Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ

އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާއަށް ބިދޭސީ އިތުރު ކުޅުންތެރިއެއް

14 އޯގަސްޓު 2023 | ހޯމަ 10:50

މާޒިޔާއަށް ސޮއިކޮށްފައިވަނީ ސާބިއާގެ މިޑްފީލްޑަރެއް ކަމަށްވާ ޖޯސިކް ބްރެނިމިރް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 14 އޯގަސްޓު 2023 | ހޯމަ 10:50
މާޒިޔާއަށް ސޮއިކުރި ސާބިއާގެ ކުޅުންތެރިޔާ

މާޒިޔާއަށް ސޮއިކުރި ސާބިއާގެ ކުޅުންތެރިޔާ

އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބިދޭސީ އިތުރު ކުޅުންތެރިއެއްގެ ސޮއިހޯދައިފިއެވެ.

އާދިއްތަ ދުވަހު މާޒިޔާއަށް ސޮއިކޮށްފައިވަނީ ސާބިއާގެ މިޑްފީލްޑަރެއް ކަމަށްވާ ޖޯސިކް ބްރެނިމިރް އެވެ. އުމުރުން 29 އަހަރުގެ މި ކުޅުންތެރިޔާއަކީ ސާބިއާގެ ފުރަތަމަ ޑިވިޝަނާއި މޮންޓެނެގްރޯގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. މާޒިޔާއަށް އޭނާ ސޮއިކުރީ މި ސީޒަނުގެ ނިޔަލަށެވެ. ޑިފެންސިވް މިޑްފިލްޑަށް ކުޅޭ މި ކުޅުންތެރިޔާއަކީ ސެންޓަރ ބެކަށްވެސް ކުޅެވޭ ކުޅުންތެރިއެކެވެ.

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ކުޅެމުން އައި ގޯލް ކީޕަރު އަލީ ނާޖިހުވެސް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މާޒިޔާ އާ ގުޅިފައެވެ. ޖޯސިކް ގެނައުމާއެކު، މާޒިޔާ ވަނީ ޓީމުގައި ބިދޭސީ ހަ ކުޅުންތެރިން ހަމަކޮށްފައެވެ. އެއީ މީގެކުރިންވެސް މާޒިޔާއަށް ކުޅެމުން އައި މިސްރުގެ މިޑްފީލްޑަރު ޚަލީލް ޖަމާލާއި ލިތުއޭނިއާގެ ޑިފެންޑަރު އެޑްގަރަސް ޒާސްކިސްގެ އިތުރުން، ދާދި ފަހުން ގެނައި ސާބިއާގެ ފޯވާޑް ވޮޖްސްލޭވް ބަލަބަނޮވިޗް އާއި ގާނާގެ މިޑްފީލްޑަރު ރެގަން އޮބެންގްގެ އިތުރުން ކްރޮއޭޝިއާގެ ޑިފެންޑަރު ސެބެސްޓިއަން އަންޓިޗް އެވެ. އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ސެބެސްޓިއަން އާއި ބަލަބަނޮވިޗް ހިމަނަފައިވެއެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރެގަންއަށް ވަނީ ފުރުސަތު ދީފައެވެ.

އޭއެފްސީ ކަޕުގައި މާޒިޔާގެ އިތުރުން ރާއްޖެއިން ވާދަކުރަނީ ކްލަބް އީގަލްސްއެވެ. ޕްރިލިމިނަރީ ބުރުގައި ބުދަ ދުވަހު އީގަލްސް ނިކުންނާނީ ބަންގަލްދޭޝްގެ އަބަހާނީ ލިމިޓެޑާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް