Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެސިކްޓާސް

މާލީ މައްސަލަތަކާ ގުޅިގެން ތުރުކީގެ ބެސިކްޓާސް އަށް ރާމޯސް ހޯދޭ ގޮތެއް ނުވި!

އެ ކުލަބުން ބުނީ، މިހާތަނަށް އެކަމުގައި އެއްވެސް ކަހަލަ އެއްބަސްވުމެއް އެކުލަވާލާފައި ނުވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2023 | އަންގާރަ 03:24
ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް

ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް

ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ހޯދުމަށް ކުރަމުން އައި މަސައްކަތް ތުރުކީގެ ބެސިކްޓާސް އިން ހުއްޓާލައިފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް ރާމޯސް ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި ދެ އަހަރުގެ އެއްބަސްވުން މިދިޔަ ސީޒަންގެ ނިޔަލަށް ހަމަވުމާއެކު، އޭނާ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެއާއެކު އޭނާ ހޯދުމުގެ ޝައުޤުވެރިކަން ތުރުކީގެ ބެސިކްޓާސް އިން ވަނީ ފާޅުކޮށްފަ އެވެ. އެ ކުލަބުން އައީ ރާމޯސްއާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ. މަޝްވަރާތަކަށްފަހު އެ ކުލަބަށް ބަދަލުވާން ރާމޯސް އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. ނަމަވެސް، ބެސިކްޓާސް އިން ވަނީ އެ ކުލަބުން ރާމޯސް ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލިކަން ހާމަކޮށްފަ އެވެ. އެގޮތުން އެ ކުލަބުން ބުނީ، މިހާތަނަށް އެކަމުގައި އެއްވެސް ކަހަލަ އެއްބަސްވުމެއް އެކުލަވާލާފައި ނުވާނެ ކަމަށެވެ. އަދި ރާމޯސް ހޯދުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ އެކު ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ރާމޯސް ދެން ގުޅޭނެ ވަކި ކުލަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ސެވިއްޔާ އެތުލެޓިކޯ އިންނެވެ. އެއަށްފަހު ދެން އޭނާ ބަދަލުވީ ސެވިއްޔާ އަށެވެ. ސެވިއްޔާގައި އެއް އަހަރު ހޭދަ ކުރުމަށްފަހު އޭނާ ރެއާލް މެޑްރިޑާ ގުޅުނީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބާއެކު ހޭދަ ކުރި 16 ސީޒަންގެ ތެރޭގައި ރާމޯސް ވަނީ ރެއާލަށް 671 މެޗު ކުޅެދީ 101 ލަނޑު ޖަހައިފަ އެވެ. ރެއާލާއެކު އޭނާ ވަނީ 22 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ރާމޯސް ވަނީ 2005 އިން 2021 އަށް ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޤައުމީ ޓީމަށް ކުޅެދިން 180 މެޗުގައި އޭނާ ވަނީ 33 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ ފީފާ ވޯލްޑް ކަޕް އަދި ޔުއެފާ ޔޫރޯ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން

ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން

21 ޑިސެމްބަރު 2017
ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

07 އޮކްޓޯބަރު 2017
ފީފާ ވޯލްޑް ކަޕް ބޭއްވުމަށް އާޖެންޓީނާ، އުރުގުއޭ އަދި ޕެރަގުއޭ ގުޅިގެން ބިޑު ކުރަނީ

ފީފާ ވޯލްޑް ކަޕް ބޭއްވުމަށް އާޖެންޓީނާ، އުރުގުއޭ އަދި ޕެރަގުއޭ ގުޅިގެން ބިޑު ކުރަނީ

05 އޮކްޓޯބަރު 2017
ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

22 އޯގަސްޓު 2017
ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

01 އޯގަސްޓު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު