Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ދެކުނު އެފްރިކާ މީހަކު ގެނައި މަސްތުވާތަކެއްޗާ ގުޅިގެން ދިވެއްސަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

18 އޯގަސްޓު 2023 | ހުކުރު 10:01

މި މައްސަލައިގައި 3 ދިވެހި ފިރިހެނުން ހައްޔަރުކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2023 | ހުކުރު 10:01
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ދެކުނު އެފްރިކާ މީހަކު ގެނައި މަސްތުވާތަކެއްޗާ ގުޅިގެން ދިވެއްސަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައަކީ ޖޫން 17، 2022ގެ ހެނދުނުގެ ވަގުތެއްގައި ދޯހާ މަގުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި ގަތަރު އެއަލައިންސްގެ ފްލައިޓަކުން، ދެކުނު އެފްރިކާގެ ރައްޔިތެއްކަމަށްވާ ޒަމެކިލެ ލެސިއާ އޮންޔެޗެ ރާއްޖެއަށް އައިއިރު އެތެރެ ކުރި މަސްތުވާތަކެތި ބަލައި ދިޔަ މީހެއްގެ މައްސަލައެވެ.

Advertisement - newsAdvertisement

މީގެ ކުރިން މި މައްސައާއި ގުޅިގެން ޒަމެކިލެއަށް 12 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅޭ 3 ދިވެއްސެއް އެރޭ ހައްޔަރު ކުރިއެވެ. އެއީ އޭނާ އެތެރެކުރި މަސްތުވާތަކެތިި ބަލައި ދިޔަ ގ. ކަރަންކާ އަހުމަދު ތައިފް ރިޟްވާން އާއި ނިހާލް މުހައްމަދު އަދި ހަމްދޫން މުހައްމަދުއެވެ.

މި މައްސަލައިގެ ހުލާސާގައި ބުނެފައިވަނީ ޒަމެކިލެ ލެސިއާ ހުރި، ހުޅުމާލެ ރިޕްލް ބީޗް ގެސްޓްހައުސްގެ 201 ކޮޓަރިއަށް ގޮސް އެތަނުން މަސްތުވާތަކެތި ހިފައިގެން ތައިފް ހިނގައިގެން ވަގުތު ފުލުހުން ތައިފް ހުއްޓުވައި އެ އަޅާފައި ހުރި ޖޫސްޕެކެޓްތައް ބަލައި ފާސްކޮށްފައިވާކަމަށެވެ.

ބަލައި ފާސްކުރުމުގެ ތެރޭގައި 896.087 ގްރާމް ހުރި ޖުމްލަ 83 ކޮކޭން ބުލެޓް ހުއްޓެވެ. ތައިފް ގެސްޓްހައުސްއަށް ގޮސްފައިވަނީ މ. ނިބިލިގާ ނިހާލް މުހައްމަދު އާސިމް ކިޔާ މީހަކާއެކުއެވެ. މި ދެމީހުން ފުލުހުން ހައްޔަރުކޮށް ސުވާލުކުރުމުން އެ ކޮތަޅު ގެންދަން ޖެހޭތަން އެނގޭނީ މއ. ސީނަރީވިޔު ހަމްދޫން މުހައްމަދަށް ކަމަށް ފުލުހުން ގާތުގައި ބުނެފައިވެއެވެ. އަދި އެ ދެމީހުން ދިން މައުލޫމާތާއި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި، ހަމްދޫން ރިޕްލް ބީޗް ގެސްޓްހައުސްގެ ބޭރުގެ ބީޗްގައި ހުރިކަމުގެ މައުލޫމާތު ލިބިގެން ފުލުުހުން އޭނާ ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން 3 މީހުންގެ މައްޗަށް ވެސް އުފުލާފައިވަީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. ތައިފް އަދި ނިހާލް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅާފައިވެއެވެ. އަދި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ހަމްދޫންގެ މައްޗަށް ދައުލަތުން ސާބިތުކޮށްދީފައިވާތީ، ހަމްދޫންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ އަދަބަކީ އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާ ކުރުމެވެ.

މި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 111 ވަނަ މާއްދާގެ (ހ) ގެ ދަށުން އަހުމަދު ތައިފް ރިޟްވާނާއި ނިހާމް މުހައްމަދު އާސިމްގެ މައްޗަށް ޕީޖީ ކޮށްފައިވާ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށެވެ. އަދި ހަމްދޫން މުހައްމަދު ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ހާދިސާއަށް ބަލާއިރު، ފައިސާގެ މުއާމަލާތެއް ހިންގާފައިވާކަން އެނގެން ނެތުމާއި، ހަމްދޫންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައި ނުވާތީ އެންމެ ކުޑަ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ.

އަދި އުގޫބާތެއްގެ ގޮތުން ހަމްދޫން އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި 17 އޮގަސްޓް 2023ން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމްކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް