Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިނގިލީގެ ތަރައްގީ

ބިން ހިއްކުމާއި، ހައުސިންގ ޔުނިޓްތަކާއި ފިކްނިކް އައިލެންޑެއްގެ ވައުދު ވިލިނގިއްޔަށް

"ދޮރަގައްލާ" ފަރު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރައްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޯގަސްޓު 2023 | ހުކުރު 14:04
އުފާވެރި އަމާން ރާއްޖޭގެ ކެމްޕޭނަށް ރައީސް ވިލިނގިއްޔަށް ވަޑައިގަތުން

އުފާވެރި އަމާން ރާއްޖޭގެ ކެމްޕޭނަށް ރައީސް ވިލިނގިއްޔަށް ވަޑައިގަތުން

ބިން ހިއްކުމާއި، ހައުސިންގ ޔުނިޓްތަކާއި ފިކްނިކް އައިލެންޑެއްގެ ވައުދުފުޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިލިނގިއްޔަށް ވެވަޑައިގެންފިއެވެ.

"އުފާވެރި އާމާންރާއްޖެ" ކެމްޕޭނަށް ވިލިނގިއްޔަށް ވަޑައިގެން ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ތެރޭގައި ކުރަން ނިންމާފައިވާ ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އެދުމުގެ މަތިން، މިހާރު އިމާރާތްކުރަމުންދާ 50 ހައުސިންގ ޔުނިޓް 100 ހައުސިންގ ޔުނިޓަށް ބަދަލުކޮށްފައިވާއިރު، އަންނަ ދައުރުގައި އިތުރު 100 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ވިލިނގިލީ ބިން ހިއްކާ، އެ ހިއްކާ ބިމުގައި އިތުރު މަޝްރޫއުތައް ހިނގާގޮތަށް ކަންކަން ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ވިލިނގިލި ކައިރީގައި އޮތް "ދޮރަގައްލާ" ފަރު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ވި ވައުދެއް އަދި ނުފުއްދި އެބައޮތް ކަމަށާއި، އެއީ ވިލިނގިލި ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއް ކަމަށެވެ. އެއީ ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅުވާލުން ކަމަށާއި، އެކަމަށް އަމަލީ ސިފައެއް އަދި ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެއަށްވުރެ ރަނގަޅަށް މުޅި ވިލިނގިލި ތަރައްގީ ގެނެވޭނެ ޕްރޮޕޯސަލްތަކެއް އެބަހުރި ކަމަށް ވިދާޅުވެ އެކަމާއި ރައްޔިތުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ ވިލިނގިލީގެ ތަރައްގީއަށް މިދިޔަ 5 އަހަރު ތެރޭގައި ބަޖެޓުން 202 މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެ ކަމަށެވެ. އަދިވެސް ކުރަން ހުރި މަސައްކަތްތައް ބައިވަރު އެބަހުރި ކަމަށާއި، އެ މަސައްކަތްތަކާ އެކު ކުރިއަށްވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިލިނގިލި ރައްޔިތުންގެ ކިބައިން އަނެއްކާވެސް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފުންކޮށް ވިސްނުމަށްފަހުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ކޯލިޝަނާ އެކީގައި ކެންޑިޑޭޓް ނަންބަރު 3ށް ވޯޓު ދެއްވުމަށެވެ. އެއިރުން ވިލިނގިލި ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހިގެންދާތަން ފެންނާނެ ކަމަށެވެ.

ގއ. ވިލިނގިލިރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
05 ޑިސެމްބަރު 2025

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 ނޮވެމްބަރު 2025

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު