Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް

އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް 2019 ކޮންފަރެންސް ފަށަނީ

މިކޮންފަރެންސްގައި ރާއްޖެ ތަމްސީލް ކުރާނީ ރަފީ އެންޖީއޯގެ ފަރާތުން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2019 | އާދީއްތަ 05:36
މިލޭނިއަމް ޔޫތު އެމްބެސެޑަރ އައިޝަތު ރިޝްފާ

މިލޭނިއަމް ޔޫތު އެމްބެސެޑަރ އައިޝަތު ރިޝްފާ

އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސްގެ މިއަހަރުގެ ކޮންފަރެންސް ވިއެޓްނާމްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ކޮންފަރެންސްއާ ބެހޭ ގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން މިލޭނިއަމް ޔޫތު އެމްބެސެޑަރ އައިޝަތު ރިޝްފާ ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ކޮންމެ ގައުމަކަށް ވެސް ކުރިމަތިވާ ދަތިތަކާއި އަދި އެ ދަތިތައް ހައްލު ކުރުމަށް އެކި ގައުމުތަކުގެ ޒުވާނުން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ހައްލު ގެނައުން ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުތުރުން 20 30 ގެ އެސްޓީޖީ ގޯލްސް ހާސިލް ކުރުމަށް ޔޫއެންއިން ކުރަމުންދާ މަސައްކަތްތަކަށް ދެވޭ އެއްބާރު ލުމެއްގެ ގޮތުގައި މި ކޮންފަރެންސް ފާހަގަ ކުރެވޭ ކަމަށެވެ.

ރިޝްފާ ވިދާޅުވީ މިކޮންފަރެންސްގައި ރާއްޖެ ތަމްސީލް ކުރާނީ ރަފީ އެންޖީއޯގެ ފަރާތުން ކަމަށާއި މިފަހަރުގެ މި ކޮންފަރެންސްގައި އެ ޖަމުއިއްޔާއިން 6 ޒުވާނުން ބައިވެރިވުމަށް ފުރުސަތު ލިބިފައިވާއިރު މިހުރިހާ ފަރާތްތަކަކީވެސް އަންހެން ކަނބަލުން ކަމަށެވެ.

މި ކޮންފަރެންސްއަށް ޒުވާނުން ހޮވާފައިވާ ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިލޭނިއަމް ޔޫތު އެމްބެސެޑަރ އައިމިނަތު ރީމާ ވިދާޅުވީ ރަފި އެންޖީއޯގެ ފޭސްބުކު ޕޭޖުންނާއި އަދި އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސްގެ ފޭސްބުކް ޕޭޖުން ވެސް މި ކޮންފަރެންސް އޮތްކަން ހާމަކުރަމުން ދިޔަކަމަށާއި އެގޮތުން ކޮންމެ ޒުވާނަކަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެގޮތުން ކުރިމަތި ލި ހުރިހާ ޒުވާނުންގެ މެދުގައި ސްކްރީން ކުރެވި ދުނިޔޭގެ ފެންވަރުގަޔާއި ގައުމީ ފެންވަރުގައި ގައުމުތަކަށް ދިމާވެފައިވާ މައްސަލަ ތަކަށް އަހުލުވެރިވެ އަދި އެފަދަ ކަންކަމަށް ޝައުގުވެރިވާ ޒުވާނުންނަށް އިސްކަން ދީފައިވާ ކަމަށެވެ.

ކޮންފަރެންސް ކުރިއަށްދާނެ ގޮތާއި ބެހޭގޮތުން ވާހަކަ ދައްއްކަވަމުން ރިޝްފާ ވިދާޅުވީ ސެކުރިޓީ ކައުންސިލުން ގައުމުތަކުގެ ހަމަޖެހުމާއި އަދި ހަމަޖެހުން ގާއިމް ކުރުމަށް އެޅިދާނެ ފިޔަވަޅު ތަކާއި މެދު މަޝްވަރާ ކުރެވެމުންދާއިރު ޑަބްލިއު އެޗްއޯއިން ގައުމުތަކަށް ސިއްހީގޮތުން ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރާނެ ކަމަށެވެ.

މީގެ އިތުރން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ގައުމުތަކުގައި ހަމަހަމަކަން ގާއިމް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި އޭގެ ހައްލާއި އަދި އެކަން އިތުރަށް ހަރުދަނާކުރުމަށް ގެންގުޅެވިދާނެ އުސޫލު ތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ޔޫއެން ވުމެންސް ކޮމެޓީން އަންހެނުންގެ ބާރުވެރރިވުން އިތުރު ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދައްކާއިރު ޔުނެސްކޯއިން ތައުލީމީ ނިޒާމާއި ގައުމުތަކުގެ ސަގާފަތް ދިރުވާ އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް ވާސިލް ކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫއެންޑީޕީން ގައުމުތަކުގެ ތަރައްގީއަށް އިތުރަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ކަރުދާސް ހުށައެޅިގެން ދާއިރު ރާއްޖެއަށް ދިމާވެފައިވާ ތިމާވެށިގެ މައްސަލަތަކާއި މިނޫނަސް މިފަދަ އެތައް ކަމަކާއި ބެހޭގޮތުން ވާހަކަ ދެކެވިގެން ދާނެ ކަމަށެވެ

މި ކޮންފަރެންސް ފުރަތަމަ ބާއްވާފައިވަނީ 2018 ވަނަ އަހަރު ބެންކޮކު ގައެވެ. މިއަހަރު މި ކޮންފަރންސް އޮންނާނީ ވިއެޓްނާމްގައި ފެބުރުއަރީމަހުގެ 21 އިން 23 ގެ ނިޔަލަށް ކަމަށެވެ. މި ކޮންފަރެންސްގައި ޔޫއެންގެ 103 ގައުމަކުން ބައިވެރިވާނެ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ "ވެއަރ ޔުއަރ ވޮއިސް މެޓަރސް" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ މަޝްރޫޢުތައް އަންނަ އަހަރަށް ނިމޭނެ، 2019ގައި އައު މަޝްރޫޢުތައް އަންނާނެ: ރައީސް ޔާމީން

ހުރިހާ މަޝްރޫޢުތައް އަންނަ އަހަރަށް ނިމޭނެ، 2019ގައި އައު މަޝްރޫޢުތައް އަންނާނެ: ރައީސް ޔާމީން

24 ޑިސެމްބަރު 2017
ފުލުހުންގެ މަސައްކަތުގެ ޒަމާނީ މޮޑެލްތައް ދިރާސާކުރުމަށް ފުލުހުންގެ ޓީމެއް މެލޭޝިއާއަށް

ފުލުހުންގެ މަސައްކަތުގެ ޒަމާނީ މޮޑެލްތައް ދިރާސާކުރުމަށް ފުލުހުންގެ ޓީމެއް މެލޭޝިއާއަށް

03 އޯގަސްޓު 2017
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

20 މެއި 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު