Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރަވަންދޫގެ ތަރައްގީ

ދަރަވަންދޫ އެއަރޕޯޓު ބޮޑުކޮށް ރަށުން ލިބޭ ހިދުމަތްތައް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ދަރަވަންދޫ އެއަރޕޯޓުގައި އިތުރު ހިދުމަތްތައް ގާއިމްކޮށްދެއްވާނަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އޯގަސްޓު 2023 | އަންގާރަ 18:18
ރައީސް ޞާލިހް ދަރަވަންދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސް ޞާލިހް ދަރަވަންދޫގައި ވާހަކަފުޅުދައްކަވަނީ

ބ. ދަރަވަންދޫ އެއަރޕޯޓް ބޮޑުކޮށް، ރަށުން ލިބެން ހުރި ހިދުމަތްތައް ފުޅާކޮށް އިތުރު ވައުދުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެރަށަށް ވެވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ބ. ދަރަވަންދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ދަރަވަންދޫއަށް ކުރިއަށް އޮތް ދައުރުގައި ކުރަން ނިންމާފައިވާ ކަންކަން އެބަހުރި ކަމަށެވެ. އެެގޮތުން ދަރަވަންދޫއަކީ އެއަރޕޯޓެއް އޮތްތަނެއް ކަމަށާއި، އެހެންކަމުން މުޅި ހިސާބާ ގުޅުވާލަދޭ މަރުކަޒެއްގެ ގޮތުގައި ދަރަވަންދޫ ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަރަވަންދޫ އެއަރޕޯޓަކީ އެ ސަރަހައްދުގެ އެންމެ ބިޒީ ޑޮމެސްޓިކް އެއަރޕޯޓް ކަމަށާއި، އަދި އެންމެ ރަނގަޅު ފައިދާވެސް ވާ އެއަރޕޯޓް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެތަނުގައި އިތުރު ހިދުމަތްތައް ގާއިމްކުރައްވާނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި ހެލްތް ސެންޓަރަށް ގެންނަންޖެހޭ ބަދަލު ގެނެސް އިތުރު ހިދުމަތް އެތަނުން ލިބޭނެ ގޮތް ހަދައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންނަަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށްޓަކައި ރޯ ހައުސް ނުވަތަ ފުލެޓް ކުރިއަށް އޮތް ދައުރުގެ ތެރޭގައި އަޅާދެއްވާނެ ކަމަށެވެ. އަދި ބ. އަތޮޅު މަދުރަސާގައި ބޭނުންވެފައިވާ އިތުރު ވަސީލަތްތައް ހޯދުމަށްޓަކައި ސްކޫލަށް ބޭނުންވާ އޮފީހާއި ކްލާސް ރޫމްތައް އަޅައިދެއްވާ ބޮޑެތި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދާ ތާރުއަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ދަރަވަންދޫ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ރަށާ ކައިިރިން ފަޅު ރަށެއް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ ރަށް ހިމާޔަތްކުުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފޭސް ދޭއްގެ ތެރެއިން ކުރައްވާނެ ކަމަށާއި، ރަށުގެ އޮފީސްތައް ހިންގުމަށް އޮފީސް ކޮމްޕްލެކްސް އަޅައިދީ، އެއަރޕޯޓް ބޮޑުކޮށް އިތުރަށް ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބަޔޮސްފިޔަރ ރިޒަވްގެ ގޮތުގައި އޮތް ހަނިފަރުބޭގެ އައުޓް ޕޯސްޓެއް ދަރަވަންދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ މިހާތަނަށް ދަރަވަންދޫއަށް ކުރުމަށް ނިންމާފައިވާ ބައެއް ކަންކަން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރައްޔިތުންނާއި މަޝްވަރާކޮށް ކަންކަން އިތުރުކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު