Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ ކޯސް

ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގެ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

19 އޯގަސްޓު 2023 | ހޮނިހިރު 08:05

މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 6 ޖާގައަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އޯގަސްޓު 2023 | ހޮނިހިރު 08:05
ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ ކޯސް

ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ ކޯސް

ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ، "ކްލާސް އޮފް 2028" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހީންނަށް ހުޅުވާލައިފިއެވެ.

2024 ވަނަ އަހަރުގެ ޖޫން މަހުގައި، އެމެރިކާގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަމުގައި ވުމާއި، ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ، 2024 ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނެއެވެ. އަދި، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއްކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮަަ، ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ޓެސްޓްތަކަކީ (SAT,ACT) ކޯހަށް އެޕްލައިކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެކެވެ.

Advertisement - newsAdvertisement

4 އަހަރުގެ މުއްދަތަށް، ބެޗަލަރސް ޑިގްރީ ފެންވަރަށް ކުރިއަށް ގެންދާ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 6 ޖާގައަށެވެ. ސިފައިންގެ ވަޒީފާގައި މިހާރު ނޫޅޭ ފަރާތެއް މި ކޯހަށް ހޮވިލައްވައިފިނަމަ، ހޮވިލައްވާ ފަރާތެއް ސިފައިންގެ ވަޒީފާއަށް ވެއްދޭނެއެވެ. މި ކޯހުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެރޮނޮޓިކަލް އިންޖިނިއަރިންގ، އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިންގ، ސައިބަރ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިންގ އަދި މީޓިއޮރޮލޮޖީ ހިމެނެއެވެ.

މީގެއިތުރުންވެސް، މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކަޑަމީއާ ބެހޭ މަޢުލޫމާތު، އެކަމަޑަމީގެ އޮފިޝަލް ވެބްސައިޓް www.usafa.edu އިން ލިބިލައްވާނެއެވެ.މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2023 އޮގަސްޓް 31 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ދުރުވެ، އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އަދި، ފޯމް ހުށަހަޅުއްވަން ދުރުވެ، 9871235 ނަންބަރަށް ގުޅުއްވުމަށް ނުވަތަ، އެމްއެންޑީއެފް ޓްރެއިނިންގް ޑިޕާޓްމަންޓްގެ މެއިލް: (trgcoord@mndf.gov.mv)  އަށް މެއިލް ކޮށްދެއްވުމަށް ވަނީ އެދިފައެވެ.

ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv)  އިން ޑައުންލޯޑު ކުރެވޭނެއެވެ. ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގްގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 2156 އަށް ގުޅުމުން ލިބޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

28 އޯގަސްޓު 2025

މިފަހަރު ޔުނައިޓެޑް ބަލިވީ 4 ވަނަ ޑިވިޝަން ކުލަބެއް އަތުން

28 އޯގަސްޓު 2025
މިފަހަރު ޔުނައިޓެޑް ބަލިވީ 4 ވަނަ ޑިވިޝަން ކުލަބެއް އަތުން
03 ނޮވެމްބަރު 2023

ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑެމީ، "ކުލާސް އޮފް 2028" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި

03 ނޮވެމްބަރު 2023
ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑެމީ، "ކުލާސް އޮފް 2028" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި
28 މާރިޗު 2023

ޔުނައިޓެޑް އަރަބް އެމިރޭޓްސުން ރާއްޖެއަށް 100 ރޯދަ ޕެކް ހަދިޔާކޮށްފި

28 މާރިޗު 2023
ޔުނައިޓެޑް އަރަބް އެމިރޭޓްސުން ރާއްޖެއަށް 100 ރޯދަ ޕެކް ހަދިޔާކޮށްފި
05 ނޮވެމްބަރު 2022

ޔުނައިޓަޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގެ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި

05 ނޮވެމްބަރު 2022
ޔުނައިޓަޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގެ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި
30 ޖުލައި 2022

ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއަން އަރމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފި

30 ޖުލައި 2022
ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއަން އަރމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފި
11 ޖެނުއަރީ 2022

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި

11 ޖެނުއަރީ 2022
އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި
03 އޮކްޓޯބަރު 2020

އެމެރިކާގެ ކޯސްޓްގާޑުން ހިންގާ ކޯހަށް 28 އޮކްޓޯބަރުގެ ނިޔަލަށް އާންމުންނަށް ކުރިމަތިލެވޭނެ

03 އޮކްޓޯބަރު 2020
އެމެރިކާގެ ކޯސްޓްގާޑުން ހިންގާ ކޯހަށް 28 އޮކްޓޯބަރުގެ ނިޔަލަށް އާންމުންނަށް ކުރިމަތިލެވޭނެ
31 މާރިޗު 2020

ބޭހުގެ ޝިޕްމެންޓުތައް އިންޑިއަން އެއަރފޯސްގެ ފްލައިޓެއްގައި ބުރާސްފަތި ދުވަހު ގެންނާނެ: ފޮރިން މިނިސްޓްރީ

31 މާރިޗު 2020
ބޭހުގެ ޝިޕްމެންޓުތައް އިންޑިއަން އެއަރފޯސްގެ ފްލައިޓެއްގައި ބުރާސްފަތި ދުވަހު ގެންނާނެ: ފޮރިން މިނިސްޓްރީ
17 ފެބުރުއަރީ 2019

އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް 2019 ކޮންފަރެންސް ފަށަނީ

17 ފެބުރުއަރީ 2019
އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް 2019 ކޮންފަރެންސް ފަށަނީ
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް