Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ އޮއިވަރު

ސިޔާސީ އޮއިވަރާއި ވައި ބަދަލުވުމުގެ ތެރެއިން، ރައްޔިތުން ގުނބޯ ހެއްދުމުގެ މާޒީއެއް

ހިތް ބަދަލުވާންވެސް ހައްދެއް އޮންނަން ޖެހޭނެކަމަށް މީހުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ޖޫން 2023 | ބުރާސްފަތި 10:10
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހަރަކާތްތަކާއި އިންޑިއާ އައުޓް ހަރަކާތްތައް މިއަދު "ޑިމޮކްރަޓްސް" ޕާޓީގެ މެމްބަރުން ނަންގަވަނީ ވަރަށް ފިނިކޮށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހަރަކާތްތަކާއި އިންޑިއާ އައުޓް ހަރަކާތްތައް މިއަދު "ޑިމޮކްރަޓްސް" ޕާޓީގެ މެމްބަރުން ނަންގަވަނީ ވަރަށް ފިނިކޮށް

ވަޔާއި އޮއި ބަދަލުވުމަކީ އިލާހީ ގާނޫނެވެ. މޫސުން ބަދަލުވުމަކީވެސް އިލާހީ ގާނޫނެވެ.

ބައެއް ފަހަރު ހުޅަނގު މޫސުމުގައިވެސް އިރުމަތިން ވައިޖެހޭ މަންޒަރު ފެނެއެވެ. ބައެއް ފަހަރު އިރުވައި މޫސުމުގައި ހުޅަނގަށްވެސް ވައި ބަދަލުވެއެވެ.

ބައެއް ފަހަރު ވައި އެނބުރޭ ފަހަރުވެސް އާދެއެވެ. އެއް ދުވަހެއްގައި އެކި ކޮޅުކޮޅުން ވައިޖެހޭ ދުވަސްވެސް އާދެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުވެސް މި ދެންނެވި އުސޫލާ ވަކި ތަފާތެއް ނޫނެވެ. އެއީ ސިޔާސީ ފިތުރަތު ކަމުގައިވެސް ވެދާނެއެވެ.

ރިޔާސީ އިންތިޚާބަށް ބޯމަތިވެފައިވާ މި ދުވަސްކޮޅަކީ، ވަކިން ޚާއްސަކޮށް އަވަސް އަވަހަށް ވައި ބަދަލުވަމުންދާ ދުވަސްކޮޅެކެވެ. އިއްޔެ ހުޅަނގުން ޖެހުނު ވައި މިއަދު ޖެހެނީ އިރުމަތިންނެވެ.

އެކިއެކި ބޭބޭފުޅުންގެ ވާހަކަތައްވެސް ހުރީ އިއްޔެއާ ދިމާ އިދިކޮޅަށެވެ. އިއްޔެ ކަމުނުދިޔަ ކިތަންމެ ކަމެއް މިއަދު ކަމުދެއެވެ. އިއްޔެ ކަމުނުދިޔަ މީހުން މިއަދު ކަމުދެއެވެ.

ފަހަރުގައި މިއީ ދުނިޔެ ހިނގާ ގޮތޭ ކިޔާފައި ނިންމާލެވިދާނެއެވެ.

އެހެންނަމަވެސް، ދުލަކީ ކޮންމެވެސް ވަރެއްގެ އަގެއް އޮންނަ އެއްޗެކެވެ. ހިތް ބަދަލުވާންވެސް ހައްދެއް އޮންނަންޖެހޭނެކަމަށް މީހުން ބުނެއެވެ.

ދޮހޮއްކޮބޭގެ ލަވައިގައި އޮންނަހެން، އަދާވަތްތެރިވިޔަސް ވާންވާނީ ހިތަށް ކުޅަދާނަ މިންވަރަކުންނެވެ. ލޯބިވިޔަސް ވާންވާނީ ހިތަށް ކުޅަދާނަ މިންވަރަކުންނެވެ.

މިއީ ހައްތަހާވެސް ފެންނަ މަންޒަރުތަކެވެ.

ނަމަވެސް ވިސްނާލުމުން ދޭހަވާ ކަމަކީ؛ މީހަކު ގޯސްވުން ނުވަތަ ރަނގަޅުވުމުގެ ފަހަތުގައިވެސް ކޮންމެވެސް ކަހަލަ ސަބަބުތަކެއް އޮންނާނެކަމެވެ. ދައްކާ ވާހަކައިގެ ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ހުންނާނެކަމެވެ. ހަގީގަތެއް އޮންނަންވާނެކަމެވެ.

އެއީ ސިޔާސީ ބޭފުޅުންކަމުގައިވިޔަސް، ނުވަތަ އެނޫން ބައެއް ކަމުގައިވިޔަސް، އެކަން އޮންނާނީ އެހެންނެވެ.

ފާއިތުވި އަހަރުތަކުގެ ނޫސްތަކުގެ ސުރުޚީތަކަށް އަޅުގަނޑު ބަލައިލީމެވެ. ހައިރާންވެ އަންތަރީސްވާ ވަރުވެއެވެ. ހިތަށް އަރައެވެ. މީ ހަމަ މިކަން އޮންނަންވީ ގޮތް ބާވައެވެ؟

އެ ދުވަހު ސުރުޚީތަކުގައި ހުރި ވާހަކަތަކާ ދިމާ އިދިކޮޅަށް ސިޔާސީ ފަރާތްތަކުން މިއަދު ވާހަކަތައް ދައްކަވަމުން އެ ގެންދަވަނީ މޫނުފުޅަށް ރުލެއްވެސް އަރުވާނުލައްވައެވެ.

މިހާ ހިސާބަށް ކަންކަން ދިއުމުން، މިއީ ސިޔާސީ ހަގީގަތޭ ބުނެ ހަމަ ނިންމާލަންވީތޯއެވެ؟ މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ، ސިޔާސީ ބޭފުޅުން އަސްލު ކުރައްވަނީ ކޮން ކަމެއްތޯއެވެ؟

ބައެއް މީހުން ބުނާގޮތުގައި އެބޭފުޅުންގެ މުޅި ހަޔާތް ހޭދަކުރައްވަނީ އާންމު ރައްޔިތުންގެ ބޯ ކެއުމުގައެވެ. ބޮލަށް "ޗިޕު" ޖެހުމުގައެވެ.

ވަރަށް ގިނަ މީހުން ބުނާތީ އިވެއެވެ. ދިވެހިންނަކީ ހޭލުންތެރި ބަޔެކެވެ. ތައުލީމީ ބައެކެވެ. ދިވެހިން ގުނބޯލެއް ނުހެއްދޭނެއެވެ. ދައްކާހާ ވާހަކައަކަށް ދިވެހިން ނުހެއްލޭނެއެވެ.

ދެރައީ މި ހަގީގަތް ސިޔާސީ ބޭފުޅުންނަށް އޮޅިވަޑައިގެންފައި އޮތުމުންނެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންދަ ޑިމޮކްރެޓްސްސިޔާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

26 ޖޫން 2025
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

24 ޖޫން 2025
ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

01 މެއި 2025
ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

26 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު