Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓަލް ޕެލެސް

ޗެލްސީއަށް ބަދަލުނުވެ، އޮލީސޭ ކްރިސްޓަލް ޕެލެސް އާއެކު އެއްބަސްވުން އައުކޮށްފި

18 އޯގަސްޓު 2023 | ހުކުރު 12:30

އޭނާ ސޮއިކުރީ އިތުރު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 18 އޯގަސްޓު 2023 | ހުކުރު 12:30
މައިކަލް އޮލީސޭ

މައިކަލް އޮލީސޭ

ޗެލްސީއަށް ގެންދިޔުމަށް މަސައްކަތް ކުރި މައިކަލް އޮލީސޭ، ކްރިސްޓަލް ޕެލެސް އާއެކު އިތުރު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޗެލްސީން އަންގާރަ ދުވަހު ވަނީ އޮލީސޭގެ ރިލީޒް ކްލޯޒް ކަމަށްވާ 35 މިލިއަން ޕައުންޑް ދެއްކުމަށް އެއްބަސްވެފައެވެ. ނަމަވެސް، 21 އަހަރުގެ ކުޅުންތެރިޔާ ވަނީ ބުރާސްފަތި ދުވަހު ކްރިސްޓަލް ޕެލެސް އާއެކު އެއްބަސްވުން އައުކޮށްފައެވެ. އޭނާ ރެޑިން އިން ކްރިސްޓަލް ޕެލެސްއަށް 2021 ވަނަ އަހަރު ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީގެ ޔޫތު ޓީމުގައި ކުޅުމަށްފަހު އޭނާ އެ ކުލަބު ދޫކޮށްލީ އުމުރުން 14 އަހަރުގައެވެ.

ކްރިސްޓަލް ޕެލެސްގެ ކޯޗު ރޯއީ ހޮޖްސަން ބުނީ، ޗެލްސީ ފަދަ ބޮޑު ކުލަބަކުން އޮލީސޭ ހޯދުމަށް މަސައްކަތް ކުރުމުން ޖެހިލުންވި ކަމަށެވެ. ނަމަވެސް،، އޮލީސޭއަށް ފައިދާ ވާނެ ކުލަބަކީ ކްރިސްޓަލް ޕެލެސްކަން އޭނާ އަށް ވިސްނޭނެކަމަށް އުއްމީދުކުރިކަމަށް ހޮޖްސަން ބުނެފައިވެއެވެ.

މިއަހަރު ކުރިޔަށްދިޔަ 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގައި އަނިޔާވެ، އޮލީސޭ މިވަގުތު ހުރީ ކުޅުމާ ދުރުގައެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ކްރިސްޓަލް ޕެލެސްއަށް 37 މެޗު ކުޅެދީ، ދެ ލަނޑު ޖަހައި، 11 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ކްރިސްޓަލް ޕެލެސްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އޮލީސޭ އެވެ.

މި ހޫނުމޫސުމުގައި ވިލްފްރެޑް ޒަހާވެސް ވަނީ ޓީމް ދޫކޮށްލާފައެވެ. ނަމަވެސް، ކްރިސްޓަލް ޕެލެސް އައު ސީޒަން ފެށީ މޮޅަކާއެކުއެވެ.

އެންމެ ހިނގާ

1

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

12 ޖުލައި 2017

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ
26 މެއި 2017

ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ

26 މެއި 2017
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
14 މެއި 2017

ޕްރިމިއާ ލީގު: ބޮޑުތަފާތަކުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ހަލް ސިޓީ ރެލިގޭޓްވެއްޖެ

14 މެއި 2017
ޕްރިމިއާ ލީގު: ބޮޑުތަފާތަކުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ހަލް ސިޓީ ރެލިގޭޓްވެއްޖެ
17 އެޕްރީލު 2017

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް
11 އެޕްރީލު 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

11 އެޕްރީލު 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް