Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ޕާޓީތައް

ޔާމީނާއެކު ޕީއެންއެފްގެ ކުރިމަގަކީ ކޮބާ؟

ޑީއާރްޕީއާއި އެމްއާރްއެމްވެސް ވަނީ އުވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2023 | ބުރާސްފަތި 12:13
ކުރީގެ ރައީސް، އަބްދުﷲ ޔާމީން

ކުރީގެ ރައީސް، އަބްދުﷲ ޔާމީން

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ދެއްކެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅެކެވެ. އެމަނިކުފާނުގެ ވިސްނުންފުޅާއި، އެމަނިކުފާނުގެ އެހީފުޅާއެކު ވެރިކަން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިގެންނެވެ. ނަމަވެސް ކަން ވެގެންދިޔައީ އުންމީދުކުރި ގޮތަކަށް ނޫނެއެވެ. ޔާމީނަށް ތާއީދުކުރާ ގިނަ ބައެއްގެ ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރަައްވައި، ހުވާކުރެއްވި ހިސާބުން ދެބޭފުޅުންގެ ގުޅުން ކެނޑުނީއެވެ. މައުލޫމާތު ލިބޭގޮތުން ޔާމީންގެ ފޯނު ކޯލަކަށްވެސް ރައީސް މުއިއްޒު ޖަވާބެއް ނުދެއްވައެވެ.

ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޔާމީން ވަޑައިނުގަތް ހިސާބުންވެސް ގިނަ ބަޔަކު ދިޔައީ ދެބޭފުޅުންގެ ގުޅުމާމެދު ސުވާލު އުފައްދަމުންނެވެ. މީގެ އިތުރުން އެމަނިކުފާނު ގޭބަންދުގައި ހުންނަވައި، ދެއްވި ލުޔާއެކު ޕާޓީގެ މެންބަރުންނާއެކު ޔާމީން ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ރައީސް މުއިއްޒާއި ކެބިނެޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިނުގަތުމުން ވެސް އިތުރަށް ސުވާލުތައް އުފެދިގެންދިޔައެވެ. މި ބައްދަލުކުރެއްވުމަށްފަހު މާގިނަ ދުވަހެއް ނުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވަރަށް ކޯފާ އިސްކުރައްވައި ޔާމީން ވިދާޅުވެފައިވަނީ، ޕީޕީއެމް އާއްމު މެންބަރުން ޕީއެންސީއާ ގުޅެން ނުޖެހޭނެކަމަށެވެ. ދެ ޕާޓީއަކީ ވެސް އެއް ފިކުރެއްކަމުން، ޕާޓީގެ މެންބަރުން ޕާޓީގައި ތިބުމަށް ޔާމީން ގޮވާލެއްވިއެވެ. ނަމަވެސް ރައީސް މުއިއްޒު ގެންދެވީ، ޕީއެންސީއަކީ ރާއްޖޭގައި ސިޔާސީގޮތުން ބޮޑު ޕާޓީއަކަށް ހައްދަވާނެކަމަށް ވިދާޅުވަމުންނެވެ. ފަހަރުގައި ދެބޭފުޅުން ދެމެދުގައި ޖެހުނު އެންމެ ބޮޑު މައްސަލައަކީ މިއީ ކަމަށްވެސް ވެދާނެއެވެ.

ރައީސް މުއިއްޒަށް ތާއީދުކުރާ ފަރާތްތަކުން ބުނާގޮތުން، ރައީސަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ދެވަނަ ދަރަޖާގެ ޕާޓީއެއްގެގޮތުގައި އޮންނާކަށް ނުޖެހޭނެއެވެ. މިދިޔަ ދުވަސްތަކުގައި ޕީއެންސީ ޕާކުކުރެވިފައި އޮތްނަމަވެސް، މިއަދު ޕާޓީ ހިންގަންޖެހޭކަމަށް އެ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން މިއަދު ސަރުކާރުގެ ސިޔާސީ ބޭފުޅުން ގެންދަވަނީ އަތޮޅުތެރެއަށް ޒިޔާރަތްކުރައްވައި، ޕީއެންސީއަށް މީހުން ވެއްދުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. މި ޕާޓީ އުފެއްދުމުގެ ހުއްދަ، 29 ނޮވެންބަރު 2023ގައި އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު، ޕާޓީއަށް އާއްމު މެންބަރުން ވެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި ޕާޓީވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ހައްދަވާނެކަމަށް، މި ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވެއެވެ.

ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ސިޔާސީ ގޮތުން އަންނަ ރޫޅާލުމާއެކު، އައު ޕާޓީއެއް އުފެއްދިނަމަވެސް އެޕާޓީއަށް އާއްމު ރައްޔިތުންގެ ތާއީދު ލިބޭނެކަމާއެކު ވަނީ ސުވާލު އުފެދިފައެވެ. އެއީ މީގެ ކުރިން ހިނގާފައިވާ ކަންކަމަށް ނަޒަރު ހިންގާލާއިރު، ފެންނަ ސާފު މަންޒަރެކެވެ. ޕީޕީއެމް އެތެރޭގައި ޖެހުނު މައްސަލައާއެކު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) 2019 ވަނަ އަހަރުގެ ތެރޭގައި އުފެއްދިއެވެ. ނަމަވެސް 2023 ވަނަ އަހަރު އެ ޕާޓީގައި މެންބަރުން ހަމަނުވާކަމަށް ކަނޑައަޅައި، އިލެކްޝަން ކޮމިޝަން (އީސީ)ން ވަނީ އެމްއާރްއެމް އުވާލާފައެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ވެސް، 3000 މެންބަރުން ހަމަނުވާތީ ވަނީ އުވާލާފައެވެ. ޑީއާރްޕީއަކީ ވެސް ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2011ވަނަ އަހަރު ޑީއާރްޕީގެ އެތެރޭގައި މައްސަލަތަކެއް ޖެހި ޕާޓީ ދެ ބަޔަކަށް ބެހުނެވެ. އެގޮތުން މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ''ޒެޑް ފެކްޝަން'' ނަމުގައި ފެކްޝަނެއް އުފައްދައި، މަސައްކަތް ފެށިއެވެ. އެ ޚިޔާލުތަފާތުވުންތަކާއެކު، ޕީޕީއެމްގެ ނަމުގައި މައުމޫން އައު ޕާޓީއެއް އުފެއްދެވުމުން ޑީއާރްޕީގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން ވަކިވެ ޕީޕީއެމާ ގުޅުނެވެ.

މީގެއިތުރުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތެރޭގައި ޖެހުނު މައްސަލައާ ގުޅިގެން، އެޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސް އުފެއްދެވިއެވެ. އަދި ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބު 2023ށް ކެންޑިޑޭޓެއް ގޮތުގައި އިލްޔާސް ލަބީބް ވާދަކުރެއްވިއެވެ. އިންތިޚާބުގައި އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 7 އިންސައްތައެވެ. އަދި ޑިމޮކްރެޓްސް އުފެއްދިފަހުން ބޭއްވި އެތެރޭގެ ފުރަތަމަ އިންތިޚާބު 2 ޑިސެންބަރު 2023ވީ ހޮނިހިރު ދުވަހު ބޭއްވިއެވެ. މި އިންތިޚާބު ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން މެދު ސޯޝަލް މީޑިއާގައި ޑިމޮކްރެޓްސް މެންބަރުން ވަނީ ޚިޔާލުފާޅުކޮށްފައެވެ. މި ޕާޓީގެ އިންތިޚާބުންވެސް ޕާޓީއަށް ހެޔޮ އަސަރެއް ކުރާނެ މަންޒަރެއް ނުފެންނަ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ޖެހޭ މައްސަލަތަކާ ގުޅިގެން ވަކިވަކި ގޮފިތައް އުފެދި، ބައެއް ޕާޓީތައް އުފެއްދި ނަމަވެސް މުސްތަގުބަލެއް ނެތްކަން ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ކަންކަމުން މިވަނީ ހާމަވެފައެވެ. އެހެންކަމުން ކުރިއަަށް އޮތްތަނުގައި ޔާމީނާއެކު ޕީއެންއެފްގެ ކުރިމަގަށް ވާނެ ގޮތަކާމެދު ސުވާލު އުފެދެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ސިޔާސީސިޔާސީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

16 މެއި 2025
މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު

މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު

28 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު