Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނީލަން ފިހާރައިގައި ރޯވުން

"ލޯ ހުޅުވާލުމާއި އެކު، ފުރަތަމަ ވެސް ފެނުނު މަންޒަރަކީ އަނދަމުންދިޔަ ބިޔަ އަލިފާންގަނޑު"

އެމްއެންޑީއެފް އިން ބުނީ ނީލަން ފިހާރާގައި އަލިފާނުގެ ހާދިސާއެއް ހިނގީ ފަތިހު 5:43 އެހާއިރު ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2023 | ހޯމަ 14:09
ނީލަން ފިހާރައިގައި ހުންނަ އެކޮމޮޑޭޝަން ބްލޮކް ހުސްކުރުމުގައި އިސް ދައުރެއް އަދާކުރި ރާޖަން

ނީލަން ފިހާރައިގައި ހުންނަ އެކޮމޮޑޭޝަން ބްލޮކް ހުސްކުރުމުގައި އިސް ދައުރެއް އަދާކުރި ރާޖަން

މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ރޯވެ އަނދަމުން ދިޔަ މަންޒަރު ސިފަކޮށްދެމުން އެ މަންޒަރު ފެނުނު ބިދޭސީ އެއް ކަމަށްވާ ރާޖަން ކުމާރު ބުނީ ހޯމަ ދުވަހު، އޭނާ އަށް ހޭލެވުމާއި އެކު ކުޑަ ދޮރުން ބޭރަށް ބަލާލި ވަގުތު ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ. ފެނުނު ނުތަނަވަސް މަންޒަރާއި އެކު ނިދި މުޅިން ގެއްލުނުކަން އޭނާގެ ވާހަކައިން އެނގުނެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ރެއިންބޯ ކޮންސްޓްރަކްޝަންގެ އެކޮމޮޑޭޝަން ބްލޮކެއްގައި ދިރިއުޅެމުން ދިޔަ ބިދޭސީ އަކު އޭނާ އަށް ފެނުނު މަންޒަރުތައް ސިފަކޮށްދިނީ ބިރުވެރި މަންޒަރެއްގެ ގޮތުގައެވެ.

ބަލަބަލާ ހުއްޓާ ހާމަ އަށް ފެންނަން ހުރި އަލިފާންގަނޑު ފެތުރި، ކެކި އުތުރެމުން އައި މަންޒަރު ފެނުމާއި އެކު ދިމާވެގެން އުޅެނީ ކުޑަ ހާދިސާއެއް ނޫންކަން އޭނާ އަށް އިސާހިތަކު އެނގުނެވެ. ލިބުނު ހާސްކަން އިތުރުވީ މުޅި ތަނުގެ ވަށައިގެން ފަތުރާލާފައި އޮތް ކަޅު ދުމުގެ ނުސާފުކަމާއި އެކުގައެވެެ.

ކުމާރު ބުނި ގޮތުގައި ނިދިން ހޭލެވުމާއި އެކު އޭނާ ބެލީ އެ ބްލޮކްގައި ތިބި އެންމެންގެ ސަމާލުކަމަށް އަލިފާނުގެ ހާދިސާ ގެނެވޭތޯއެވެ. އެގޮތުން އެ ބްލޮކްގައި ދިރިއުޅެމުން ދިޔަ އެންމެންގެ ސަމާލު ކަމަށް އެ ހާދިސާ ގެނައީ "ފަޔަރ އެލާމް"ގެ އެހީގައެވެ. ފަޔަރ އެލާމް ޖެއްސުމަށް ފަހު އޭނާ ދިޔައީ އެ ބްލޮކްގައި ތިބި އެންމެންނަށް ގޮވާ، ތެދުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ވެފައި ހުރި ހާސްކަން ހަނދާން ނައްތާލީ އެކުގައި މަސައްކަތް ކުރާ އެކުވެރިންގެ ސަލާމަތާއި މެދު އެވަގުތު އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކާއި އެކުގައެވެ. އެ ވަގުތު އޭނާ ބެލީ ނިދާފައި ތިބި އެކުވެރިންނަށް އެހީތެރިވެވޭނެ ގޮތެއް ހޯދޭތޯއެވެ.

އެ ވަގުތު އޭނާ ދެއްކި އަވަސް ވިސްނުމާއި ކެރުން ވެގެންދިޔައީ، އޭނާ އާއި އެކު އެ ބްލޮކްގައި ދިރިއުޅެމުންދިޔަ އެންމެން ސަލާމަތުން އެ ތަނުން ނުކުތުމަށް ލިބުނު ފުރުސަތަކަށެވެ. ނިދާފައި ތިބި ގިނަ އަަދަދެއްގެ ބިދޭސީންގެ ނިދި މަހްރޫމްކޮށްލީ ފަޔަރ އެލާމްގެ ގަދަ އަޑުފައްގަނޑެވެ. އެއާއި އެކު ޖެހިގެން އައި 5 ވަރަކަށް މިނިޓަކީ އެ ބްލޮކްގައި ދިރިއުޅުނު 130 އެއްހާ މީހުން ހާސްކަމާއި ކަންބޮޑުވުމުގައި ހޭދަކުރި ވަގުތުތަކެކެވެ. އެ ވަގުތަކީ ފަތިސް ވަގުތަށް ވުމާއި އެކު ގިނަ މަސައްކަތްތެރިން ތިބީ އެވަގުތު ނިދާފައެވެ. އޭރު ގިނަ މީހުންނަށް ވެގެން އުޅޭ ގޮތް ސާފެއް ނުވެއެވެ. އެހެންނަމަވެސް ވެެގެން އުޅޭ ގޮތް ސާފުކޮށްދޭނެ ވަގުތެއް އޭރަކު ނެތެވެ.

އެ ބިދޭސީން ކިޔާދިން ގޮތުގައި ކޮންމެ މީހަކު ވެސް ކޮންމެހެން ބޭނުންވާ ޒަރޫރީ އެއްޗެހި އަތު ޖެހުނު މިންވަރަކުން ދަބަހަށް އަޅައިގެން އަވަހަށް ބެލީ އެ އެކޮމޮޑޭޝަން ބްލޮކް ހުސްކުރެވޭތޯއެވެ. އެންމެން ސަލާމަތުން ބޭރަށް ނުކުމެވުނު ނަމަވެސް ހާސްކަން ކުޑަވާ ގޮތެއް ނުވިއެވެ. އެ މަންޒަރު ދުށް އިތުރު ބިދޭސީ އަކު "ރާއްޖެ އެމްވީ" އަށް ކިޔާދިން ގޮތުގައި އަލިފާންފަނޑު ރޯވެ މައްޗަށް އަރަމުން ދިޔަ އިރު ބާރު އަޑުފައްގަނޑެއް އިވުނެވެ.

މިއީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ރެއިންބޯ ކޮންސްޓްރަކްޝަންގެ 133 ލޭބަރުންގެ ވާހަކައެވެ. "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި ބައެއް ބިދޭސީން ވަނީ އެ މީހުންނަށް އެހާ އަވަަހަށް އެކޮމޮޑޭޝަން ބްލޮކުން ނުކުމެވުނީ ރާޖަން ކުމާރުގެ ހިއްވަރުގެ ސަބަބުން ކަމަށް ބުނެފައެވެ. އެ މީހުން ވަނީ ރާޖަން ހުރިހާ އެންމެންނަށް ގޮވާ، މީހުން ހޭލައްވަން އުޅުނު ގޮތް ސިފަކޮށްދީފައެވެ.

ރެއިންބޯގެ ލޭބަރުން އެ ކުންފުނީގެ އެހެން އެކޮމޮޑޭޝަން ބްލޮކްތަކަށް ބަދަލުކޮށްފައިވާކަމަށް އެ ކުންފުންޏާއި ހަވާލާދީ އެންޑީއެމްއޭ އިން ބުނެއެވެ. އަދި ކުންފުނީގެ ފަރާތުން ވަނީ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފް އިން ބުނީ ނީލަން ފިހާރާގައި އަލިފާނުގެ ހާދިސާއެއް ހިނގީ ފަތިހު 5:43 އެހާއިރު ކަމަށެވެ. މީގެ އިތުރުން ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ 08:30 އެހާއިރުކަމަސް ބުނެފައި ވެއެވެ. މި ހާދިސާގައި ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާއިރު އެ ތަނަކީ 160 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅުނު ތަނެކެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

މިފަދަ ނުރައްކާތެރި ޙާދިސާ އެއް ހިނގައި ދިޔަ އިރު އަނެއްކާވެސް ދައްކަން އޮތީ އެއް ވާހަކައެކެވެ، ހާދިސާ ހިނގި ނީލަން ފިހާރަ ހުރީ މިފަދަ ހާދިސާ އެއް ހިނގައިފި ހާލަތެއްގައި ނުރައްކާ ބޮޑުވާ ގޮތަށް ކަމެވެ. މިފަދަ ކަންކަން އެހާ ސީރިއަސްކޮން ނުނަގާ، އާއްމު ދިރިއުޅުމުގައި އުޅެނިކޮށް ކޮންމެ ފަހަރަކު ދިވެހިން ނިދިން ހޭލައްވާލަނީ މިފަދަ ނުރައްކާތެރި ހާދިސާތަކެވެ. އެހެންނަމަވެސް ހިތާމައަކީ ސަލާމަތާއި ރައްކާތެރިކަމަށް ދުރާލާ ފިޔަވަޅު އަޅާ، މިފަދަ ހާދިސާތަކުން ފިލާވަޅު ލިބިގަންނަ މަންޒަރު ނުފެންނަކަމެވެ. ދެރަކަމަކީ ދެ ތިން ދުވަހަކު މިވާހަކަ މީސްމީޑިއާގައި ކުރާ ސައްލާ އަކަށް ފަހު އެ ވާހަކަ އޮބިގެންދާ ކަމެވެ.

ނީލަން ފިހާރާގައި ރޯވުންއެމްއެންޑީއެފްއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު