Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ މަސްރަހު

"ބަލަން ނުތިބޭނެ" ކަމަށް ބުނެ ދޭ ހިތްވަރުން، ބޭނުންވަނީ ލޭކައްކުވާލައި ގައުމު ހަމަނުޖެހުމަކަށް ދާން ބާ؟

އަނިޔާވެރިކަމަށް ބާރު ލިބޭގޮތަށް ދައްކާ ވާހަކަތަކާމެދު ވިސްނައިލުން މުހިންމު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2023 | އަންގާރަ 13:16
އެމްޑީޕީގެ ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި އޮތް މާލަމެއްގައި ރޯކޮށްލުން

އެމްޑީޕީގެ ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި އޮތް މާލަމެއްގައި ރޯކޮށްލުން

ދާދި އިހަކަށް ދުވަހެވެ. ކޯޓުތަކުގައި ހިނގާ ކަންކަމާމެދު ނޫސްވެރިންގެ ބައްދަލުވުން ބާއްވާތީ އެކަމަށް ހަޖޫޖެއްސެވި ބޭފުޅުން، މިފަދަ މައްސަލައެއްގައި ނިކަން ކޯފާ އިސްކުރައްވައި ނޫސްވެރިންނާއި ވާހަކަދައްކަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާއިން ފެނުމުން އަޅުގަނޑުވެސް އެ ވީޑިއޯ ބަލާލައިފީމެވެ. ވެގެން މިއުޅޭ ގޮތަކީ އެބޭފުޅުންގެ ވެރިކަމުގެ އާރާއި ބާރުގައި ޖެއްސެވި ދަންތުރާގައި އަމިއްލަ މޭސްތިރިޔާ ޖެހިވަޑައިގަތީއެވެ. ހުކުމެއް ކޮށްފައިވާ މީހަކަށް ވެރިކަމުގައި ނުހުރުވެނޭކަމަށް ބުނެ، އިހު ސަރުކާރުގައި، ވަކި މީހަކަށް ފްރޭމްކޮށް ފައްތައިގެން ހެދި އުސޫލުތަކުގައި ތިމާމެން ބެދި ހިރިނުލެވުމުން ބަޔަކު މީހުން ވަރަށް ރުޅި އަތުވެއްޖެއެވެ. އެކަމަކު އެ ވާހަކަ ދައްކާކަށް ނެތީމެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުރި ބޭފުޅާ ދެއްވީ ދިވެހި ރައްޔިތުންނަށް މެސެޖެކެވެ. "ފައިޓް އިޒް އޮން" މިހެން ތަކުރާރުކޮށް މިހެން ވިދާޅުވަމުން ގެންދެވިއެވެ. ވާދަވެރިކަން ނުނިމޭކަން ހަނދުމަކޮށްދެއްވިއެވެ. އެއީ އެކަމަކު ސިޔާސީ މަސްރަހުގެ އާދައެވެ. ދައްކަވަމުން ދިޔަ ވާހަކައިގެ ބަސްމަގު ތަކުރާރުކޮށް ގެންގުޅުއްވީ މިހާރު ކަންކަން ހިނގާ ގޮތަށް ކަންކަން ހިނގާއިރު، ބަލަހައްޓައިގެން ތިބެން ނުވާނެކަމަށް ބާރުއަޅުއްވާ މަގުންނެވެ.

"ހީކޮށްގެން ނުވާނެ މިގޮތަށް ކޮށްގެން، އަޅުގަނޑުމެން ގެއަށް ވަދެ ފިނޑި މީހުންގެ ގޮތުގައި ތިބޭނެ ކަމަކަށް. އެކަމެއް ނުކުރެވޭނެ. ފައިޓް އިޒް އޮން. ވަރަށް ސާފުކޮށް މި ދަންނަވަނީ. އެމްޑީޕީއަކީ ރާއްޖޭގަ ހުޅު ޖެހި ޕާޓީ. ހުޅުވެސް ޖެހި. ކޮންތަނެއްގަ ވީ މިއަދު." މިއީ މި ވާހަކަތައް ދެއްކެވި މަނިކުފާނު ވިދާޅުވި ބަސްފުޅެވެ. މިއީ އަޅުގަނޑު ދެއްކި ވާހަކައެއް ނޫނެވެ.

ގައުމުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންގެ ވާހަކަަތައް ބަހައްޓަވަން ވާނީ ނިކަން ހިކުމަތްތެރި ބީދައަކުންނެވެ. ތިމާމީހާ ދައްކާ ވާހަކައަކީ އެ ވާހަކަ އަޑުއަހާނެ އެތައް މައުސޫމް އާއްމުންނެއް ތިބޭނެ ވާހަކައެއްކަން ދަނެގެންނެވެ. އަދި އެ ވާހަކައިގެ ބަރުދަނަކީ އަނިޔާވެރިކަމަށް މަގުފަހިކުރާ ބުރަދަނެއްކަމުގައި ވެގެން ނުވާނެއެވެ. އެވާހަކަ ދެއްކެވިތާ ދެތިން ދުވަސް ފަހެވެ.

ފަތިހުގެ ނިދިން ގއ. މަޑަވެލީގެ އާއްމުން ހޭލީ ބަނދަރު ބައްދަލުވުމެއް ބާއްވަން ތައްޔާރުކޮށްފައި އޮތް އެމްޑީޕީގެ ޖަލްސާ މާލަމުގައި ރޯކޮށްލި ޚަބަރާ އެކުގައެވެ. ސްކޫލަކާ ދާދި ކައިރީގައި ތައްޔާރުކޮށްފައިވާ މި ޖަލްސާކުރާ މާލަމުގައި ރޯކޮށްލިއިރު އެ ސްކޫލަށް ގެއްލުމެއްވެދާނެ ކަމާމެދު ވިސްނައިނުލައެވެ. މޭޒާއި ގޮނޑިފަދަ ހަރުމުދާތައް އަނދައި ހުލިވާން ދޫކޮށްލީ އަލިފާނުގެ ހާދިސާގެ އަސަރު އެ ސަރަހައްދުގެ ގެތަކަށް ކޮށްފާނެކަމާމެދުވެސް ވިސްނާ ނުލައެވެ.

އެ ހަމަލާ ކުށްވެރިކޮށް ސިޔާސީ މީހުން ވާހަކަދައްކަވަމުން ދިޔަ ދަނޑިވަޅުގައި އަނެއްކާވެސް ސިޔާސީ ބޭފުޅަކު ދެއްކެވީ ހަމަ އެފަދަ ވާހަކައެކެވެ. ކެމްޕޭނުގައި ރަށްރަށަށް ވަޑައިގަންނަވާއިރު، ފުލުހުން ފޮނުވައި، ރަށް ކޯޑަން ކުރުމުން ރައްޔިތުންގެ ރުޅިވެރިކަން ބޮޑުވާނެ ކަމުގެ ވާހަކައެވެ. މަސައްކަތް ކުރެއްވީ ސިޔާސީ ހަރަކާތެއް ހިންގާ ތަނެއްގައި ރޯކޮށްލުމަކީ ދާދި އާދައިގެ ކަމެއްގެ ގޮތުގައި ދެއްކެވުމަށެވެ. އެކަމަކީ އެންމެ ރަނގަޅު ކަމެއްގެގޮތުގައި ދެއްކެވުމަށެވެ.

މިހެން މިކަން ހިނގާއިރު މިފަދަ ވާހަކަތަކުން މިވެރިން ހާސިލްކުރަން ބޭނުންވާ މަގުސަދަކީ ކޮބައިބާވައެވެ؟ ސިޔާސީ ކަންކަމާ ރައްޓެހި ބަޔަކު ދިރިއުޅޭ މި ކުޑަކުޑަ ރާއްޖޭގައި ކޮންމެ މީހަކު ނުކުމެ ތިމާ ނުރުހޭ ސިޔާސީ މީހާއާއި ސިޔާސީ ހަރަކާތް ހިންގާ ތަންތަނަށް ގެއްލުންދީ ހަމަލާދޭން ފަށައިފިނަމަ ރާއްޖޭގެ ހާލަތަކީ ކޮބާތޯއެވެ؟

މި ފާއިތުވި އަހަރުތަކުގައި ސިޔާސީ ބޮޑެތި ހަމަނުޖެހުމާއި އަނިޔާވެރިކަން މަދުވުމުން އެކަން ކަމު ނުދަނީބާއެވެ؟ ބޭނުން ވަނީ އަނެއްކާވެސް ރާއްޖެއަށް 8 ފެބްރުއަރީއެއް ގެންނަންތޯއެވެ؟ ހިތްވަރުދެނީ ތަންތަން ރޯކުރުމާއި، ހަލާކުގެ މަގުން ސިޔާސީ ކަންކަން ކުރަންތޯއެވެ؟ ވެރިކަމާއި އާރާއި ބާރު ހޯދަން ޕާޓީ ރޫޅާލާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކުން ފަރުޖައްސައިނުލެވި، މަގުމައްޗަށް މީހުން ނެރެގެން ސިޔާސީ ކަންކަމުގައި ކުރިހޯދުމަކީ ތިޔަ ވިދާޅުވާ ތަހުޒީބު ޑިމޮކްރަސީތޯއެވެ؟ ރައްޔިތުން "ބަލަން ނުތިބޭނެ" ކަަމަށް ނޫނީ ރައްޔިތުން "ރުޅި"އަންނާނެ ކަމަށް ބުނެ ރައްޔިތުން ރުޅި އަރުވައިގެން ނެރެން ބޭނުންވަނީ ކޮން ނަތީޖާއެއްބާވައެވެ؟

ގެއްލުންވާނީ އާއްމުންނަށެވެ. ހަނާވާނީ އާއްމު މީހާއެވެ. އަނެއްކާ މިފަދަ ހުރިހާ ނޭއްގާނީ ކަމެއް ކޮށްފައި، އެ ކަންކަން ކުރާ މީހުން ހައްޔަރުކުރުމުންވެސް ގޯސްވަނީ ފުލުހުންނެވެ. ހިންގާނެހާ ހަމަނުޖެހުމެއް ހިންގަން ދޫކޮށްލަންވީއެވެ. ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ކަމެއްވެސް ނެތެވެ. އިރެއްގައި ރައީސަކަށް ހުންނެވި ބޭފުޅާ ރަށަކަށް ވަޑައިގަންނަވާނަމަ، އެ ރަށްރަށަށް ސިފައިންގެ ވަފުދުތައް ފޮނުވައިގެން ޖަލްސާގެ ދެތިން ގަޑިއިރު ކުރިން އާއްމުންގެ މީހުން ބަލައިފާސްކުރި ހަނދާން މިހާރަކު ނެތެވެ. އަދި ހަމަ މި ބީދައިން، ރައީސްކަން ކުރެއްވި ބޭފުޅުން ތަންތަނަށް ވަޑައިގަންނަވަން މުޅި މަގުތައް ހުސްކޮށް، ޓްރެފިކް ހުއްޓުވި ހަނދާނެއްވެސް މިއަދަކު ނެތެވެ. ދެފަރާތްޕުޅުން ފަރާތްޕުޅެއްގައި ހައެއްކަ ބޭފުޅުން ލައްވައިގެން ނޫނީ ތަނަކަށް ވަޑައިނުގެންނެވޭ ބޭފުޅުން ވަކަލާތުކުރައްވަނީ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅާ ގިނިކަންޏާ ތަންތަނަށް ފޮނުއްވުމަށެވެ.

ސިޔާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް

މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް

18 މެއި 2024
ރައީސް މިހާރު ވިދާޅުވަނީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރެއްވިޔަސް، މަސައްކަތް ނުކުރަންޏާ ވަޒީފާއިން ވަކިކުރައްވާނެކަމަށް

ރައީސް މިހާރު ވިދާޅުވަނީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރެއްވިޔަސް، މަސައްކަތް ނުކުރަންޏާ ވަޒީފާއިން ވަކިކުރައްވާނެކަމަށް

08 އެޕްރީލު 2024
ޔާމީނާއެކު ޕީއެންއެފްގެ ކުރިމަގަކީ ކޮބާ؟

ޔާމީނާއެކު ޕީއެންއެފްގެ ކުރިމަގަކީ ކޮބާ؟

07 ޑިސެމްބަރު 2023
މިއީ ކިހާ ދެރަކަމެއްތޯއެވެ. މިއީ ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

މިއީ ކިހާ ދެރަކަމެއްތޯއެވެ. މިއީ ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

20 ސެޕްޓެމްބަރު 2023
ވަގުންގެ ފޮށި ބާރަށް ބަންނާނެއެވެ.

ވަގުންގެ ފޮށި ބާރަށް ބަންނާނެއެވެ.

05 އޯގަސްޓު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު