Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަރަބް ކުލަބު ޗެމްޕިއަންސް ކަޕް

ރޮނާލްޑޯގެ ދެ ލަނޑާއެކު އަލް ނަސްރުން އަރަބް ކުލަބް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފި

ފަހަތުން އަރައި އަލް ނަސްރުން މެޗު ކާމިޔާބު ކުރީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2023 | އާދީއްތަ 02:45
މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

ވާދަވެރި އަލް ހިލާލް ބަލިކޮށް، އަލް ނަސްރުން ޢަރަބް ކުލަބު ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ކެޕްޓަން ރޮނާލްޑޯ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ހިލާލުންނެވެ. އޭގެ ކުރިން ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އަލް ހިލާލުން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މިކޭލް އެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި އަލް ނަސްރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮނާލްޑޯ އެވެ. މެޗުން އަލް ނަސްރު މޮޅުކޮށްދިން ލަނޑު ރޮނާލްޑޯ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ކުޅުނު ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގަ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ރޮނާލްޑޯ ހޮވުނުއިރު، އެންމެ މޮޅު ގޯލް ކީޕަރަކީ އެ ޓީމުގެ ނަވާފް އަލަޤިދީ އެވެ. މިއީ ޕޯޗުގަލްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ރޮނާާލްޑޯ އަލް ނަސްރަށް ބަދަލުވެ، އެ ކުލަބާއެކު ހޯދި ފުރަތަމަ ތައްޓެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ޖުމުލަ އަލް ނަސްރަށް ކުޅެދިން 25 މެޗުގައި 20 ލަނޑު ޖަހައިފަ އެވެ.

އަލް ނަސްރުން ރޮނާލްޑޯގެ ސޮއި ހޯދުމާއެކު، ސައުދީގެ ކުލަބުތަކުން އަންނަނީ ޔޫރަޕުގެ ގިނަ ކުޅުންތެރިން ހޯދަމުންނެވެ. ރޮނާލްޑޯ އަށް ފަހު، ކުރިއަށް އޮތް ސީޒަނަށް އަލް ނަސްރުން ވެސް ވަނީ ވަރުގަދަ ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކަށް ކުޅެމުން އައި ސެނެގާލްގެ ސަޑިއޯ މާނޭގެ އިތުރުން ސެކޯ ފޮފާނާ، މާސެލޯ ބްރޮޒޮވިޗް އަދި އެލެކްސް ޓެލާސް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ޢަރަބް ކުލަބް ޗެމްޕިއަންސް ކަޕްއައްނަސްރުއަލް ހިލާލްކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު