Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލަށް ރަޔާ ދޫކޮށްލުމަށް ބްރެންޓްފޯޑުން އެއްވަސްވެއްޖެ

އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، ދާއިމީ އެއްބަސްވުމެއްގެ ދަށުން ރަޔާ އާސެނަލަށް ދޫކޮށްލުމަށް މިހާރު ވަނީ އެއްބަސްވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޯގަސްޓު 2023 | ބުދަ 04:45
ބްރެންޓްފޯޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލް ކީޕަރު ޑޭވިޑް ރަޔާ

ބްރެންޓްފޯޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލް ކީޕަރު ޑޭވިޑް ރަޔާ

ބްރެންޓްފޯޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ރަޔާ އާސެނަލަށް ދޫކޮށްލުމަށް އެ ކުލަބުން އެއްބަސްވެއްޖެ އެވެ.

ރަޔާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް އެންމެ ފުރަތަަމަ އާސެނަލުން މަޝްވަރާ ކުރީ ސީދާ ކުޅުންތެރިޔާ އަށެވެ. އާސެނަލަށް ބަދަލުވާން ރަޔާ އަނގަބަހުން އެއްބަސްވުމުން، ދެން އާސެނަލުން ވަނީ ބްރެންޓްފޯޑާއެކު މަޝްވަރާތައް ފަށައިފަ އެވެ. އެ މަޝްވަރާތަކުގައި މިހާރު ދެ ކުލަބަށް ވެސް ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. ބްރެންޓްފޯޑާއެކު ރަޔާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، ދާއިމީ އެއްބަސްވުމެއްގެ ދަށުން ރަޔާ އާސެނަލަށް ދޫކޮށްލުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ.

ރަޔާ ހޯދުމަށް އާސެނަލުން މިހާރު ވަނީ އެންމެހައި ލިޔެކިޔުންތަކެއް ފުރިހަމަ ކޮށްފައި ކަމަށާއި، އޭނާ ހޯދާނެެ އަގެއް ވެސް ފައިނަލްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން އޭނާގެ މެޑިކަލްގެ ކަންކަން މި ހަފްތާގެ ތެރޭގައި ފުރިހަމަ ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އާސެނަލްގެ ކުރިން އެންމެ ފުރަތަމަ ރަޔާ ހޯދުމަށް މަސައްކަތްކޮށްފައި ވަނީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. އެކުލަބުން ވަނީ ބްރެންޓްފޯޑުގެ އިތުރުން ރަޔާ އާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ބަޔާނުން ބޭނުންވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށް ކަމަށްވާތީ، ކުލަބުން ވެސް އަދި ކުޅުންތެރިޔާ ވެސް ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އާސެނަލް އިން ފެށީ އޭގެ ފަހުންނެވެ.

ރަޔާ ބްރެންޓްފޯޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ 161 މެޗުގައި އެ ކުލަބުގެ ގޯލު ބަލަހައްޓައިފަ އެވެ. ސްޕެއިންގެ ޤައުމީ ޓީމުން އޭނާ އަށް ޖަގާ ލިބުނީ 2022 ވަނަ އަހަރު އެވެ. ސްޕެއިނުން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް އެކުލަވާލި ސްކޮޑުން އޭނާ އަށް ވަނީ ފުރުސަތު ދީފަ އެވެ.

އާސެނަލްޑޭވިޑް ރަޔާބްރެންޓްފޯޑު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު