Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތާލިބާނުންގެ ވެރިކަމަށް 2 އަހަރު

ތާލިބާނުންގެ ވެރިކަމަށް 2 އަހަރު: އަފްޣާން އަންހެނުންގެ ސާބިތުކަން މެކުހަށް!

އެ ގައުމުގެ ވެރިކަން، ތާލިބާނުންގެ މުށުތެރޭގައި ފިއްތާލި ފަހުން މި ވޭތުވެދިޔަ 2 އަހަރަކީ އެތައް އަންހެނުންނެއްގެ ދިރިއުޅުން ބަދަލުވެގެންދިޔަ ދުވަސްތަކެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2023 | ބުދަ 17:10
ތާލިބާނުންގެ ވެރިކަމަށް 2 އަހަރު: އަފްޣާން އަންހެނުންގެ ސާބިތުކަން މެކުހަށް

ތާލިބާނުންގެ ވެރިކަމަށް 2 އަހަރު: އަފްޣާން އަންހެނުންގެ ސާބިތުކަން މެކުހަށް

މިދިޔަ 2 އަހަރެއްހާ ދުވަހަކީ ހީވެސް ނުކުރާ ފަދަ ބަދަލުތަކެއް މަރްޔަމްގެ ހަޔާތަށް ކުރިމަތިވެގެން ދިޔަ ދުވަސްތަކެކެވެ. އަފްޣާނިސްތާނުގެ ވެރިކަން، ތާލިބާނުންގެ މުށުތެރޭގައި ފިއްތާލިފަހުން މި ވޭތުވެދިޔަ 24 މަހެއްހާ ދުވަހަކީ މަރްޔަމް ފަދަ އެތައް އަންހެނުންނެއްގެ ދިރިއުޅުން އެގޮތް މިގޮތަށް ބަދަލު ވެގެން ދިޔަ ދުވަސްތަކެކެވެ.

ޢުމުރުން 27 އަހަރުގެ މަރްޔަމަކީ، އަފްޣާނިސްތާނުގައި ތާލިބާނުންގެ ސަރުކާރެއް ގާއިމުކުރިއިރު، ތައުލީމީ ދާއިރާގެ ބައިނަލްއަގުވާމީ މަޝްރޫއެއްގެ ޑޭޓާބޭސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ޒުވާނެކެވެ. ވަކި ހިސާބަކުން މަޝްރޫއު ހުއްޓާލަން ޖެހުމާއެކު މަރްޔަމްގެ ވަޒީފާވެސް ގެއްލުނީއެވެ.

ހަރުދަނާ ޒުވާނެއްގެގޮތުގައި ދިރިއުޅުމަށް މަރްޔަމްގެ ހިތުގައި އޮތް އަޒުމު މަރެއްނުވެއެވެ. އޭނާގެ މިސްރާބު ދެން ބަދަލުކޮށްލީ އަންހެން ކުދިންނަށް ޚާއްސަ ޕްރައިވެޓް ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމާ ދިމާއަށެވެ. އެކަމުގައިވެސް އޭނާއަށް ދެމިހުރެވުނީ އަހަރެއްހާ ދުވަހަށެވެ. ހައި ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ދޮރުތައް އަންހެން ދަރިވަރުންނަށް ތާލިބާނު ސަރުކާރުން ބަންދުކުރީއެވެ.

މަރްޔަމަކީ މާ ފަސޭހައިން އުއްމީދު ނަގާލާ މީހެއް ނޫނެވެ. އޭނާ ދެން މަސައްކަތް ފެށީ އަމިއްލައަށް ފަހާ ތަނެއް ހުޅުވައިގެން އާމްދަނީއެއް ހޯދޭތޯއެވެ. އެކަން ފެށީ މީގެ ހައެއްކަ މަސް ކުރިންނެވެ. އޭނާއާއެކު ކުރިން މަސައްކަތްކުރި 15 މީހަކު މުވައްޒަފުންގެ ގޮތުގައި ނަގައިގެންނެވެ. ތާލިބާނުން ވެރިކަމަށް އެރުމާއެކު އެމީހުންގެ ވަޒީފާތައްވެސް ގެއްލުނީއެވެ.

އަފްޣާނިސްތާނުގެ ސަގާފީ ހެދުންތަކާއި ހިޖާބު ފަދަ އަންނައުނު ފަހަން އޭނާގެ މުވައްޒަފުންނަށް ދަސްކޮށްދެނީވެސް ޚުދު މަރްޔަމެވެ. ފެހުމުގެ ހުނަރަށް މަރްޔަމް ފަރިތަވީ މީގެ 4 އަހަރު ކުރިން އޭނާ ހެދި 1 އަހަރު ދުވަހުގެ ފަހާ ކޯހެއްގެ އެހީގައެވެ.

މަރްޔަމާއި އޭނާގެ މުވައްޒަފުންގެ އުފެއްދުންތައް މިއަދު ވިއްކަނީ އޮންލައިން ޕްލެޓްފޯމެއްގައެވެ. ދޭސީ އަދި ބިދޭސީ ކަސްޓަމަރުންނަށެވެ.

މަރްޔަމް ބުނާގޮތުގައި އޭނާގެ ގާތުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު އިތުރުވެގެންދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ކުރިއަށް އޮތް ތަނުގައިވެސް ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމާމެދު މަރްޔަމް ޝައްކެއް ނުކުރެއެވެ. ޖަރުމަނުވިލާތާއި އެމެރިކާ އަދި ކެނެޑާފަދަ ގައުމުތަކަށް އޭނާގެ ވިޔަފާރީގެ ގޮފިތައް ފުޅާކުރުމަކީ މިއަދު މަރްޔަމް ދެކެމުންދާ ފޮނި ހުވަފެނެކެވެ. އެކަން ކުރަން ގަސްތުކުރަނީ އެ ގައުމުތަކުގައި ދިރިއުޅޭ އޭނާގެ އާއިލާގެ މެންބަރުންގެ އެހީއާ އެކުގައެވެ.

2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު، އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލް ތެރެއަށް ތާލިބާނުންގެ ފައުޖުތައް ވަދެގެން ދިއުމާއެކު އެތައް ބައެއްގެ ދިރިއުޅުން ބަދަލުވިއެވެ. އެމެރިކާގެ ތާއީދު އޮތް އަފްޣާން ސަރުކާރުގެ ރައީސްކަމުގައި ހުންނެވި އަޝްރަފު ޣަނީ، ގައުމު ދޫކުރައްވައި ފިއްލެވުމާއި، ހުޅަނގުގެ އެއްބާރުލުމާއެކު، އެތައް އަހަރެއްގެ މަސައްކަތުން އަފްޣާނިސްތާނުގައި ވަރުގަދަކުރަމުން ދިޔަ އެ ގައުމުގެ އަސްކަރިއްޔާ ރޫޅިގެންދިޔަ ހިސާބުން އެތައް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔައެވެ.

ހުޅަނގުގެ ތާއީދު އޮތް ސަރުކާރުތަކުން އަފްޣާނިސްތާނުގައި ވެރިކަން ހިންގި ވިއްސަކަށް އަހަރު ދުވަހަކީ އަފްޣާނިސްތާނުގެ އަންހެނުން، އިންތިހާ މިނިވަންކަމާއި ހައްގުތަކުގެ އުފާ ހާސިލުކުރަމުން ދިޔަ ދުވަސްތަކެކެވެ. ނަމަވެސް، ގައުމުގެ ވެރިކަމާ ތާލިބާނުން ހަވާލުވިފަހުން، އެ ހުރިހާ ކަމަކީ މާޒީކަމުގައި ވެއްޖެއެވެ.

އދ.ން ސިފަކުރާގޮތުގައި މި ދުވަސްވަރަކީ ކައިރި މާޒީގައި އަފްޣާނިސްތާނު ދެކެފައި ނުވާފަދަ ސުލްހަ މަސަލަސްކަން އެ ގައުމަށް ވެރިވެފައި އޮތް ދުވަސްވަރެކެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާތައް ދެއެވެ. ބައެއް ހަމަލާތަކުގެ ޒިންމާ އުފުލަނީ ތާލިބާނުންގެ އިދިކޮޅު، ވަރުގަދަ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު