Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ރޯމިއޯ ލަވިއާ ޗެލްސީއަށް ސޮއިކޮށްފި

18 އޯގަސްޓު 2023 | ހުކުރު 10:38

އޭނާ ޗެލްސީއާއެކު ސޮއިކުރީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 18 އޯގަސްޓު 2023 | ހުކުރު 10:38
ރޯމިއޯ ލަވިއާ

ރޯމިއޯ ލަވިއާ

ސައުތެމްޓަންއަށް ކުޅެމުން އައި ބެލްޖިއަމްގެ މިޑްފީލްޑަރު ރޯމިއޯ ލަވިއާ، 53 މިލިއަން ޕައުންޑަށް ޗެލްސީއަށް ސޮއިކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ޗެލްސީއާއެކު ސޮއިކުރީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން އެޑް-އޮންގެ ގޮތުގައި އިތުރު ފަސް މިލިއަން ޕައުންޑް ލިބޭނެއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ސައުތެމްޓަންއަށް 34 މެޗު ކުޅެދީފައެވެ.

ލަވިއާ ބުނީ ޗެލްސީއަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި، ޗެލްސީއަކީ ދިގު ތާރީހެއް އޮތް، ކާމިޔާބު ޓީމެއް ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ވާދަވެރި ލިވަޕޯލް އިންވެސް ވަނީ ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ސައުތެމްޓަން އިންވަނީ ލިވަޕޫލްގެ 46 މިލިއަން ޕައުންޑުގެ ތިންވަނަ ބިޑް ވެސް ރިޖެކްޓް ކޮށްފައެވެ.

ލަވިއާގެ އިތުރުން ދާދިފަހުން ޗެލްސީއާ ގުޅުނު މޮއިސެސް ކައިސޭޑޯ ހޯދުމަށްވެސް ލިވަޕޫލް އިންވަނީ މަސައްކަތް ކޮށްފައެވެ. އޭނާ ޗެލްސީއާ ގުޅުނީ ބްރިޓިޝް ރެކޯޑް އަދަދެއް ކަމަށްވާ 115 މިލިއަން ޕައުންޑަށެވެ.

އެންޑަލެކްޓްގެ ޔޫތު ޓީމުން ކުޅެން ފެށި ލަވިއާ ވަނީ 2020 ވަނަ އަހަރު މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައެވެ. ނަމަވެސް އޭނާ ސިޓީގެ ސީނިއާ ޓީމަށް ކުޅެފައިވަނީ އެންމެ ދެ މެޗެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ސައުތެމްޓަންއަށް ބަދަލުވީ 10.5 މިލިއަން ޕައުންޑަށެވެ.

މިއަހަރުގެ ކުރީކޮޅު ލަވިއާ ވަބީ ބެލްޖިއަމްގެ ގައުމީ ޓީމަށްވެސް ފުރަތަމަ މެޗު ކުޅެފައެވެ. ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅެން ނިކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޕްރިމިއަރ ލީގުގެ އައު ސީޒަނުގެ ފުރަތަމަ މެޗުން ޗެލްސީ ވަނީ ލިވަޕޫލް ކައިރިން އެއްވަރު ވެފައެވެ. ދެވަނަ މެޗުގައި އާދިއްތަ ދުވަހު ނިކުންނާނީ ވެސްޓް ހޭމް އާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް