Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

މެމްބަރުގެ ޝަކުވާތަކަށް ނަޝީދު ދެއްވީ ބީރު ކަންފަތެއް - ވިދާޅުވީ ކެމްޕެއިންގެ ޖަޒުބާތުގައި މުޒާހަރާކުރިއަސް އެއީ މަޖިލީސް ހިންގުމުގެ އުސޫލެއް ނޫން ކަމަށް

21 އޯގަސްޓު 2023 | ހޯމަ 05:00

މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރުން ފަދަ މުހިންމު މަސައްކަތްތައް މަޖިލީހުގައި ނުކުރެވި އެބަހުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 އޯގަސްޓު 2023 | ހޯމަ 05:00
ރައްޔިތުންގެ މަޖިލިސް ޖަލްސާ

ރައްޔިތުންގެ މަޖިލިސް ޖަލްސާ

ކެމްޕެއިންގެ ޖަޒުބާތުގައި މަޖިލީހުގެ މެމްބަރުން މުޒާހަރާކުރިއަސް އެއީ މަޖިލީސް ހިންގުމުގެ އުސޫލެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާ އަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެޖެންޑާކޮށްފައިވެއެވެ. ނަމަވެސް އެކަން ކުރައްވާފައި ނުވާތީ މެމްބަރުން ވަނީ ނަޝީދަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މެމްބަރުން ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުން ނަޝީދު ވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ (ދާންދޫ)، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުގުނީގެ ނަން އިއްވަވާ އެ ބޭފުޅުން މަޖިލީހުން ނެރެދެއްވުމަށް ސަރޖަންސްޓް އެޓް އާރމްސްގެ ކިބައިން އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

އޭގެ ފަހުން މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް މަޖިލީހުން ބޭރަށް ނުކުންނަވަން އުޅުމުން އެކަމާއި ހިތްހަމަޖެހިވަޑައި ނުގެން ދެއްކެވި ވާހަކަފުޅުގައި ކެޔޮދޫ ދާއިރާގެ މެމްބަރަށް ތަޅުން ދޫކޮށް ވަޑައި ނުގެންނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ އެމްޑީޕީން ރާއްޖޭގެ ރަށްރަށަށް ދިއުމުން ހަމަނުޖެހުން އުފެދޭ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގައި ވެސް މެމްބަރުން ދައްކަވަނީ އެ މަންޒަރު ކަމަށާއި އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޤާނޫނު އަސާސީން ފުރުސަތު ލިބިފައިވާއިރު އެ ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ނަޝީދު ސިފަކުރެއްވިއެވެ. މީގެ އިތުރުން މަޖިލީހަށް ޕެޕަރ ސްޕްރޭ ޖަހާ، ދަގަނޑު މުގުރާއި ކަރަންޓު މުގުރު ނުގެނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މެމްބަރުން ރަށްރަށަށް ވަޑައިގެން ބައެއް ފަހަރު ދައްކަވާ މަންޒަރު މަޖިލީހުގެ ތެރޭގައި ނުދެއްކެވުމަށް އިލްތިމާސްކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ރަށްރަށުގައި ވެސް ދައްކަނީ ހުތުރު މަންޒަރުކަމަށް ވިދާޅުވެ ނަޝީދު ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މެމްބަރުން ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތްތަވާ ކަމަށް ވިދާޅުވެ ޖަލްސާ ވަނީ މެދުކަނޑާލައްވާފައެވެ.

މެމްބަރުން ނުރުހުން ފާޅުކުރެއްވީ މަޖިލީސް ކުރިއަށް ގެންދަން ޖެހޭގޮތަށް ކުރިޔަށް ނުގެންދަވާ އުސޫލާއި ޚިލާފަށް ކަންކަން ކުރައްވާތީ ކަމަށް ވިދާޅުވެއެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މި ސަބަބާއި ހުރެ ދަނީ ލަސްވަމުންކަމަސް މެމްބަރުން ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރުން ފަދަ މުހިންމު މަސައްކަތްތައް މަޖިލީހުގައި ނުކުރެވި އެބަހުއްޓެވެ. މުހިންމު ޤާނޫނުތައް ވެސް މަޖިލީހުގައި ކުރިއަށް ނުގޮސް އެބަހުއްޓެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް