Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްެރިމިނަލް ކޯޓުގެ ޖާގަ

ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައިކޯޓު: "ޝަރީއަތުގެ މާލަން ބިނާކުރަން ދާންވީވެސް ފަނޑިޔާރުންތޯ؟"

ޤާނޫނުގައި ބުނަނީ އަވަހަށް ޝަރީއަތް ކުރަން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޯގަސްޓު 2023 | ހޯމަ 06:39
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި

ޝަރީއަތް އަވަސްކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވެސް ކޯޓުތަކަށް އެހީތެރިވާން ޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓަށް ހުށައެޅުނު އިސްތިއުނާފީ މައްސަލައެއްގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ދަތިކަމާއި އިތުރު ސަބަބުތަކަށް ބަލައި ދައުވާލިބޭ މީހާ ބަންދުން ދޫކޮށްލަން ނިންމީ ރަނގަޅަށް ނޫންކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މުޖުތަމައަށް ނުރައްކާވާ ޙާލަތު އޮތްއިރު، އަދި އޭނާ ފުރަތަމަ ބަންދުކުރި ޙާލަތު ފިލައިގެން ނުދާއިރު، ހަމައެކަނި ކޯޓުގެ ޙާލަތަށް ރިއާޔަތްކޮށްގެން އޭނާ ބަންދުން ދޫކޮށްނުލެވޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާ ފަރާތެކެވެ.

އެހެންނަމަވެސް، ޤާނޫނުގައި ބުނަނީ އަވަހަށް ޝަރީއަތް ކުރަންކަމަށްވާއިރު، ކްރިމިނަލް ކޯޓުގެ ޙާލަތުގެ ސަބަބުން ޑިއުޓީ ބަހައިގެން ޝަރީއަތްތައް ކުރިއަށްގެންދަން ޖެހިފައިވުމަކީ ފުރަތަމަ ޙައްލު ގެންނަންޖެހޭ މައްސަލައެއްކަމަށް ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ޙާލަތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ދައުލަތުގެ އެހެނިހެން އިދާރާތަކަށްވެސް އޮޅިފައިވާނެކަމެއްނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވާ ގޮތުގައި އަވަހަށް ޝަރީއަތް ހިންގަންޖެހޭކަމުގެ ވާހަކަ ދައްކަވާއިރު، ފުރަތަމަ ޝަރީއަތް ކުރާނެ ތަނެއްވެސް ދެއްކެން ޖެހެއެވެ.

އަދި  ޝަރީއަތް އަވަސް ކުރުމަށް މަގުފަހިކުރަން ޖެހޭ ކަންކަން ކުރުމަކީވެސް ދައުލަތަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެއްކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ފަނޑިޔާރު ނިޔާޒު ވަނީ ޝަރީއަތް އަވަސްކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވެސް ކޯޓުތަކަށް އެހީތެރިވާން ޖެހޭނެކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ކޯޓުގެ ޖާގައިގެ ދަތިކަމާ ގުޅޭގޮތުން ދައުލަތަށް އެއްޗެއް ދަންނަވަން ނޭނގިދާނެ ކަމަށާއި، ދައުލަތް ތަމްސީލް ކުރި ނަމަވެސް، އެ އޮފީހުގެ ޒިންމާއަކީ ދައުވާކުރުމުގެ ކަންކަން ކުރުން ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ، ގާނޫނު ހަމައެކަނި ހަދާފައި އޮތީ އަވަހަށް ޝަރީއަތް ހިންގުމަށް ނޫން ކަމަށާއި ޝަރީއަތް އަވަސް ކުރުމަށް މަގުފަހިކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާނެ ކަމަށެވެ. ޝަރީއަތް އަވަސްކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވެސް ކޯޓުތަކަށް އެހީތެރިވާން ޖެހޭނެ ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ވަނީ، ބަންދުގައި މީހުން ބައިތިއްބަންޖެހޭކަމަށް ދައުލަތުން ބުނި ނަމަވެސް، އެމީހުންގެ ޝަރީއަތް ހިންގޭނެ ގޮތް ދެއްކުމަކީވެސް ދައުލަތުގެ ޒިންމާއެއްކަމަށް ވިދާޅުވެ، ކޯޓުތައްވެސް އިމާރަތް ކުރައްވަންވީ ފަނޑިޔާރުންތޯ ސުވާލު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޯޓު އިމާރަތް ބާވުމާއި، އިމާރާތުގެ ޝަރީއަތްކުރާ މާލަންތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލާފައިހުރުމާއި ގުޅިގެން ބައެއް މަރާމާތުތައްވެސް ވަނީ ކުރަން ޖެހިފައެވެ.

އަދި ބޮޑެތި އަޑުއެހުންތަކަށް ގިނަ މީހުން ކޯޓަށް ހާޒިރުވާއިރު، ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ފަހަރު އަޑުއަހަން އަންނަ މީހުންނަށް ޖާގަ ނުލިބި ދާން ޖެހުމާއި، ކޯޓުގެ ވެއިޓިންގ އޭރިއާ ކުޑަވުމުގެ ސަބަބުން ޖިނާއީ މައްސަލަތަކާއި ގުޅިގެން އަންނަ އެކި ފަރާތްތަކާއި ކޯޓަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތައް ބައެއްފަހަރު ކޯޓު ތެރޭގައި ތޮއްޖެހިފައި ތިބެންޖެހުން ފަދަ މައްސަލަތައް ފެންމަތިވެފައިވެއެވެ.

ވަކިން ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ 4 ބުރީގެ އިމާރަތް ބޭނުން ނުކުރާތީ އެ ކޯޓަށް ވަނީ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައެވެ. ކްރިމިނަލް ކޯޓުގެ 4 ބުރީގެ އިމާރަތް ބާވެ އަރިއަޅާލާފައިވާތީ ބޭރުން ހުންނަނީ ދަގަނޑުތައް ވިއްދާފައެވެ. ސިޑިގޮޅިތަކަށް ފެން ފޭބުމާއި، ޝީޓުތައް ބާވުމުގެ ސަބަބުން ބޮޑެތި ބާގަނޑުތައް ހެދިފައިވާއިރު، މޫސުން ގޯސް ދުވަސްވަރެއް ނަމަ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭ ވެހެއެވެ.

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރިތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ންވެސް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު