Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަރެސްމާތޮޑާގެ ތަރައްގީ

ފަރެސްމާތޮޑާ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

9 އޯގަސްޓު 2023 | ބުދަ 08:07

ޔޫތް ސެންޓަރެއް ތަރައްގީ ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޯގަސްޓު 2023 | ބުދަ 08:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ގދ. ފަރެސްމާތޮޑާ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ފަރެސްމާތޮޑާ "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން އެނގިވަޑައިގަންނަވާ ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަމުގެ ލިސްޓު އެބައޮތް ކަމަށެވެ. އަދި ރައްޔިތުން އެ ބޭނުންވާ ބަދަލު ކޮންމެ ރަށަކަށް ވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ފަރެސްމާތޮޑާއަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެގޮތުން ވަސީލަތްތަކާއެކު ޔޫތް ސެންޓަރެއް ތަރައްގީ ކުރުމާއި، ބަނދަރުބޮޑުކޮށް ނެރުފުންކޮށް ރައްޔިތުން މޫދަށް އެރޭނެ ރަނގަޅު ފެންވަރުގެ ތަނެއް ބީޗެއް ހެދުމާއި، ހެލްތް ސެންޓަރަށް ބޭނުންވެފައިވާ އައު އިމާރާތް އެޅުމާއި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ ގޮތަށް އައިސް ޕްލާންޓެއް ބަހައްޓައިދެއްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދިބޮޑު ހުކުރު މިސްކިތެއް ގާއިމްކޮށްދިނުމާއި، އެއާޕޯޓު ސަރަހައްދުގައި ސިޓީ ހޮޓެލްއެއް ތަރައްގީ ކުރުމާއި، ކަޅައިދޫ އަދި ފަރެސްމާތޮޑާ އެއްކޮށް ހިއްކާ އެރަށުގައި ފްލެޓް ނުވަތަ ރޯ ހައުސް އަޅައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވައި ރައީސް ސާލިހު ވިދާޅުވީ މަހުގެ އަގު މިއަދުވެސް ބޮޑުކުރެވިދާނެ ކަމަށާއި، ނަމަވެސް ބޭރަށް ވިއްކަން ޖެހެނީ އެއަށްވުރެ މާ ކުޑަ އަގެއްގައި ކަމަށެވެ. މިސިނާއަތް ކުރިއެރުވުމަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ ފުރަތަމަ ކަމަކަށް މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ގަނެވޭނެ ގޮތަށް އެ އިންތިޒާމްތައް ހަމަޖައްސަންޖެހޭ ކަމަށާއި، މަސްފަސޭހައިން ގަނެވޭނެ ކަލެކްޓަރ ވެސަލްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަންޖެހޭ ކަމަށެވެ. އަދި ކަޅުބިލަމަހުގެ މަސްވެރިކަން އެއްކޮށް ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ވަރަށް ބޮޑު ސިނާއަތެއް ކަމަށާއި، މުޅި ރާއްޖޭގައި 17000ށް ވުރެ ގިނަ މަސްވެރިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ ހުރިހާ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަރެސްމާތޮޑާރައީސް ސާލިހު އުފާވެރި އަމާން ރާއްޖެ

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
05 އޮކްޓޯބަރު 2023

ފަރެސްމާތޮޑާ ދާއިރާގެ ބައި–އިލެކްޝަން މިއަހަރު ނުބާއްވާނެ

05 އޮކްޓޯބަރު 2023
ފަރެސްމާތޮޑާ ދާއިރާގެ ބައި–އިލެކްޝަން މިއަހަރު ނުބާއްވާނެ
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
20 ސެޕްޓެމްބަރު 2023

ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް

20 ސެޕްޓެމްބަރު 2023
ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް
19 ސެޕްޓެމްބަރު 2023

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް

19 ސެޕްޓެމްބަރު 2023
މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
19 ސެޕްޓެމްބަރު 2023

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު
16 ސެޕްޓެމްބަރު 2023

ހާފް ޓައިމުގައި ރަނގަޅަށް ރާވާލައިފިން، ބަދަލުތަކެއް ގެނެސް ބުންވަރު ހުރި މީހުން ނެރެ މެޗް ކާމިޔާބުކުރާނަން: ރައީސް

16 ސެޕްޓެމްބަރު 2023
ހާފް ޓައިމުގައި ރަނގަޅަށް ރާވާލައިފިން، ބަދަލުތަކެއް ގެނެސް ބުންވަރު ހުރި މީހުން ނެރެ މެޗް ކާމިޔާބުކުރާނަން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް