Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އަލްވަރޭޒްގެ ލަނޑާއެކު ސިޓީއަށް ހަނި މޮޅެއް

ސިޓީން މެޗު ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 20 އޯގަސްޓު 2023 | އާދީއްތަ 14:30
އަލްވަރޭޒްއާއި ފޯޑެން އުފާ ފާޅުކުރަނީ

އަލްވަރޭޒްއާއި ފޯޑެން އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑު ބަލިކޮށް، މެންޗެސްޓަރ ސިޓީން ދެވަނަ މޮޅު ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުުނު މެޗު ސިޓީން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސިޓީގެ ޒުވާން ފޯވާޑް، ހޫލިއަން އަލްވަރޭޒްއެވެ.

ސިޓީން ވަނީ މެޗުން މޮޅުވެ، ވާދަވެރިންނަށް ވަރުގަދަ މެސެޖެއް ދީފައެވެ. އެއީ، ސިޓީއަކީ މި ސީޒަނުގައިވެސް ތައްޓަށް ވާދަކުރާނެ ވަރުގަދަ ޓީމެއްކަމެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ނިއުކާސަލްއަކީ ވެސް މި ސީޒަނުގައި ތައްޓަށް ވާދަކުރާނެ ޓީމެކެވެ. ނިއުކާސަލް ވަނީ ފުރަތަމަ މެޗުން، އެސްޓަން ވިލާ ކައިރިން 5-1ގެ ނަތީޖާއަކުން ބޮޑު މޮޅެއް ހޯދާފައެވެ.

ސިޓީގެ ޓީމަށް މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޑެ ބްރޫނާއަށް އަނިޔާވެ ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމެވެ. ނަމަވެސް، ނިއުކާސަލް މެޗުގައި ފިލް ފޯޑެން ވަނީ އޭނާ ނެތްތަން ވަރަށް ރަނގަޅަށް ފޫބައްދާފައެވެ. ފޯޑެންގެ ފަރާތުން ވަނީ މެޗުގައި މޮޅު ކުޅުމެއް ފެނިފައެވެ. އެގޮތުން، އަލްވަރޭޒް ޖެހި ލަނޑަކީވެސް އޭނާއަށް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެކެވެ. މީގެއިތުރުން އޭނާ ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހާލަންޑަށްވެސް ތަނަވަސްކޮށްދީފައެވެ. ނަމަވެސް، ހާލަންޑަށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭގޮތެއް ނުވިއެވެ. ނިއުކާސަލްއަށް މުޅި މެޗުގައިވެސް ގޯލަށް އަމާޒުކޮށްލެވިފައި ވަނީ އެންމެ ބޯޅައެކެވެ.

ހޮނިހިރު ދުވަހުގެ ބައެއް އިތުރު މެޗުތަކަށް ބަލާއިރު، ބްރައިޓަން ވަނީ ވޮލްވްސް ކައިރިން 4-1ން މޮޅުވެފައެވެ. އަދި ބްރެންޓްފޯޑް ވަނީ ފުލަމް ކައިރިން 3-0ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ލީގު ތާވަލުގެ އެއްވަނާގައި ހަ ޕޮއިންޓާއެކު މިވަގުތު އޮތީ ބްރައިޓަންއެވެ. ދެވަނާގައި ސިޓީވެސް އޮތީ ހަ ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު