Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅީފަޅުން ގޯތި ދޫކުރުން

ގުޅީފަޅުން މިހާރުވެސް 400 ގޯތި ދޫކުރެވޭ ވަރަށް ބިން އެބައޮތް، ނޮވެމްބަރު 11 ގެ ކުރިން 2200 ގޯތި ދޫކުރާނެ: އަކްރަމް

19 އޯގަސްޓު 2023 | ހޮނިހިރު 16:07

މިބިމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދަައްކަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޯގަސްޓު 2023 | ހޮނިހިރު 16:07
ގުޅީފަޅުން ހިއްކާފައި އޮތް ސަރަހައްދު

ގުޅީފަޅުން ހިއްކާފައި އޮތް ސަރަހައްދު

ގުޅީފަޅުން މިހާރުވެސް 400 ގޯތި ދޫކުރެވޭވަރަށް ބިން އެބައޮތް ކަމަށާއި، ނޮވެމްބަރު 11 ގެ ކުރިން 2200 ގޯތި ދޫކުރާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ނޫސްވެރިން ވަނީ އެމަސައްކަތް ކުރާ ގޮތް ދައްކާލުމަށް ސައިޓަށް ގެންގޮސްފައެވެ. ސައިޓުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ ގުޅީފަޅުން މިހާރު ހިއްކާފައިވާ ބިމުން ވެސް 400 ގޯތި ކަނޑާފައިދެވޭނެ ކަމަށާއި، މިބިމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދަައްކަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތައް ކަމަށެވެ. އަދި ނޮވެންބަރު މަހުގެ ނިޔަލަށް ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރާނެ ކަމުގެ ޔަގީންކަން އަކްރަމް ދެއްވިއެވެ.

Advertisement - newsAdvertisement

ގުޅީފަޅު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ޖުލައި 2023 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ގުޅީފަޅުން 2200 ބިން ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ތިލަމާލެ ބްރިޖަށް އިޝާރާތް ކުރައްވައި އަކްރަމް ވިދާޅުވީ ގުޅީފަޅުން ގޯތިދޫކުރަން ބިން ހިއްކަމުންދާ ސަރަހައްދަކީ ތިލަމާލެ ބްރިޖް އައިސް ގުޅޭ ސަރަހައްދު ކަމަށެވެ. އަދި ބްރިޖާއި ގުޅޭ ސަރަހައްދު މިހާރު އޮތީ ހިއްކާ ނިމިފައި ކަމަށެވެ. ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ޖުމްލަ 3 ބްރިޖްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި، ތިލަފުށި އަދި ގިރާވަރު ފަޅު ބްރިޖުން ގުޅާލުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށެވެ.

ބްރިޖް އަދި ހައިވޭގައި ހަތަރު ލޭން ހިމެނެއެވެ. އެއީ ފަޅިއެއްގައި 2 ލޭން އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 3 ބުރިޖާއި، ކޯޒުވޭ އަދި މަގުތަކުގެ ނެޓްވޯކު ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ނިމި، ބޭނުންކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހު ބްރިޖް ގިރާވަރާ ހަމައަށް ގުޅާލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 02 އޮގަސްޓް 2022 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް

23 އޮކްޓޯބަރު 2017
އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް
27 ސެޕްޓެމްބަރު 2017

ޑިސެމްބަރު މަހު ގަމުން ގޯތި ދޫކުރަން ހުއްދަ ލިބޭނެ: ގަމު ކައުންސިލް

27 ސެޕްޓެމްބަރު 2017
ޑިސެމްބަރު މަހު ގަމުން ގޯތި ދޫކުރަން ހުއްދަ ލިބޭނެ: ގަމު ކައުންސިލް
01 އޯގަސްޓު 2017

ސުމައިދު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދޭ: އެމްއެންޑީއެފް

01 އޯގަސްޓު 2017
ސުމައިދު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދޭ: އެމްއެންޑީއެފް
11 ޖުލައި 2017

ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ

11 ޖުލައި 2017
ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ
29 ޖޫން 2017

ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި

29 ޖޫން 2017
ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
04 އެޕްރީލު 2017

ތ. އެލާއަށް މިހާރުވެސް ވާނީ 4.6 މިލިއަން ޑޮލަރު ދައްކާފަ: ޤާސިމް

04 އެޕްރީލު 2017
ތ. އެލާއަށް މިހާރުވެސް ވާނީ 4.6 މިލިއަން ޑޮލަރު ދައްކާފަ: ޤާސިމް
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް