Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮތް ހަދިޔާ ކުރުން

އިންޑިއާއިން ރާއްޖެއަށް 7115 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފި

މިއީ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ 10،000 އަށް ވުރެ ގިނަ ފޮތުގެ ފުރަތަމަ ބެޗް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2023 | ހުކުރު 03:55
އިންޑިއާއިން ހަދިޔާކުރި ފޮތްތަކާއި މިނިސްޓަރު އާއިޝަތު ޢަލީ ހަވާލުވެވަޑައިގަންނަވަނީ

އިންޑިއާއިން ހަދިޔާކުރި ފޮތްތަކާއި މިނިސްޓަރު އާއިޝަތު ޢަލީ ހަވާލުވެވަޑައިގަންނަވަނީ

އިންޑިއާއިން ރާއްޖެއަށް 7115 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފިއެވެ.

ޖަމާލުއްދީން ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު ޢަލީއެވެ.

Advertisement - newsAdvertisement

މި ފޮތްތަކަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ 215 ސްކޫލެއްގައި "އެންރިޗިންގ ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓްގެ ދަށުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ 10،000 އަށް ވުރެ ގިނަ ފޮތުގެ ފުރަތަމަ ބެޗްއެވެ. ހަދިޔާ ކުރި ފޮތްތަކުގެ ޓައިޓަލް ހިޔާރުކޮށްފައިވަނީ ދިވެހި ސަރުކާރުންނެވެ.

ސަފީރުދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ފަށާފައިވާ މި ހެޔޮ މަޝްރޫޢާ ގުޅިވަޑައިގަތުމަކީ، އިންޑިޔާ ފަޚުރުވެރިވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ މެދުގައި ފޮތް ކިޔުމުގެ އާދައަށަގެންނެވުމަކީ ހަމައެކަނި ޢިލްމު އިތުރުވުމުގެ އިތުރުން އެކުދިންގެ ވިސްނުމުގެ ފުރުޞަތު ވެސް ފުޅާވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަތީ ތައުލީމު ހާސިލް ކުރުމަށް އިތުރު ދިވެހި ދަރިވަރުން އިންޑިއާއަށް ދިޔުމަށާއި އިންޑިޔާގެ ކުރިއަރަމުން އަންނަ ޔޫތު އޮރިއެންޓެޑް ސްޓާޓްއަޕް އެންޑް އިނޮވޭޝަން އިކޯސިސްޓަމްގައި ބައިވެރިވުމަށް ސަފީރު ވަނީ ދައުވަތު ދެއްވާފައެވެ.

މިނިސްޓަރު އާއިޝަތު ޢަލީގެ ވާހަކަފުޅުގައި، ފޮތް ކިޔެވުމުގެ އާދަ މައްޗަށް އަލިއަޅުއްވާލައްވައި، ދަރިވަރުންގެ ޤާބިލުކަން އިތުރުވުމުގައި ފޮތް ކިޔުމުގެ ދައުރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޑިޔާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މިނިސްޓަރު ވަނީ ޝުކުރުއަދާކުރައްވާފައެވެ. 

އިންޑިއާ މޯލްޑިވްސް އެޑިއުކޭޝަން ކޫޕަރޭޝަންއަކީ އިންޑިއާ-މޯލްޑިވްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުހިންމު ތަނބެކެވެ. އިންޑިއާގެ ހިލޭ އެހީއާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ގްރާންޓް ސްކީމްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ކޮމިއުނިޓީ އޮރިއެންޓެޑް 65 ޕްރޮޖެކްޓްގެ ތެރެއިން ތައުލީމާ ގުޅުންހުރި ތަފާތު ޕްރޮޖެކްޓްތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނ އަދި ރ އަތޮޅުގެ 2 ސްކޫލެއްގައި ކްލާސްރޫމް އެޅުމާއި ފުވައްމުލަކާއި ކުޅުދުއްފުށީ ސިޓީގެ 2 ސްކޫލެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާކުރުމާއި ބ. އަތޮޅުގެ ސްޓޫޑެންޓް ފެރީ ފަދަ މަޝްރޫއުތައް ނިމިފައިވާއިރު، 67 ރަށަކަށް ކުޑަކުދިންގެ ޕާކް އިކުއިޕްމަންޓް، ގދ، ލ އަދި ހއ ގެ 3 ސްކޫލެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމާއި، ލ އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް، ސްކޫލް ބަސް ހޯދުން (ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ 4 ސްކޫލަކަށް)، ތ. ވިލުފުށި  ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް އާއި ރާއްޖޭގެ ހުރިހާ ސަރުކާރުގެ ސްކޫލްގެ ކޮމްޕިޓަރ ލެބް އަޕްގްރޭޑް ކުރުން (ސްކޫލްތަކަށް ބަހާލާ 500 ކޮމްޕިއުޓަރ) ފަދަ ކަންކަން ދަނީ ހިންގަމުންނެވެ.

ހަމައެފަދައިން ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް އަމާޒުކޮށްގެން ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވުމަށާއި ކުރިއެރުމަށް ސީދާ ފައިދާކުރެއެވެ. އިންޑިޔާ-މޯލްޑިވްސް ކެޕޭސިޓީ ބިލްޑިންގ ކޯޕަރޭޝަން ތަނބުގެ ދަށުން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ގިނަ ޢަދަދެއްގެ އެޑިއުކޭޓަރުންނާއި އެޑްމިނިސްޓްރޭޓަރުންނަށް އިންޑިޔާގައި ކުރިއަށްގެންދާ އެކިއެކި ސްކީމްތަކާއި އެމް.އޯ.ޔޫގެ ދަށުން ކުރިއަށްގެންދާ އެކިއެކި އިން ޕަރސަން ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކުގެ ފައިދާ ކުރަމުން އެބަދެއެވެ.

މީގެ އިތުރުން އިންޑިއަން ކައުންސިލް އޮފް ކަލްޗަރ ރިލޭޝަންސް (އައިސީސީއާރް)ގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން ރާއްޖެ ހިމެނިފަިއވުމާއެކު ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 165 އަށްވުރެ ގިނަ ދަރިވަރުންނަށް މި ސްކޮލަރޝިޕްގެ ދަށުން މަންފާ ވަނީ ލިބިފައެވެ. އިންޑިޔާގެ ގިނަ ޢަދަދެއްގެ މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާދޭއިރު އެޓީޗަރުންގެ އަގުހުރި ޙިދްމަތަކީ ޤައުމު ބިނާކުރުމުގައި ޝާމިލްވާ މަސައްކަތްތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު