Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނިޔާގެ ޝިކާރައަށްވެފައިވާ އަންހެނުންނަށް އެހީވުނ

އަނިޔާގެ ޝިކާރައަށްވެފައިވާ މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދެނީ

މި އެއްބަސްވުމުގެ މަގުސަދަކީ އަދުލު އިންސާފު ހޯދުމުގައި ހުރަސްތައް ހުރުމުން އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2023 | ބުދަ 07:18
އެއްބަސްވުމުގައި ސޮއިކުރި ހަފްލާގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރި ހަފްލާގެ ތެރެއިން

އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގެވެށި އަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ޙަޟާނަތުގެ މައްސަލަތަކާއި، މި ބާވަތުގެ އެހެނިހެން މައްސަލަތަކުގައި މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާ ގުޅޭގޮތުން ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ މިކަމަށް ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

އެސްއެމްއީ ހަބްގައި ބޭއްވި ބައްދަލުވުމެއްގައި ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޕާރޓްނަރ ޒުލޭޚާ އިބްރާހީމްއެވެ. ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުހައްމަދުއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ގެވެށިއަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ޙަޟާނަތުގެ މައްސަލަތަކާއި، މި ބާވަތުގެ އެހެނިހެން މައްސަލަތައް މުޖުތަމައުގައި އިތުރުވަމުންދާއިރު، މާލީ ތަނަސްކަން ނެތުމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމާއި އަދުލު އިންސާފު ހޯދުމުގައި ހުރަސްތައް ހުރުމުން އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން މި ބާވަތުގެ މައްސަލަތަކުގައި ތަހުގީގު އަދި ކޯޓު މަރުހަލާގައި ބޭނުންވާ ގާނޫނީ އެހީތެރިކަން އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު