Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންޗެސްޓަރ ޔުނައިޓެޑް

މިފަހަރު ޔުނައިޓެޑް ބަލިވީ 4 ވަނަ ޑިވިޝަން ކުލަބެއް އަތުން

މެންޗެސްޓަރ ޔުނައިޓެޑް ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ އަތުން ލީގު ކަޕްގައި ޕެނަލްޓީ ޖަހައިގެން 12-11 އަށް ބަލިވެއްޖެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2025 | ބުރާސްފަތި 06:34
މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށްފަހު، ގްރިމްސްބީ ގެ ޓައިރެން ވޮރެން އުފާ ފާޅުކުރަނީ

މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށްފަހު، ގްރިމްސްބީ ގެ ޓައިރެން ވޮރެން އުފާ ފާޅުކުރަނީ

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕުގެ ދެވަނަ ބުރުގައި ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ. މެޗުން ޔުނައިޓެޑް ބަލިވީ ޕެނަލްޓީ ޖަހައިގެން 12-11 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު މެންޗެސްޓަރ ޔުނައިޓެޑް ވަނީ މުބާރާތުން ކަޓާފައެވެ. އަދި މިއީ ޔުނައިޓެޑްގެ ތާރީޚުގައި ވެސް ހަތަރުވަނަ ޑިވިޝަނުގެ ކުލަބަކާ ކުރިމަތިލައި ބަލިވި ފުރަތަމަ ފަހަރެވެ.

ގްރިމްސްބީގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ކީޕަރު އެންޑްރޭ އޮނާނާ ހިމެނުނު އިރު، ބްރޫނޯ ފެނާންޑޭޒް، ކަސެމީރޯ އަދި އެމްބުއެމޯ ފަދަ މުހިންމު ކުޅުންތެރިން ތިބީ ބެންޗުގައެވެ.

Advertisement - newsAdvertisement

މެޗުގެ ފުރަތަމަ ހާފުގައި ގްރިމްސްބީން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. 22 ވަނަ މިނެޓުގައި ޗާލްސް ވާރނަމް ޖެހި ލަނޑާއި، 30 ވަނަ މިނެޓުގައި ޓައިރެލް ވޮރެން ޖެހި ލަނޑުން ގްރިމްސްބީ ވަނީ 2-0 ގެ ލީޑެއް ނަގާފައެވެ. ގްރިމްސްބީ ގެ ދެވަނަ ލަނޑަކީ ޔުނައިޓެޑްގެ ކީޕަރު އޮނާނާ ހެދި ގޯހެއްގެ ފައިދާ ނަގާ ޖެހި ގޯލެކެެވެ.

ދެވަނަ ހާފުގައި އަމޮރިމް ގެނައި ބަދަލުތަކާއެކު ޔުނައިޓެޑްގެ ކުޅުން ރަނގަޅުވިއެވެ. 75 ވަނަ މިނެޓުގައި ބްރަޔަން އެމްބުއޭމޯ ޖެހި ލަނޑުން ޔުނައިޓެޑްގެ އުންމީދު އާވިއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓެއް އޮއްވާ ހެރީ މެގުއާ ޖެހި ލަނޑުން މެޗު އެއްވަރުކުރިއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހުނު ޕެނަލްޓީ ޝޫޓްއައުޓުގައި ދެ ޓީމުގެ ފުރަތަމަ ފަސް ޕެނަލްޓީ އެއްވަރުވުމާއެކު، އިތުރު ޕެނަލްޓީތަކެއް ޖެހިއެވެ. ޔުނައިޓެޑުގެ އެމްބުއޭމޯ ޖެހި ދެވަނަ ޕެނަލްޓީ ނާކާމިޔާބުވުމާއެކު، 12-11 އިން ގްރިމްސްބީ މޮޅުވިއެވެ.

1948 ވަނަ އަހަރަށްފަހު މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރު ހޯދި މި ކާމިޔާބީއަކީ ގްރިމްސްބީގެ ތާރީޚުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައި އެ ކުލަބުން ވަނީ ފާހަގަކޮށްފައެވެ. މި ބަލިވުމާއެކު ޔުނައިޓެޑްގެ ކަރަބާއޯ ކަޕުގެ ދަތުރު މިހިސާބުން ނިމުމަކަށް އައިސްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް ސަރުކާރުގެ ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއަރުވާލައިފި. މިފަހަރު ފެނަކަ

އަނެއްކާވެސް ސަރުކާރުގެ ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއަރުވާލައިފި. މިފަހަރު ފެނަކަ

20 ސެޕްޓެމްބަރު 2017
އުލްހިޔާގެ ގޮތުގައި މާލޭގައި މިފަހަރު ގާތްގަނޑަކަށް 500 ބަކަރި ކަތިލައިފި

އުލްހިޔާގެ ގޮތުގައި މާލޭގައި މިފަހަރު ގާތްގަނޑަކަށް 500 ބަކަރި ކަތިލައިފި

01 ސެޕްޓެމްބަރު 2017
އުލްހިޔާ ކަތިލުން މިފަހަރު ސިނާއީ ސަރަހައްދުގައި!

އުލްހިޔާ ކަތިލުން މިފަހަރު ސިނާއީ ސަރަހައްދުގައި!

31 އޯގަސްޓު 2017
ފުލުހުންގެ އާދަކާދައިގެ މަތިން މިފަހަރު ވެސް "އިންޒާރުގެ ބަޔާނެއް" ނެރެފި!

ފުލުހުންގެ އާދަކާދައިގެ މަތިން މިފަހަރު ވެސް "އިންޒާރުގެ ބަޔާނެއް" ނެރެފި!

19 ޖުލައި 2017
މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

25 ޖޫން 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު