Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

މުއިއްޒު އަށް މާރިޔާގެ ފާޑުވިދާޅުވުން - އުޅުއްވަނީ އެލްބޯޑު ޖައްސަވައިގެން، ރޭވުންތެރިކަމާއި އަގުކުރުމެއް ނެތް

22 އޯގަސްޓު 2023 | އަންގާރަ 09:38

މުއިއްޒު މަސައްކަތެއް ކުރިޔަސް އެ މަސައްކަތެއް އަލުން ކުރަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޯގަސްޓު 2023 | އަންގާރަ 09:38
އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އުޅުއްވަނީ އެލްބޯޑު ޖައްސަވައިގެން ކަމަށާއި އެއްވެސް ކަމެއްގައި ރޭވުންތެރިކަމާއި އަގުކުރުމެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހު ސޯލްޓް ކެފޭގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މުއިއްޒުގެ ރޭވުންތެރިކަމެއް ނެތް ކަމަށާއި ރަށްރަށަށް ވަަޑައިގެން ވެސް ރައްޔިތަކު އޭނާގެ ކަންފަތް ބުޑުގައި އެއްޗެއް ދެންނެވުމުން، އެ ވާހަކަ އެ ރަށެއްގައި ދައްކަވަމުންގެންދަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ އެލްބޯޑު ޖަހައިގެން މުއިއްޒު އުޅުއްވާ ކަަމަށް އާއްމުން ބުނަމުންދާ ކަމަށާއި ސަބަބަކީ މުއިއްޒު ކޮންމެ މަސައްކަތެއް ކުރެއްވިޔަސް އެ މަސައްކަތެއް އަލުން ކުރަން ޖެހުން ކަމަށެވެ.

މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ ވެރިކަމާއި އެއްގޮތަށް ކައުންސިލަރުން ކައުންސިލަށް ވަނަނުދޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނަގަން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަތައް ދަތިވުމުން ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ވެރިކަން ކުރެވޭނީ ހުރިހާ ބާރެއް އޮވެގެން ކަމަށް އޭރު ވިދާޅުވެފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ. 2018އިގެ އިންތިޚާބާއި ދިމާކޮށްވެސް ޔާމީން ވާހަކަފުޅުދެއްކެވީ ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. މުއިއްޒު އަކީ ވެސް ޔާމީނާއި އެއްފަދައަކުން އަމަލުކުރައްވާނެ ބޭފުޅެއް ކަމަށް ސިފަކުރައްވާ މާރިޔާ ވަނީ މުއިއްޒު އަކީ ލާމަރުކަޒީ ނިޒާމާއި އެއްގޮތަށް އަމަލުކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނަވައިގެންވެސް މުއިއްޒު މަސައްކަތް ކުރައްވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. ސަރުކާރުން މިހާރުވެސް ކަންކަން ކުރަނީ ވާދަވެރިންނަށް ފަހިވާ ގޮތަށް ނަމަވެސް މުއިއްޒު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އަޅުއްވަން ކަަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އާބާދީ އެއްފަސްކުރުމާއި، ރަށްރަށް މަދު ކުރުމަށް މުއިއްޒު ކުރިން ވަކާލާތުކުރައްވާފައިވާ ކަމަށާއި އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމް ހަރުދަނާކުރައްވާނެ ކަަަމަށް މުއިއްޒު ވިދާޅުވި ނަމަވެސް މުއިއްޒު އެކަން ނުކުރައްވާނެ ކަމަށް މާރިޔާ އިތުރަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

04 ޖުލައި 2017

ރައީސް ޔާމީން އުޅުއްވަނީ ފަޟީހަތް ވެދާނެތީ: ރައީސް ނަޝީދު

04 ޖުލައި 2017
ރައީސް ޔާމީން އުޅުއްވަނީ ފަޟީހަތް ވެދާނެތީ: ރައީސް ނަޝީދު
12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
07 ޖޫން 2017

މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

07 ޖޫން 2017
މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު
07 ޖޫން 2017

ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެއްވިއްޔާ ފުއްދަވާނެ: މިނިސްޓަރު މުއިއްޒު

07 ޖޫން 2017
ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެއްވިއްޔާ ފުއްދަވާނެ: މިނިސްޓަރު މުއިއްޒު
09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
31 މާރިޗު 2017

ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ

31 މާރިޗު 2017
ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް