Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޭޝިޔާގެ އެންމެ ދިގު ގަސް

އޭޝިއާގައި ހުރި އެންމެ ދިގު ގަހުގެ ޢުމުރުން ކިހާ ދުވަހެއް ވެދާނެ؟

އެ ގަހުގެ ދިގު މިނުގައި 101.2 މީޓަރު ހުރި ކަމަށް ވަނީ ރެކޯޑް ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 އޯގަސްޓު 2023 | ބުރާސްފަތި 04:48
މި ގަހަކީ، ގާތްގަނޑަކަށް 1500 އެއްހާ އަހަރު ވެފައި ވާ މުސްކުޅި ގަހެއް

މި ގަހަކީ، ގާތްގަނޑަކަށް 1500 އެއްހާ އަހަރު ވެފައި ވާ މުސްކުޅި ގަހެއް

އާދަޔާ ޚިލާފަށް ދިގުވުން ނުވަތަ އާދަ ޚިލާފަށް ކުރުވުން...l މި ހުންނަނީ އެތައް ހާސް ދިރުމެއްގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ މައިގަނޑު ސަބަބުތަކޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އެއީ އިންސާނަކަށް ވިއަސް، ޖަނަވާރަކަށް ވިއަސް، ނުވިތާކަށް ގަހެއް ކަމުގައި ވީ ނަމަވެސް، ކަން ހިނގަނީ ހަމަ މި އުސޫލުންނެވެ. އާދަޔާ ޚިލާފަށް ބޮޑެތި ނުވަތަ ދިގު ގަސް ގަހަށްވެސް މީހުންގެ ސަމާލުކަން ހުއްޓެނީ މަދެއްކޮށެއް ނޫނެވެ. ވަކިން ޚާއްޞަކޮށް، ސައެންސްވެރިންނާއި އެކި ކަހަލަ ދިރާސާތައް ކުރާ މީހުންގެ ނަޒަރު، މިކަހަލަ ގަސްގަހާގެއްސަށް ހުއްޓޭ މިންވަރު ބޮޑޭވެސް ދެންނެވިދާނެއެވެ.

ދައްކަން މި އުޅެނީ ދިވެހި ރާއްޖެވެސް އެ ބައްރަކަށް ނިސްބަތްވާ އޭޝިއާ ބައްރުގައި ހުރި އެންމެ ދިގު ގަހުގެ ވާހަކައެކެވެ. އެއީ ސައިޕްރެސް އޭ ކިޔާ ބާވަތުގެ ގަހެކެވެ. ފަހަރެއްގައިވެސް، ސައިޕްރަސް – މި ޤައުމާ އޮޅުވާ ނުލައްވައްޗެވެ. އޭޝިއާގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ޖަންގަލިތަކަށް ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ދިގު ގަހުގެ ގޮތުގައި ރެކޯޑް ކުރެވިފައި ވާ ގަސް ހުރީ ޗައިނާގެ ޝީޒާންގްގައެވެ. އެ ގަހުގެ ދިގު މިނުގައި 101.2 މީޓަރު ހުރި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. ދަންނަވަން މިއުޅެނީ އެ ގަހުގެ ދިގު ކަމުގެ ވާހަކައެއް ނުނެވެ. އޭޝިއާގައި ހުރި އެންމެ ދިގު ގަހުގެ ޢުމުރާ ގުޅޭ ވާހަކައެކެވެ.

ޕީކިންގް ޔުނިވަރސިޓީއިން މެއި މަހު ކުރިއަށް ގެންދިޔަ ސައެންޓިފިކް ތަޙުޤީޤެއްގެ ތެރެއިން ފެނުނު މި ގަހާ ބެހޭ ގޮތުން އެންމެ ފަހު ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، މި ގަހަކީ، ގާތްގަނޑަކަށް 1500 އެއްހާ އަހަރު ވެފައި ވާ މުސްކުޅި ގަހެކެވެ. މި ގަހުގެ ކައިރިން، ޤުދުރަތީ ގޮތުން މަރުވެފައިވާ ބިޔަ ގަސްތަކެއްވެސް ވަނީ ފެނިފައެވެ. މި ގަސްތަކަކީ، އެންމެ ދިގު ގަހުގެ ޢުމުރު ދެނެގަތުމަށް އެހީވެދޭ މުހިންމު މަސްދަރުތަކެކެވެ.

އެންމެ ދިގު ގަހުގެ ޢުމުރު ދެނެގަތުމަށްޓަކާ ދިރާސާ ޓީމުން ވަނީ އެ ގަހުގެ ކައިރިއަށް މަރުވެގެން ވެއްޓިފައި ވާ ގަސްގަހުގެ ބުޑުގައިވާ ބުރުތައް ގުނާ، ގަސްގަނޑުގެ ވަށަމިނާ އަޅާ ބަލާ ވަޒަންކޮށް ހަދާފައެވެ.

ގަސްގަހުގެ ޢުމުރު ދެނެ ގަތުމަށް ބޭނުން ކުރާ އެންމެ އާންމު އެއް އުކުޅަކީވެސް އެއީއެވެ. އޭޝިއާއިން މިހާތަނަށް ފެނުނު އެންމެ ދިގު ގަހުގެ ވަށަމިނުގައި 296 ސެންޓިމީޓަރު ހުއްޓެވެ. ކައިރިއަށް ވެއްޓިފައި ހުރި ގަސްތަކަކީ، ޢުމުރުގެ ގޮތުން ބަލާއިރު، އެންމެ ދިގު ގަހަށް ވުރެ ހަގު ގަސްތަކެކެވެ. އެ ގަސްތަކަކީ ގާތްގަނޑަކަށް 800 ނުވަތަ 1000 އަކަށް އަހަރުވެފައިވާ ގަސްތަކެކެވެ.

ކުޕްރެސުސް ތޮރޮލޯސާ ނުވަތަ ސައިޕްރަސް ގަހަކީ ޗައިނާގައި އެންމެ މަތީ ދަރަޖައިގައި ހިމާޔަތް ކޮށްފައި ވާ ގަހެކެވެ. ދިރާސާ ޓީމުން ކުރިއަށް ގެންދިޔަ ހޯދުންތަކުން ދެއްކި ގޮތުގައި، އޭޝިއާގެ އެންމެ ދިގު ގަސް ފެނުނު ބޯމް ސަރަޙައްދުގެ 162 އަކަ ކިލޯމީޓަރެއްހާ ބިމުގައި، 500 އެއްހާ ސައިޕްރަސް ގަސް ހެދިފައި އެބަ ހުއްޓެވެ.

އިތުރަށް ކިޔާލަން

04 ޖުލައި 2017

ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

04 ޖުލައި 2017
ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު
29 ޖޫން 2017

ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

29 ޖޫން 2017
ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި
29 މެއި 2017

"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

29 މެއި 2017
"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"
26 މެއި 2017

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
17 މެއި 2017

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް
06 މެއި 2017

ސަތޭކަ އެޕިސޯޑަށް ވުރެ ދިގު ސީރީޒް ޕްރޮޑިއުސް ކުރަން ފޫހި: އެކްތާ

06 މެއި 2017
ސަތޭކަ އެޕިސޯޑަށް ވުރެ ދިގު ސީރީޒް ޕްރޮޑިއުސް ކުރަން ފޫހި: އެކްތާ
03 މެއި 2017

ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި

03 މެއި 2017
ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި
02 މެއި 2017

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ
07 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟

07 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު