Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސަގެ މަރުގެ މައްސަލަ

މޫސަގެ މަރު: 30 ދުވަސްތެރޭގައި ޙުކުމް ކުރައްވާނެ

މިހާރު މި މައްސަލައިގެ ގަޒިއްޔާތައް ބައްލަވަމުން ގެންދަވަނީ އެ ކޯޓުގެ ދެ ސެކްޝަނަކުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 އޯގަސްޓު 2023 | ބުރާސްފަތި 05:46
ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލަ

ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލަ

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ޙަސަން ސައީދެވެ. ނަމަވެސް ގާޒީ ޙަސަން ސައީދު ރިޓަޔަރ ކުރެއްވުމަށްފަހު މިހާރު މި މައްސަލައިގެ ގަޒިއްޔާތައް ބައްލަވަމުން ގެންދަވަނީ އެ ކޯޓުގެ ދެ ސެކްޝަނަކުންނެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ސ. ހިތަދޫ މުޑުދާސް، އަލީ ހަސަން އާއި ނ. ޅޮހީ ކަނީރުމާގޭ، މުހައްމަދު ރިޔާޒް އަދި މ. ދިއްގަރު ދެބުދާރުގޭ، އަހުމަދު އީޖާދު މުހައްމަދުގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި،  ސ ހިތަދޫ ގުލްބަކާގޭ މުޙައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ކުރާ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަތަކުގައި މިހާރު ވަނީ ހެކިބަސް ނަގައި ޚުލާސާ ބަޔާންވެސް އިއްވާފައެވެ.

މި މައްސަލައިގައި ޚުލާސާ ބަޔާން އިއްވިފަހުން ވަނީ ސިއްރު ހެކިވެރިއަކު އޭނާ ހެކިބަސް ދިނީ ނުފޫޒުގެ ދަށުންކަމަށް ބުނެ ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން އަޑުއެހުމެއް ބާއްވާފައެވެ. އޭރު އެ ސިޓީއާ ގުޅިގެން ތަފްސީލީ ގޮތެއްގައި ވާހަކަ ދެކެވިފައިވާއިރު، ސިޓީއާ ގުޅިގެން ކަށަވަރު ކުރަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އެކަންކަން ކުރަމުންދާކަމަށް ކޯޓުން އޭރު ވަނީ ބުނެފައެވެ.

އެ ހެކިވެރިޔާ ސިއްރު ހެކިބަސްދެއްވީ ގާޒީގެ ކުރިމަތީގައި ކަމަށާއި، އޭރު ހެކިބަސްދެއްވީ ނުފޫޒެއްގެ ދަށުންކަން ދައުލަތަށް ޤަބޫލު ނުކުރެވޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެއީ ހެކިބަސް އަދާކުރިތާ އަހަރެއް ފަހުން ފޮނުވި ސިޓީއެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމާ ގުޅިގެން ކޯޓުން އަމަލު ކުރެއްވި ގޮތާއި ގުޅޭ މައުލޫމާތެއް ފަހުން ދައުލަތަށް ކޯޓުން ހިއްސާކޮށްފައިނުވާކަމަށެވެ.

އެ ނުކުތާއަށް ދައުލަތާއި ދިފާއުންވެސް ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވާހަކަ ދައްކާފައިވެއެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، މި މައްސަލަތަކުގައި ދެން އޮންނާނީ ޙުކުމް ކުރެއްވުން ކަމަށެވެ. އެގޮތުން 30 ދުވަސް ތެރޭގައި މި މައްސަލައިގެ ޙުކުމް ކުރައްވާނެކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މީގެ އިތުރުންވެސް މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެއް އިބްރާހީމް ސައްމާހު އަހުމަދު ފަތުހީއާއި، ސ. ހިތަދޫ ގުލްބަކާގޭ، މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ. އެ މައްސަލައިގައިވެސް ދެން އޮންނާނީ ޙުކުމް ކުރުމެވެ.

އަދި މި މައްސަލަގައި ދައުލަތުން ދައުވާކޮށްފައިވާ މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބައިގައި ދެން އޮންނާނީ ދައުލަތުގެ ސިއްރު ހެކިންތަކެއްގެ ހެކިބަސް ނެގުމެވެ. އެ މައްސަލަވެސް ބައްލަވަނީ ގާޒީ އިޙްސާންއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު