Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު ޒަރީރަށް ޙަމަލާދިނުން

ގައްބަރޭއާ ދެކޮޅަށް މެމްބަރު ޒަރީރު ދެއްވި ބަޔާން ބަދަލުކުރައްވައިފި

ފަހުން އެކަން ކަށަވަރު ނުވާކަމަށް ވިދާޅުވެ ބަޔާން ބަދަލުކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 އޯގަސްޓު 2023 | ބުދަ 08:33
އިބްރާހީމް ޢަބްދުﷲ އާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތައް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުން

އިބްރާހީމް ޢަބްދުﷲ އާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތައް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުން

މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި ކ.މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ އާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތައް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ސުވާލުގެ ޖަވާބުގައި ފުލުހުންގެ ފަރާތުން ބުނެފައިވަނީ، މެމްބަރު ޒަރީރާ ފުރަތަމަ ފަހަރު ސުވާލު ކުރިއިރު، ޙަމަލާދިނީ ގައްބަރޭކަން އޭނާ އައިޑެންޓިފައި ކޮށްދީފައިވާ ކަމަށެވެ.

އެހެންނަމަވެސް، ފަހުން އެކަން ކަށަވަރު ނުވާކަމަށް ވިދާޅުވެ ބަޔާން ބަދަލުކުރެއްވި ކަމަށް ފުލުހުން ބުނެއެވެ.

އެގޮތަށް ބަޔާން ބަދަލު ކުރެއްވީ ބިރުވެރިކަމެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާތީކަމަށް މެމްބަރު ޒަރީރު ވަނީ ފުލުހުން ގާތުގައި ވިދާޅުވެފައެވެ.

މެންބަރު ޒަރީރަށް ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލާފައިވަނީ 6 ޖުލައި 2023 ގައެވެ. އޭނާއަކީ ނުރައްކާތެރި މާރާމާރީ ހިންގުމުގެ ރެކޯޑު އޮންނަ މީހެކެވެ.

މި މައްސަލާގައި ގައްބަރޭ ނުފެނިގެން ހޯދަމުން ދަނިކޮށް އޭނާ ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

އޭނާ ހޯދަމުން އައީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ޓަކައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އިތުރު ބަޔަކުވެސް ހައްޔަރުކުރިއެވެ. ނަމަވެސް އޭރު ހައްޔަރުކުރި މީހުންވެސް ފަހުން ދޫކޮށްލީއެވެ. މި އިސްތިއުނާފުގައި އެބައިވެސް ކުރިއަށްދެއެވެ.

ކްރިމިނަލް ކޯޓްހައި ކޯޓު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު