2-0ސެޓުންނެވެ. މުޅި މެޗުގައިވެސް ރާއްޖޭގެ ޕެއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ސެޓު މޮރިޝަސްގެ ޕެއާއިން ގެންދިޔައީ21-18އިންނެވެ. އަދި ދެވަނަ ސެޓު ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ސެޓު މޮރިޝަސްގެ ޕެއާއަށް ކާމިޔާބުކުރެވުނީ23-21އިންނެވެ.

އެ ފަހަރުގެ އައިއޯއައިޖީގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ގެ ޕެއާ ވަނީ ލޯ މެޑަލް ހޯދާފައެވެ. މިކްސް ޑަބަލްސްގެ ސެމީ ފައިނަލުގައި އަޖުފާނާއި މައިސާގެ ޕެއާ ބަލިވީ މޮރިޝަސްގެ އެއްވަނަ ޕެއާ އަތުން2-1ސެޓުންނެވެ. މީގެ އިތުރުން އެ އަހަރު ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމުވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

މި ކާމިޔާބީތަކާއެކު އެ އަހަރުގެ ގޭމްސްގައި ބެޑްމިންޓަން ވިދާލިއިރު، މި އަހަރު ބާއްވާ ގޭމްސްގައިވެސް ބެޑްމިންޓަނަށް ކުރެވޭ އުއްމީދު ބޮޑެވެ. ސަބަބަކީ މި ފަހުން ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުން ގައުމީ ޓީމުގެ ކުޅުންތެރިން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވުމެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި
11 މެއި 2017

ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް

11 މެއި 2017
ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް
09 މެއި 2017

އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި

09 މެއި 2017
އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު