Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯތި ލިބުނު މީހުންގެ ގުރުއަތުލުމުގެ އިންތިޒާމްތައް

"ގޯތި ލިބުނު މީހުންގެ ގުރުއަތުލުމުގެ ސްޕީޑް އަވަސްކޮށް ގަޑިއިރަކަށް ގެންނަ މީހުން ވަނީ އިތުރުކޮށްފައި"

18 އޯގަސްޓު 2023 | ހުކުރު 09:01

އާރިފް ވަނީ ގުރުލުމުގެ އިންތިޒާމްތައް އާއްމުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ހަމަޖައްސަވަން އިސްކަން ދެއްވާފައިވާކަން ފާހަގަކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އޯގަސްޓު 2023 | ހުކުރު 09:01
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފަށުން

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފަށުން

"ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ދާ ސްޕީޑަށް ބެލުމަށް ފަހު ގަޑިއިރެއްގެ ތެރޭގައި ގުރުލުމަށް ގެންނަ މީހުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ކުރިން ގަޑިއިރަކު ގުރުލާން ގެނައީ 40 މީހުން ކަމަށާއި މިހާރު ގަޑިއިރަކު 60 މީހުން ގެންނަ ކަމަށެވެ. އާރިފް ވަނީ ގުރުލުމުގެ އިންތިޒާމްތައް އާއްމުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ހަމަޖައްސަވަން އިސްކަން ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އާރިފް ރާއްޖެއެމްވީ އަށް ވިދާޅުވީ ގުރުއަތުލުން ކުރިއަށް ދަނީ ކޮންމެ ސައިޒެއްގެ ގޯއްޗަކަށް ފޮއްޓެއް ބަހައްޓައިގެން ކަމަށެވެ. މީގެ ކުރިން، ދެދުވަސް ވަންދެން ގަލޮޅު ދަނޑުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ފަހު އޭގެ ފަހުން ހެންވޭރު ދަނޑުގައި ގުރުއަތުލުން ކުރިއަށް ގެންދަން ވިސްނެވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގުރުއަތު ނަގާ ސަރަހައްދުގައި ހުރި ޓެންޓު ފަދަ ތަކެތި ބަދަލުކުރުމަކީ ފަސޭހަކަމަކަށް ނުވާތީ ފަހުން ނިންމީ ގަލޮޅު ދަނޑުގައި ގުރުއަތުލުން ކުރިއަށް ގެންދަން ކަމަށް އާރިފް ވިދާޅުވިއެވެ.

އޭގެ އިތުރުން 2050، 1250 އަދި 1650ގެ ފޮށިތައް ފިޔަވާ އެހެން ފޮށިތަކުގައި މިހާރު ނުނެގި ހުރީ ވަރަށް މަދު ބޭފުޅުންގެ ގުރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާރިފް ވިދާޅުވީ ވަޑައިނުގަންނަވާ ބޭފުޅުންގެ ގުރުއަތުލުން ކުރިއަށް ގެންދާނީ ހުރިހާ ފޮއްޓެއްގެ ގުރުލުން ނިމުމުން މީޑިއާގެ ހާޒިރުގައި ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުމަށް ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މި ފުރުޞަތުގައި 23000 އަށްވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުންގެ ނަން ވަނީ ހިމަނާފައެވެ. މީގެތެރިން މި ދައުރުގައި ގޯތި ދޭނީ 18955 މީހުންނަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިލިބޭ ބޭފުޅުންގެ ގުރު ނެންގެވުމަށް ވަޑައިގެންނެވުމުގެ ކުރިން، ޕޯޓަލްއަށް ލޮގިން ވެލައްވާ އެ ބޭފުޅަކު ވަޑައިގަންނަވަންޖެހޭ ތާރީހާއި ވަގުތު ޔަގީން ކުރައްވަން ޕްލޭނިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް