Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެންޓްރަލް ޕޮލިސިންގ

2021 ވަނަ އަހަރުގެ ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ގެނައި ބަދަލަކީ އެހާ ފަސޭހަ ބަދަލެއް ނޫން- ސީޕީ

22 އޯގަސްޓު 2023 | އަންގާރަ 04:16

ސަރޖަންޓް އާދަމް ހަލީމް ކްރިމިިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ބޭއްވި އެ ފޯރަމް ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޯގަސްޓު 2023 | އަންގާރަ 04:16
ސެންޓްރަލް ޕޮލިސިންގ ކޮމާންޑު، އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ރިވިއު ފޯރަމް 2023

ސެންޓްރަލް ޕޮލިސިންގ ކޮމާންޑު، އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ރިވިއު ފޯރަމް 2023

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ގެނައި ބަދަލަކީ އެހާ ފަސޭހަ ބަދަލެއް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އެފަދައިން ވިދާޅުވީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑު، އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ރިވިއު ފޯރަމުގައެވެ. ސަރޖަންޓް އާދަމް ހަލީމް ކްރިމިިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ބޭއްވި އެ ފޯރަމް ޝަރަފުވެރި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ދެމެހެއްޓުމުގައި ފަހި ވިސްނުމެއް ބޭނުންވާކަމަށެވެ. އެހެންކަމުން މުއައްސަސާގެ މަސައްކަތްތައް ތަރައްގީކުރުމުގެ މަސައްކަތުގައި ބައިވެރިވެވޭނީ ކިހިނެއްތޯ ވިސްނައި ބައިވެރިވެވޭ ފެންވަރުގެ މީހަކަށް ކޮންމެ ފުލުހަކުވެސް ވުމަށްޓަކައި މަސައްކަތްކުރަންޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ކޮންމެ ރޭންކެއްގެ ފުލުހަކަށް ވިޔަސް މިކަންކަމާމެދު ވިސްނައިގެން ނޫނީ މުއައްސަސާގެ ގާބިލުކަމާއި މުއައްސަސާއާ މެދު ރައްޔިތުންކުރާ އުންމީދާ ހަމައަށް ނުދެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މުއައްސަސާގެ ކުރިމަގަށްޓަކައި ކޮންމެ މުވައްޒަފަކު ކުރަމުންމިދާ މަސައްކަތްތަކުގެ އިތުރަށް މަސައްކަތްކޮށްގެން ނޫނީ ލަނޑުދަނޑިތައް ހާސިލުނުވާނެކަމަށް ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ހަރުދަނާ ވިސްނުމަކާއެކު މަސައްކަތްކުރުމަކީ ކޮންމެ ފުލުހެއްގެ އަޒުމަކަށް ހަދަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ފުލުހުންގެ މުއައްސަސާގެ ތެރޭގައި ރައްޔިތުންނާ ގާތުން ފުލުހުން މަސައްކަތްކުރަން ގެންގުޅޭ ވިސްނުމަށް ނުވަތަ އޮންނަ ސަގާފަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. 2018 ވަނަ އަހަރު އަވައްޓެރި ފުލުހުންގެ މަސައްކަތް ފެށިގެން އައުމާއެކު، މުއައްސަސާގެ ތެރޭގައި ރައްޔިތުންނާ ގާތުން ފުލުހުން މަސައްކަތްކުރަން ގެންގުޅޭ ވިސްނުމަށް ވަރަށް ބޮޑު ބަދަލެއް އައި ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ވަރަށް ސާފުކޮށް މި ފަލްސަފާގެ މައްޗަށް ތަރުތީބުވެ ކަންކަން ރޭވިގެން މަސައްކަތް ކުރެވިގެންދާ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން ފުލުހުންނާއި ރައްޔިތުންގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާ ކަމަށާއި ރައްޔިތުންގެ ހިތުގައި ފުލުހުންނާއި މެދު އިތުބާރާއި ޔަގީންކަން އުފެދިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޅާލެވޭ މިންވަރު އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެންމެބޮޑު އާބާދީއެއް އޮތް މާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތް އަވައްޓެރި ފުލުހުންގެ ފަލްސަފާގެ މައްޗަށް ތަރުތީބުކޮށް، އެ ފަލްސަފާއަށް އެންމެ އެކަށީގެންވާގޮތަށް އިންސާނީ ވަސީލަތް ގާއިމުކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ހާއްސަ ސަމާލުކަމެއް ދީގެން ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން މަސައްކަތްތައް ތަރުތީބުކޮށް ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އޭގެ އިތުރުން، އަވައްޓެރި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު މަސައްކަތްކުރެވިފައިވާ މިންވަރު ދެނެގަނެ ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި ދިރާސާކުރަން ޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

ޕެނަލް ޑިސްކަޝަނާއި ގްރޫޕް މަސައްކަތްތައް އަދި ޕްރެޒެންޓޭޝަންތަކާ އެކު ކުރިއަށް ގެންދިޔަ މިފޯރަމްގައި، ގްރޭޓަރ މާލެ އޭރިއާގެ އަވައްޓެރި ފުލުހުން ވޭތުވެ ދިޔަ ފަސް އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، އަވައްޓެރި ފުލުހުންގެ މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިއަށް އޮތްތަނުގައި އަވައްޓެރި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ވިލަރެސް ކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. މާލެ އޭރިއާގައި އަވައްޓެރި ފުލުހުންގެ މަސައްކަތްތައް ތަރުތީބުކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުން ކުރަމުންގެންދާ މަސައްކަތްތައް ފުރިހަމަގޮތެއްގައި ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މި ފޯރަމްގެ ތެރެއިން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

ސެންޓްރަލް ޕޮލިސިންގ ކޮމާންޑު، އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ރިވިއު ފޯރަމް 2023ގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ޕޮލިސް ސްޓޭޝަންތަކުގެ ޝިފްޓް އިންޗާޖުން، ރެސްޕޯންސް އެންޑް ޕެޓްރޯލް، އިންވެސްޓިގޭޝަން ޔުނިޓް އަދި އަވައްޓެރި ފުލުހުންނާއި ފްރަންޓްލައިން ފުލުހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ބައިވެރިވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާ ގާތުން ދިނުމަށްޓަކައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ތައާރަފުކޮށްފައިވަނީ 2018 ޑިސެމްބަރު 17 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް