Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމް

ގުރުނެގުމުގެ ކަންތައްތައް ކުރިއަށްދަނީ ދެފުށް ފެންނަ ގޮތަށް، ނާންނަ މީހުންގެ ގުރެއް ނުނަގާ!

18 އޯގަސްޓު 2023 | ހުކުރު 18:02

މިއީ ރައްޔިތުންނާއި ގުޅުން ހުރި ވަރަށް ހައްސާސް މައްސަލައެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އޯގަސްޓު 2023 | ހުކުރު 18:02
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފެށުން

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފެށުން

ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ލިބުނު މީހުންގެ މެދުގައި ގުރުނެގުމުގެ ކަންތައްތައް ކުރިއަށްދަނީ ދެ ފުށް ފެންނަ ގޮތަށް ކަމަށާއި ގުރު ނަގަން ނާންނަ މީހުންގެ ކަރުދާސް ކޮޅުތައް އޮފިޝަލުން ނުނަގާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާރިފް ވިދާޅުވީ މިއީ ރައްޔިތުންނާއި ގުޅުން ހުރި ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގުރު ނެގުމުގެ ކަންތައްތައް ކުރިއަށްދާ ގޮތާމެދު ބައެއް ފަރާތްތަކުން ދޮގު ތުހުމަތުތައް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ވަކި ގަޑިއެއްގައި، ވަކި މީހަކާ ބައްދަލުކުރުމަށްފަހު ގުރު ނަގަން އަންނަ މީހުންނަށް ވަކި ޚާއްސަ ކަރުދާހެއް ދޭކަމަށް ބުނެ މީޑިއާއަކުން ދޮގު މައުލޫމާތު ފަތުރާފައިވާކަން ފާހަގަކުރައްވާ އާރިފް ވިދާޅުވީ ޕްލޮޓް ކަރުދާސް ޕްރިންޓްކޮށްފައިވާނީ އާދައިގެ A4 ކަރުދާހުގައި ކަމަށާއި ފުރަތަމަ ދުވަހު ފޮށިތަކަށް ކަރުދާސްތައް އެޅި ގޮތަށް، ފޮށިތަކުގައި ހުރި ކަމަށެވެ.

އާރިފް ވިދާޅުވީ މި މަސައްކަތުގައި މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން އާރބަންކޯގެ މުވައްޒަފުން ވެސް ހަރަކާތްތެރިވާ ކަމަށެވެ. ފޮށި ބަންދު ކުރަނީ ވެސް އެންމެ ފަހުން ގޯތި ޕްލޮޓް ނަގާ މީހުންގެ ހާޒިރުގައި، ފޮށި ސީލްކުރުމަށްފަހު ކަމަށް ވެސް ވިދާޅުވިއެވެ. ފޮށި ސީލްކޮށް، ބަންދުކުރުމަށްފަހު މިނިސްޓްރީގެ މުވައްޒަފުންނާއި ފުލުހުން ފޮށިތައް ބަލަހައްޓާ ކަމަށާއި އޭގެ އަނެއް ދުވަހު އަނެއްކާވެސް ފޮށި ކަނޑަނީ މީހުންގެ ހާޒިރު ގައިކަމަށް ވިދާޅުވިއެވެ.

ގުރު ނެގުމުގެ ކަންތައްތައް މި މަހުގެ 15 ދުވަހުން ފެށިގެން ޔެސް ޓީވީން މަންޒަރުތައް ލައިވް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ހުރިހާ މަންޒަރެއް ވަގުތުން ފެންނާނެ ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.

ގުރުނެގުމުގެ ކަންކަން ފެށުމުގެ ކުރިން ރައީސް އެދިވަޑައިގެންނެވީ ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަކަށް ކުރުމަށްކަން ފާހަގަކުރައްވާ އާރިފް ވިދާޅުވީ ގުރުއަތުން ނެގޭ ޕްލޮޓް ކަރުދާހުގައި ހުންނަ މައުލޫމާތުތައް ބަދަލުނުވާނެ ކަމަށެވެ. އަދި އެމީހަކަށް ދިމާވާ ތަނަކުން ގޯތި ލިބިގެންދާނެ ކަމަށެވެ. ގުރުއަތުލުން ނިމޭނީ 20 ވަނަ ދުވަހުގެ ރޭ 19:00 ޖަހާއިރު ކަމަށް ވެސް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުންގެ ނަން ވަނީ ހިމަނާފައެވެ. މީގެތެރެއިން މި ދައުރުގައި ގޯތި ދޭނީ 18955 މީހުންނަށެވެ. މީގެ އިތުރުން މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

30 މާރިޗު 2017

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

30 މާރިޗު 2017
ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން
28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
13 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ

13 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް