Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޯތި ދޫކުރުން

އޯގަސްޓު މަަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ޙަވާލު ކުރަން ފަށާނެ: ރައީސް

ގޯއްޗާއި ފްލެޓު އަޅަމުންދަނީ އެކަމަށް އެކަށީގެންވާ ދިރާސާތައް ހެދުމަށްފަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޯގަސްޓު 2023 | ހޮނިހިރު 08:08
ރައީސް ނޫނު އަތޮޅަށް ކުރަައްވާ ދަތުރުފުޅުގެ ތެރެއިން

ރައީސް ނޫނު އަތޮޅަށް ކުރަައްވާ ދަތުރުފުޅުގެ ތެރެއިން

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންނަށް އޯގަސްޓު މަަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ޙަވާލު ކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ކުޑަފަރީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުން ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން ގޯއްޗާއި ފްލެޓު އަޅަމުންދަނީ އެކަމަށް އެކަށީގެންވާ ދިރާސާތައް ހެދުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލެއިން ދޫކުރަން ނިންމި ގޯތި ދިނުމުގެ މަސައްކަތް އޮތީ އެންމެ ފަހުގެ މަރުޙަލާގައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މިހިނގާ އޯގަސްޓު މަަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ޙަވާލު ކުރަން ފެށުން ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން މިހާރު ގެންދަނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބިންތަކުގެ މިން ކަނޑައެޅުމާއި، ބިން ދޭނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތްކަމަށާއި، ލިސްޓު ނެރުމަށްފަހު އެމީހަކަށް ގޯތި ލިބޭނީ ކޮން ތާކުންތޯ ކަނޑައަޅަންގުރުއަތުނެގުން އޮންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

"ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 800 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

22 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު
22 ޑިސެމްބަރު 2025

ހިރިލަންދޫ އިން ރައީސް ސޯލިހް އަށް ވަރަށް ފުރިހަމަ މަރުހަބާ އެއް ދަންނަވައިފި

22 ޑިސެމްބަރު 2025
ހިރިލަންދޫ އިން ރައީސް ސޯލިހް އަށް ވަރަށް ފުރިހަމަ މަރުހަބާ އެއް ދަންނަވައިފި
22 ޑިސެމްބަރު 2025

ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

22 ޑިސެމްބަރު 2025
ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު