Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިއޯއައިޖީ

ރާއްޖޭގެ ޓައެކްވަންޑޯ ޓީމު: ފުރަތަމަ ބައިނަލްއަގުވާމީ ގޭމްސްގެ ތަޖުރިބާ އަށް ތައްޔާރު

19 އޯގަސްޓު 2023 | ހޮނިހިރު 11:01

މިއީ ޓައެކްވަންޑޯ ޓީމް ވާދަކުރާ ފުރަތަމަ ގޭމްސް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 19 އޯގަސްޓު 2023 | ހޮނިހިރު 11:01
ޓައެކްވޮންޑޯ އެތްލީޓުން

ޓައެކްވޮންޑޯ އެތްލީޓުން

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓައެކްވަންޑޯގެ ހަރަކާތްތައް ފެށީ 2009 ވަނަ އަހަރުއެވެ. އެއީ ޓައެކްވަންޑޯ އެސޯސިއޭޝަނެއް ފުރަތަމަ ރަޖިސްޓްރީކުރެވުނު އަހަރު ނަމަވެސް، ޓައެކްވަންޑޯގެ ހަރަކާތްތައް އަމަލީ ގޮތުން ފެށީ 2017 ވަނަ އަހަރުއެވެ. އެއީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޓައެކްވަންޑޯގެ ކުޅިވަރު އާންމުވާން ފެށި ހިސާބެވެ. އެއީ ޓައެކްވަންޑޯގެ އަމަލީ މަސައްކަތް، އަމާޒަކަށް ޓާގެޓް ހިފައިގެން ފެށުނު ހިސާބެވެ. 

2017 ވަނަ އަހަރު ރާއްޖެ އަށް ޓައެކްވަންޑޯގެ ކުޅިވަރު، އާންމުވާން މެދުވެރި މައިގަނޑު ސަބަބަކީ ތަޖުރިބާކާރު މާސްޓާއެއް ކަމަށްވާ އަޔޫބް ރާއްޖެ އައުމެވެ. އެހިސާބުން ރާއްޖޭގެ ޓައެކްވަންޑޯ މަޑުމަޑުން ކުރިއަށް ޖެހި، އާންމުންނަށް ކޮންމެވެސް ވަރަކަށް ތަރަހަވަމުންދާ ކުޅިވަރަކަށް އެކުޅިވަރު ވާން ފެށިއެވެ. މަޑުމަޑުން ޒުވާނުން ޓައެކްވަންޑޯގެ ތެރެއަށްވަދެ، އެ ކުޅިވަރަށް ރަސްމީ ވާން ފެށުމުގެ އިތުރުން މޯލްޑިވްސް ޓައެކްވަންޑޯ އަށް އިންޓަނޭޝަނަލް އެފިލިއޭޝަން ހޯދުމަށްވެސް އޭރު މަސައްކަތްތައް ފެށިއެވެ. އެ މަސައްކަތް ކާމިޔާބުވީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ޓައެކްވަންޑޯ މޯލްޑިވްސްއަށް ވަނީ އިންޓަނޭޝަނަލް އެސޯސިއޭޝަންގެ އެފިލިއޭޝަން ލިބި، ރަސްމީވެފައެވެ.

ޓައެކްވަންޑޯ އަކީ އަދިވެސް މުޅި ރާއްޖޭގައި އެންމެ ފުޅާކޮށް ހިންގާ އާންމު ކުޅިވަރެއް ނޫން ނަމަވެސް، މާލެ ސަރަހައްދުގައި މިހާރު ދަނީ ކުޅިވަރު ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންނެވެ. ދުވަހެއް ދުވަހަކަށް ކުޅިވަރުގެ ތެރެއަށް ވަންނަމުންދާ ފަރާތްތައް އިތުރުވަމުންދާ އިރު، މިހާތަނަށް ރާއްޖޭ ފެންވަރުގެ ހަ މުބާރާތް ބާއްވާފައިވެއެވެ. މިފަހަރުގެ ގޭމްސް އަށް ނުކުންނަ ގައުމީ ޓައެކްވަންޑޯ ޓީމުގައި ހިމެނެނީ ރާއްޖޭގެ މުބާރާތްތަކުން ވަނަތައް ހޯދާފައިވާ އިތުބާރު އެތުލީޓުންކަން އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

ޓައެކްވަންޑޯ ޓީމުން މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް މާ ކުރިންވެސް އިންތިޒާރުކުރަން ފަށައިފިއެވެ. އަމާޒުހިފާފައިވަނީ ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި އައިއޯއައިޖީގައި ވާދަކުރުމަށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ރާއްޖެއިން އައިއޯއައިޖީގެ ފުރުސަތު ދޫކޮށްލުމާއެކު މުބާރާތް މިހާރު ވަނީ މަޑަގަސްކަރާގައި ބާއްވަން ނިންމާ ފެށުމަށް ތައްޔާރު ވެފައެވެ.

މިފަހަރުގެ އައިއޯއައިޖީ، މި މަހު 25 އިން އަންނަ މަހު ތިން ވަނަ ދުވަހަށް ކުރިއަށްދާ އިރު، ޓައެކްވަންޑޯ ޓީމުން މުބާރާތަށް ހާއްސަވެގެން ތަމްރީނުތައް ހަދަމުންދާތާ މިހާރު ވަނީ އަހަރެއްހާ ދުވަސް ވެފަ އެވެ. މޮރޮކޯގެ ކޯޗެއް ކަމަށްވާ އަދްނާން ކަނޭންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޓީމުން ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އިރު، މިފަހަރުގެ އައިއޯއައިޖީގެ މެޑަލްއަށް ކޯޗުގެ އުންމީދު ބޮޑެވެ.

ޓައެކްވަންޑޯ އަކީ "އާޓް އޮފް ފައިޓިން"ގެ ކުޅިވަރަކަށްވީ އިރު، އެފަދަ ކުޅިވަރުތަކަށް ރާއްޖޭގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުޅިވަރަކީ ތަޅާފޮޅުމެއް ކަމަށް ދެކޭ ދެކުމެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ޓައެކްވަންޑޯ ކުރިއަރުވަން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްކަތުން، މިއަދު އެ ތަސްވީރު ދަނީ ބަދަލުވަމުންނެވެ.

ޓައެކްވަންޑޯ ފަދަ ކުޅިވަރުތަކަކީ އަހުލާގާއި ސުލޫކުގެ އިތުރުން، ކުޅިވަރުގެ އަހުލާގު ވަރަށް ބޮޑަށް ހިއްސާވާ ކުޅިވަރުތައް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެއެވެ. މިފަހަރުގެ އައިއޯއައިޖީ ވެގެންދާނީ ޓައެކްވަންޑޯ ޓީމުން ވާދަކުރާ ފުރަތަމަ ބައިނަލްއަގުވާމީ ގޭމްސްއަށެވެ. ޓީމުގައި ހިމެނެނީ ޖުމުލަ ފަސް އެތުލީޓުންނެވެ. އެއީ އަންހެން އެއް އެތިލީޓަކާއި ފިރިހެން ހަތަރު އެތުލީޓެކެވެ. މިވަގުތު ގޭމްސްއަށް ޓާގެޓްކޮށް، އައިއޯއައިޖީ އަށް ފަހު އޭޝިއަން ޗެމްޕިއަންސްޝިޕަކީ ވެސް ޓައެކްވަންޑޯ ޓީމުގެ ޓާގެޓެކެވެ.

އިތުރަށް ކިޔާލަން

16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް