Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން

ގޯތި ދިން ބަޔަކު ގޯތި ހަދަންވެސް އެހީތެރިވާނެ، އެހެން ބަޔަކަށް އެކަމެއްނުވާނެ: މީކާއީލް

17 އޯގަސްޓު 2023 | ބުރާސްފަތި 02:21

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ސިޔާސަތު ހުށަހެޅުމާއެކުހެން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ވަނީ މި ސިޔާސަތާ ދެކޮޅު ހަދާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޯގަސްޓު 2023 | ބުރާސްފަތި 02:21
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު

މާލެ ރަށްވެހިންނަށް ގޯތި ދިން ބަޔަކު ގޯތި ހަދަންވެސް އެހީތެރިވެދޭނެކަމަށާއި އެހެން ބަޔަކަށް އެކަމެއް ނުވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މީކާއީލު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބިގެންދިޔުމަކީ އެތައް ޒަމާނަކު އެކަމަށް އެދުނު ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވިކަމެއްކަމަށެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގެންނެވި ހިސާބުންވެސް އަދި ރިޔާސީ ބަޔާނުގައި އެވާހަކަ ވިދާޅުވުމުންވެސް ވާދަވެރި ފަރާތްތަކުން ބުނަމުންދިޔައީ އެއީ ނުވާނެކަމެއްކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާރު ގޯއްޗަށް ޝަރުތުހަމަވި ފަރާތްތަކުގެ މެދުގައި ގުރުނެގުން ކުރިޔަށްދާއިރު މި ސަރުކާރު ނިމިގެންދާއިރު ރައްޔިތުންގެ އަތަށް ގޯތީގެ ރަޖިސްޓްރީ ލިބޭނެކަމަށް މީކާއީލް ވިދާޅުވިއެވެ.

ގޯތި ދިން އިރު ބަލާފައިވަނީ މާލީ ތަނަވަސްކަމަށް ނޫންކަމަށާއި ގޯތިލިބުން ހައްގު މީހުންނަށްކަމަށް މީކާއީލް ވިދާޅުވިއެވެ. އެހެންކަމުން ގޯތި ހަދަން ބޭނުންވާ ފަރާތްތަކަށް މިސަރުކާރުން ލުއި ގޮތްތަކެއް ހައްދަވައިދެއްވާނެކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ވަރަށް މުހިންމުކަމަށާއި މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ހޯދައިދީފައިމިވާ ފުރުސަތު ދެމެހެއްޓެމަށްޓަކައި ވެސް ވޯޓުލާންޖެހޭކަމަށެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ސިޔާސަތު ހުށަހެޅުމާއެކުހެން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ވަނީ މި ސިޔާސަތާ ދެކޮޅު ހަދާފައިކަމަށާއި ނަމަވެސް މި ސިޔާސަތު ދެމެހެއްޓި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް މީކާއީލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް