Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހަނޑުލުގެ އަގު އުފުލުން

އިންޑިއާ ސަރުކާރުން ހަނޑޫ އެކްސްޕޯޓް މަޑުޖައްސާލުމާއެކު، 12 އަހަރު ތެރޭ ނުވާ މިންވަރަށް އަގުތައް އުފުލިއްޖެ

14 އޯގަސްޓު 2023 | ހޯމަ 11:29

މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް، ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގުތައް ވަނީ އުފުލިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 އޯގަސްޓު 2023 | ހޯމަ 11:29
12 އަހަރު ތެރޭ ނުވާ މިންވަރަށް ހަނޑުލުގެ އަގު އުފުލުން

12 އަހަރު ތެރޭ ނުވާ މިންވަރަށް ހަނޑުލުގެ އަގު އުފުލުން

ދުނިޔޭގެ އިރުން ހުޅަނގަށް އަދި އުތުރުން ދެކުނަށް ބަލާއިރުއިރުވެސް ހަނޑުލަކީ 3.5 ބިލިއަން މީހުންގެ މައިގަނޑު ކޭމުގެ އެންމެ މުހިންމު ހިއްސާއެވެ. އެއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ހާ މީހުންނެވެ. އޭޝިއާއާއި ލެޓިން އެމެރިކާ އަދި އެފްރިކާގެ ބައެއް ހިސާބުތަކުގެ މީހުންނަށް ހަނޑުލަކީ ވަކިން ޚާއްޞަ އެއްޗެކެވެ.

ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓް ކުރާ ހަނޑުލަށް ބަލާއިރު އެއް ޤައުމެއްގެ އަތުގައި އެންމެ ބޮޑު ކޮންޓްރޯލެއް އޮންނަނީ އަވަށްޓެރި އިންޑިއާގެ އަތުގައެވެ. ބައިނަލްއަޤުވާމީ ބާޒާރަށް އެކްސްޕޯޓް ކުރާ ހަނޑޫ ޝިޕްމަންޓްތަކުގެ 40 ޕަސެންޓަށް ވުރެ ބޮޑުބައެއް ހިއްސާ ކުރަނީ އިންޑިއާ އެވެ. ނަމަވެސް މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ގަދަ އޮއެވަރުން އިންޑިއާއަށްވެސް ސަލާމަތް ނުވެވި، ހަނޑަލުގެ އުފެއްދުންތެރިކަން ހީނަރުވެ، އެ ޤައުމުން ހަނޑު އެކްސްޕޯޓް ކުރުން ވަނީ މަޑުޖައްސާލާފައެވެ.

އިންޑިއާގެ ބާޒާރުތަކުގައި ހަނޑުލުގެ ސަޕްލައި ތިޔާގިކޮށް އަގުތައް ކޮންޓްރޯލް ކުރުމަށް އެޅި މި ފިޔަވަޅުގެ ނޭދެވޭ އަސަރު، ބައިނަލްއަޤުވާމީ ބާޒާރުތަކުން މިހާރު ވަނީ ފެންނަން ފަށާފައެވެ. ވަކި ފެންވަރެއް ގެ ހަނޑޫ އެކްސްޕޯޓް ކުރުން މަނާ ކުރުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމާއެކު، މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް، ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގުތައް ވަނީ އުފުލިފައެވެ. ބާސްމަތީ ނޫން ދެން ހުރި ހުރިހާ ބާވަތެއްގެ ހުދު ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށް، އިންޑިއާ ސަރުކާރުން ޖުލައި 20 ވަނަ ދުވަހު ނެރުނު އަމުރާއެކު، ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އިދާރާ (އެފްއޭއޯ)ގެ އޯލް ރައިސް ޕްރައިޒް އިންޑެކްސް ވަނީ 2.8 ޕަސެންޓަށް އުފުލިފައެވެ. މިއީ މިދިޔަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރެކޯޑް ކުރެވިފައި ނުވާހާ މަތީ މިންވަރެކެވެ.

އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީގައި ހަނޑުލުގެ ވިޔަފާރި ކުރާ މީހުންގެ ވާހަކަތައް ހުރި ގޮތަށް ބަލާއިރު، އާންމު ގޮތެއްގައި ޖޫންއިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާ ވިއްސާރަ މޫސުމުގެ ކުރިން، އިންޑިއާގެ ބާޒާރުތަކުގައި ބާސްމަތީ ނޫން ހުދު ހަނޑުލުގެ ރީޓެއިލް އަގު އުޅުނީ ކިލޯއެއް 15 ރުޕީޒްއާއި 65 ރުޕީޒްއާ ދެމެދުގައެވެ. މޫސުމީ ވިއްސާރައިގެ ދުވަސްވަރަށް، ކޮންމެ ކިލޯއަކުން އެވަރޭޖުކޮށް 4 ރުޕީޒްއާއި 5 ރުޕީޒްއާ ދެމެދުގެ މިންވަރެއް ވަނީ ބޮޑުވެފައެވެ.

ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށް، ގުދަނުގައި ހުރި ބައެއް ޝިޕްމަންޓަށް ބާޒާރަށް ނެރުމާއެކު، އިންޑިއާގެ ބާޒާރުތަކުގައި ހަނޑުލުގެ އަގުތައް މިހާރު ވަނީ ކޮންޓްރޯލް ވާން ފަށާފައެވެ.

2007 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދުވެސް އިންޑިއާއިން ވަނީ ހަނޑޫ އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައެވެ. އެފަހަރު ދުނިޔޭގެ ބާޒާރުތަކުގެ އަގުތަކަށް އައި ބަދަލަށް ބަލާއިރު، 6 މަހެއްހާ ދުވަހުގެ ތެރޭގައި، ހަނޑުލުގެ އަގު 2 ގުނަ މައްޗަށް އަރައިގެންދިޔައެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާ (އައިއެމްއެފް)އިން ދަނީ ހަނޑޫ އެކްސްޕޯޓް ކުރުމާ ދެކޮޅަށް އިންޑިއާގެ ސަރުކާރުން އަޅަމުން ދާ ފިޔަވަޅުތައް އުވާލުމަށް ހިތްވަރު ދެމުންނެވެ. ހަނޑޫ އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ހުރަސް އަޅަމުން ދާނަމަ، ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ހަނޑުލުގެ އަގަށް ނޭދެވޭ އަސަރުތައް ފޯރާ، ރައްދުގައި ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާ ކަމުގެ އިންޒާރުވެސް އައިއެމްއެފްއިން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!
09 ނޮވެމްބަރު 2017

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި
23 އޮކްޓޯބަރު 2017

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!
14 އޮކްޓޯބަރު 2017

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން
15 އޯގަސްޓު 2017

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟
21 ޖުލައި 2017

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ
14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް