Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

އީގަލްސްއާ ދެކޮޅަށް އަބަހާނީ ވަރުގަދަކުރަން ބިދޭސީ ފަސް ކުޅުންތެރިން ހޯދައިފި

މާޒިޔާގެ ކުރީގެ ފޯވަޑް ސްޓެވާޓް ވެސް އީގަލްސްއާ ދެކޮޅަށް ކުޅޭނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 10 އޯގަސްޓު 2023 | ބުރާސްފަތި 08:12
އޭއެފްސީ ކަޕްގައި އަބަހާނީ ލިމިޓެޑާ ދެކޮޅަށް ސެޓެވާޓް (39) މާޒިޔާ އަށް ކުޅެނީ: އީގަލްސް އާ ދެކޮޅަށް ކުޅޭނެ --- ފައިލް ފޮޓޯ

އޭއެފްސީ ކަޕްގައި އަބަހާނީ ލިމިޓެޑާ ދެކޮޅަށް ސެޓެވާޓް (39) މާޒިޔާ އަށް ކުޅެނީ: އީގަލްސް އާ ދެކޮޅަށް ކުޅޭނެ --- ފައިލް ފޮޓޯ

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްރިލިމިނަރީގައި ރާއްޖޭގެ ކްލަބް އީގަލްސްއާ ވާދަކުރަން ބަނގްލަދޭޝްގެ ޑާކާ އަބަހާނީ ޓީމު ވަރުގަދަކޮށްފި އެވެ.

އަންނަ ބުދަ ދުވަހު ބަނގްލަދޭޝްގައި ކުޅޭ މެޗަށް އަބަހާނީން ވަނީ ލޯނު އުސޫލުން ބިދޭސީ ފަސް ކުޅުންތެރިން ހޯދައިފަ އެވެ. މިއާއެކު އެ ޓީމުގައި ޖުމަލަ ހަތް ބިދޭސީ ކުޅުންތެރިން އެބަތިއްބެވެ.

އަލަށް ގެނެސްފައިވަނީ ޗިޓަގޮން އަބަނާނީ އަށް ކުޅުނު މިސުރުގެ މިޑްފީލްޑަރަކާއި ނައިޖީރިއާގެ ފޯވަޑަކާއި މުހައްމަދަން ސްޕޯޓިން އަށް ކުޅުނު އުޒުބަކިސްތާނުގެ މިޑްފީލްޑަރަކާއި ފޯޓިސް އެފްސީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރަކާއި ޝައިހް ޖަމާލް ދަންމޮންޑީއަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވަޑް ކޯނެލިއަސް ސްޓެވާޓެވެ. މީގެ ތެރެއިން ސްޓެވާޓަކީ ރާއްޖޭގެ މާޒިޔާ އާއި ޓީސީ އަށް ކުރިން ކުޅެ ގިނަ ގޯލުތަކެއް ޖަހާފައިވާ ކުޅުންތެރިއެކެވެ.

އަބަހާނީއަށް މި ކުޅުންތެރިން ގެނައީ އެ ޓީމުގައި ނައިޖީރިއާގެ ފޯވަޑަކާއި ސީރިއާގެ ޑިފެންޑަރަކު ވެސް ތިއްބަ އެވެ. ނަމަވެސް އީގަލްސްއާ ދެކޮޅަށް ކުޅެން ބިދޭސީ ކުޅުންތެރިން ހޯދި ނަމަވެސް ބަނގްލަދޭޝްގެ އެއްވެސް ކުޅުންތެރިއަކު އަލަށް އަބަހާނީ އަށް ގެނެސްފައިނުވެ އެވެ.

އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރީ އޭނާގެ ޓީމާއި އީގަލްސް އަކީ ވެސް މާބޮޑު ތަފާތެއްވެސް ހަމަހަމަ ދެ ޓީމަށްވުމުން ކަމަށެވެ.

މިދިޔަ އަހަރުގެ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން އޭއެފްސީކަޕުގައި ކުޅޭ އީގަލްސް ޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. ބަނގްލަދޭޝް އަށް ދިއުމަށް އީގަލްސް މިއަދު ފުރާނެ އެވެ.

އޭއެފްސީ ކަޕް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް
25 އޮކްޓޯބަރު 2023

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން
24 އޮކްޓޯބަރު 2023

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ
24 އޮކްޓޯބަރު 2023

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު