Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓު

ފަނޑިޔާރު ހުސްނުއްސުއޫދުގެ ބަހުގެ ހޫނު ޙަމަލާތަކެއް ޖޭއެސްސީއަށް

ޖޭއެސްސީގެ ވަކީލު ވަނީ އެ ސުވާލަށް މިވަގުތު ޖަވާބުދާރީވާން ދަތިކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އޯގަސްޓު 2023 | ބުރާސްފަތި 07:16
ޖޭއެސްސީން 10 ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުން

ޖޭއެސްސީން 10 ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ބަހުގެ ހޫނު ޙަމަލާތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމާޒު ކުރައްވައިފިއެވެ.

ފަނޑިޔާރު ސުއޫދު އެމޭރުމުން ވާހަކަ ދައްކަވާފައިވަނީ ޖޭއެސްސީން 10 ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް އިސްތިއުނާފުކޮށްފައިވާމައްސަލައެއްގެއަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މި މައްސަލައިގެ ޚުސޫމާތު ފެށިގެން އައި އިރު މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮވެފައި، ފަހުން މައްސަލަ ރައްދުވާ ފަރާތް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ބަދަލުވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލާއި ގުޅިގެން ޖޭއެސްސީގެ ވަކީލު ވިދާޅުވީ، ޑީޖޭއޭއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ އިދާރާއެއް ނޫން ކަމަށާއި، ވުމާއެކު، މި މައްސަލައިގައި ޑީޖޭއޭ ތަމްސީލު ކުރާނީ ޖޭއެސްސީން ކަމަށެވެ.

މި މައްސަލައިގައި ޖޭއެސްސީއަށް ދައުވާ ރައްދުވުމާމެދު މައްސަލައެއް ނެތްކަން ހައިކޯޓުގެ މަރުޙަލާގައި ކުރިއަށް ދިޔަ ވަގުތީ އަމުރާ ގުޅޭ މައްސަލައެއްގައި ހައިކޯޓުން ނިންމާފައި އޮތްކަމަށްވެސް ޖޭއެސްސީގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލަ ޖޭއެސްސީއަށް ރައްދުވުމާމެދު މައްސަލައެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ކޮމިޝަނުގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ޤާނޫނުއަސާސީގެ 155-157ށް ބަޔާންކޮށްފައިވަނީ ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅޭ ޤަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންތޯ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވިއެވެ.

މި މައްސަލައިގައި ހިމެނޭ ފަރާތްތަކުންވެސް ވަނީ ޑީޖޭއޭއަށް ރައްދުވާ މި މައްސަލައިގައި ޖޭއެސްސީން ވަކާލާތު ކުރާތީ ހައިކޯޓުގައިވެސް އެ ނުކުތާ ނަންގަވާފައިވާނެކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ޖޭއެސްސީގެ ވަކީލު ވިދާޅުވީ، ޤާނޫނުތަކާއި، ޖުޑީޝަލް ސަރވިސްގެ ޤާނޫނަށް ބަލާއިރުވެސް، ޕޮލިސީ ލެވެލްގައި އެ ކަންކަން ނިންމުމުގެ ބާރު އޮންނަނީ ޖޭއެސްސީއަށް ކަމަށެވެ.  

އެހިސާބުން ފަނޑިޔާރު ސުއޫދު ވަނީ ދޮޅުއަހަރުވެގެންދާއިރު، ސުޕްރީމް ކޯޓަށް ސެކެޓަރީ ޖެނެރަލަކު އައްޔަނު ނުވެގެން ދިއުމުގެ ޒިންމާ ނަގަންޖެހޭނީ ކާކުތޯ ސުވާލު ކުރައްވާފައެވެ.

ފަނޑިޔާރު ސުއޫދު ވަނީ 2 އަހަރުވެގެންދާއިރު، ސުޕްރީމް ކޯޓަށް އިދާރީ އިސް މުވައްޒަފަކު ލިބޭނީ ކޮން ދުވަހަކުތޯ ސުވާލު ކުރައްވާފައެވެ.

ޖޭއެސްސީގެ ވަކީލު ވަނީ އެ ސުވާލަށް މިވަގުތު ޖަވާބުދާރީވާން ދަތިކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު ދެން ކުރިއަށްދިޔައީ ހުށައެޅިފައިވާ މައްސަލައާ ގުޅޭގޮތުން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވާހަކަ ދެއްކުމެވެ. އަދި ޝަރީއަތުގެ ވަގުތު ހަމަވުމުން އަޑުއެހުން ވަނީ ނިންމަވާލައްވާފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު