Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުފާވެރި އަމާން ރާއްޖެ ޖަލްސާ

މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ޔާމީން ނޫނީ މުއިއްޒު އޮންނާނީ 5 އަހަރުވަންދެން ޖަލުގައި: އިމްރާން

22 އޯގަސްޓު 2023 | އަންގާރަ 02:15

ރައީސް އާއި އެމަނިކުފާނުގެ ރަނިންމޭޓަކީ މިހާތަނަށް ވާދަކުރައްވާ އެންމެ ތަޖުރިބާހުރި ދެ ބޭފުޅުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 އޯގަސްޓު 2023 | އަންގާރަ 02:15
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ އޭނާ ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ވަންދެން ޖަލުގައި ހުންނަވާތަން ފެނިވަޑައިގަންނަވާކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ ބ. ތުޅާދޫގައި ހޯމަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު މި އޮތް މުއްދަތުގެ ތެރޭގައި އެމްޑީޕީ އާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ މެންބަރުންނާއި މި ސަރުކާރަށް ތާއީދު ކުރާ ހުރިހާ ރައްޔިތުން ވަރަށް ސަމާލުވެ، ހޭލައި ތިބެން ޖެހޭ ކަމަށެވެ. އެގޮތުން، މިއަދު މި ބޭނުންވާ މަންޒިލަށް ރާއްޖެ ގެންދިއުމަށް ހުރަސް އެޅޭނެ ހުރިހާ ކަމަކުން ރާއްޖެ ސަލާމަތް ކުރަން ފާރަވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލާ ގުޅުންހުރި މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ ޤައުމު ތަރައްގީ ވާނީ އެ ޤައުމެއްގެ ރައްޔިތުން ދިރިއުޅޭ ހުރިހާ ތަނެއް ތަރައްގީ ކޮށްގެން ކަމަށެވެ. އެގޮތުން ހުރިހާ ރަށަކަށް ކުރިއެރުން ހޯދައިދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރަން ޖެހޭކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކުރައްވާ ހުރިހާ ކަމެއް ވެސް ވަށާ ޖެހޭ ސިޔާސަތެއްގެ ދަށުން ކޮށްދެއްވަމުން ގެންދަވަނީ އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ޞާލިހާ ވާދަވެރި ކެންޑިޑޭޓުންގެ ތަރައްގީގެ ފުރިހަމަ ތަސައްވުރެއް ނެތް ކަމަށާއި އެ ކެންޑިޑޭޓުން ބޭނުންވަނީ އެންމެ ތަނެއް ތަރައްގީ ކުރުމަށް ކަމަށެވެ. ނަމަވެސް ތަސައްވުރެއް އޮތް ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ޞާލިހުކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

އިދިކޮޅު ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާ ގުޅޭގޮތުން އިމްރާން ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވީ ވަކި ބޭފުޅަކަށްޓަކައި ކަމަށާއި އެ ބޭފުޅާ ޖަލުން ނެރެދެއްވާނެ ކަމަށާއި އެ ބޭފުޅާގެ ސިޔާސަތުތަކާ އެއްގޮތަށް ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާއަށް ފެނިވަޑައިގަންނަވަނީ އެހެން މަންޒަރެއް ކަމަށެވެ. އެގޮތުން، ދެ ބޭފުޅުންގެ މާޒީގެ ޓްރެކް ރެކޯޑަށް ބަލާއިރު މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ދެ ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ހުންނަވާނީ ޖަލުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު ރައީސް ޞާލިހު ހުންނެވީ މާ ކުރީގައި ކަމަށެވެ. އައި ވައުދުތަކަށް ބެލި ނަމަވެސް އެމަނިކުފާނާ ގާތް ކުރެވޭނެ ބޭފުޅަކު ނެތް ކަމަށާއި މިހާރު ވެސް ކޮންމެ ރަށަކަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރަށް ވެސް ކަންކަން ކޮށްދެއްވާކަމަށް ވިދާޅުވިއެވެ.

ރައީސުންގެ ރައީސްކަން ވަރުގަދަކުރުމަށް ރަނިންމޭޓުންގެ މުހިންމުކަމަށް ވެސް އިމްރާން އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރައީސް ޞާލިހުގެ ރަނިންމޭޓު މުޙައްމަދު އަސްލަމަކީ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި ރާއްޖޭގެ ދިގު ތާރީޙުގައި ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓުވަރުގެ ތަޖުރިބާ ހުރި ބޭފުޅުންތަކެއް އެ މަގާމުތަކަށް ކުރިމަތިނުލައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް