Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ސިޔާސީ މަޝްރަހު

"ދިވެހިން ސިޔާސީ ގޮތުން ބޮޑެއް ނުވޭ" : ރައީސް ޔާމީންގެ ނިމުމެއް ނެތް ޝަކުވާ!!

ރައީސްކަމުގައި ހުންނެވި އިރު މީޑިއާ އާއި ގިނައިން ބައްދަލު ނުކުރީ އެއަށް ވުރެ އުފެއްދުންތެރި މަސައްކަތް ކުރަން: ރައީސް ޔާމީން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 13:52
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަކީ މާ ގިނައިން މީޑިއާ އާއި ބައްދަލުކުރައްވާ ގިނަ ވަގުތު މީޑިއާ އާއި އެކު ހޭދަކުރެއްވުމަށް މާ ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅެއް ނޫނެވެ. ޖަލްސާތަކާއި ހަފްލާތަކުން ޕޯޑިއަމްތަކުން ރައީސް ޔާމީން ކިތަންމެ ގިނައިން ފެނުނު ނަމަވެސް، މީޑިއާތަކުގެ ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބުދެއްވުމަކީ އެމަނިކުފާނު މާބޮޑު ސަމާލުކަން ދެއްވާކަމެއް ނޫންކަން ޙުދު އެމަނިކުފާނުވެސް ވަނީ އެކި ފަހަރު މަތިން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ މީޑިއާ އަކީ ރައީސް ޔާމީން އަށް މާ ޝައުގުވެރި މާލަމަކަށް ނުވާކަން މިއީ ވެސް އެއްވެސް ބަޔަކަށް އޮޅިފައިވާ ހަގީގަތެއް ނޫނެވެ. އެހެންނަމަވެސް އެންމެ ފަހުން ނޫސްވެރިންނާއި އެކު ބައްދަލުކުރެއްވި އިރު ރައީސް ޔާމީންގެ ފަރާތުން ފެނުނީ އެމަނިކުފާނުގެ އާއްމު މިޒާޖާއި ޚިލާފު މަންޒަރުތަކެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނަށް ރައީސް ޔާމީން ދެއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ދައުވަތު އެރުވުމާއި އެކު ރާއްޖޭގެ ހުރިހާ މީޑިއާ އެއްހެން އެ ގޮވާލުމަށް އިޖާބަ ދިނެވެ. ވާނީވެސް އެހެންތާއެވެ. މި ގޮތަށް ރައީސް ޔާމީން ދެއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ފުނިޖެހިފައި ހުރި ސުވާލުތައް އެމަނިކުފާނުގެ ކުރިމައްޗަށް އޮއްސާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ކޮންމެ މީޑިއާއަކުން ވެސް އެ މީޑިއާ އަކުން ބޭނުންވާ ސުވާލުތައް ތައްޔާރުކޮށްގެން ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ދިމްޔާތު ސްޓޭގައެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުމަށް ދިއުމުން ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާއި ރައީސް ޔާމީން ބައްދަލުކުރެއްވީ ފަރިއްކޮޅަކާއި އެކުގައެވެ. ވަށައިގެން މޭޒު ޖަހާ، ފެއަރީ ލައިޓްސް އާއި އެކު މުޅިތަން ޖަރީކޮށް ޒީނަތްތެރިކޮށްފައި އޮތް އިރު ހީވަނީ ގާލާ ނައިޓެއް ނޫނީ އުފާވެރި އެ ނޫން ހަފްލާއަކަށް ތައްޔާރުކޮށްފައި އޮތް ހެންނެވެ.

ކޮންމެެއަކަސް އެހިސާބުން ސާފުވި އެއް ކަމެއް އެބައޮތެވެ. މިއީ މީގެ ކުރިން ރައީސް ޔާމީން އާއި އެމަނިކުފާނުގެ ޓީމުގެ ފަރާތުން ފެނުނު ފަދަ މަންޒަރެއް ނޫނެވެ. ނޫސްވެރިންގެ ސުވާލުގެ ހޫނުގޮނޑި އާއި ދުރުން ހިތްފަސޭހަ ގޮތަކަށް ނޫސްވެރިންނާއި ބައްދަލުވެ، ތައާރަފްވުމުގެ ޝައުގު ރައީސް ޔާމީންގެ ގެންގުޅުއްވާކަން ހާމަވިއެވެ. ދެން އުފެދުނު ސުވާލަކީ ރައީސް ޔާމީންގެ ޝައުގުވެރިކަން މިހާބޮޑަށް ތަފާތުވީ ކޮން ސަބަބަކާއި ހުރެތޯއެވެ؟ ކުއްލިއަކަށް ނޫސްވެރިންނާއި މި ގޮތަށް ބައްދަލުކުރެއްވުމަކީ މީޑިއާ އާއި ދުރު ރައީސެއްގެ ގޮތުގައި ބެލެވިފަ އޮތް އޮތުުން ބަދަލުކޮށްލަން ގެންގުޅުއްވާ ޕީއާރުގެ އާ އުކުޅަކަށް ވެދާނެބާއެވެ؟

މިފަދަ މާހައުލަކުން ނޫސްވެރިންނާއި ބައްދަލުކުރައްވަން ނިންމެވީ ކިއްވެގެންތޯ ނޫސްވެރިން ސުވާލުކުރުމުން ރައީސް ޔާމީން ދެއްވި ޖަވާބުން އެކަމާއި މެދު އުފެދުނު ސުވާލުތައްވީ އިތުރެވެ. ރައީސް ކަމުގައި ހުންނެވި އިރު ނޫސްވެރިންނާއި ގިނައިން ބައްދަލުކުރެއްވުމަކީ ބޭނުންތެރިކަމެއް ކަަމަށް ގަބޫލު ނުކުރައްވާ ކަމާއި، އެއަށް ވުރެ އުފެއްދުންތެރި އެހެން މަސައްކަތްތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަން އެމަނިކުފާނުގެ ވާހަކަތަކުން ހާމަވިއެވެ.

އެ ވާހަކަތަކުން ކޮންމެވެސް ސަބަބަކާއި ހުރެ "މީޑިއާ އާއި ދުރު" ރައީސްގެ ލަގަބަކީ ޙުދު އެމަނިކުފާނު ވެސް އެންމެ ގަޔާވާ ގޮތް ނޫންކަން ހާމަވިއެވެ. އެކަން ބަދަލުކުރަން ކުރެއްވި މަސައްކަތާއި އެކު މީޑިއާ އާއި ގިނައިން ބައްދަލުނުވާ ސަބަބަކީ އެމަނިކުފާނުގެ ޒިންމާދާރުކަމުން ވާ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެ މަނިކުފާނުގެ ވަގުތު މީޑިއާ އަށް ހުސްކުރުމަށް ވުރެ މުހިންމު އެހެން މަސައްކަތްތަކަށް އިސްކަން ދެއްވި ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް ޔާމީން މީޑިއާ އާއި އެކު އެރޭ ގާތްގަނޑަކަށް 5 ގަޑި އިރު ހޭދަކުރެއްވި އިރު ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވިއެވެ. ރަސްމީ ޕޯޑިއަމް އާއި ފަރިއްކޮޅުގެ މާލަމުގައި ދެއްކެވި ހުރިހާ ވާހަކަތަކުން ތަކުރާރުވެގެން އައި އެއް ވާހަކަ އަކީ ނުވަތަ ޝަކުވާ އަކީ ދިވެހިން ސިޔާސީ ގޮތުން ބޮޑު ނުވާކަމުގެ ޝަކުވާ އެވެ. އެމަނިކުފާނު ވަނީ ދިވެހިންނަކީ ސިޔާސީ ގޮތުން "އިއްމެޗުއަރ" ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހުންނެވި އިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ކަމަކީ އެމަނިކުފާނުގެ ޒައާމަތުގައި ހުންނެވިއިރު ދިމާވި ކޮރަޕްޝަން އާއި ފަސާދައިގެ އަމަލުތަކެވެ. ވުޒާރާތަކުގެ ޚަރަދުބަރަދާއި، ލިޔެކިޔުންތަކުން ހިރަފުސް ފޮޅާ ބަލާލުމުން އެ ވުޒާރާތަކުގެ އެތެރެވަރީގައި ހިނގާފަ ހުރި ކޮރަޕްޝަންގެ އަމަލުތައް އެނގި ހާމަވާން އެބަހުއްޓެވެ. ބައެއް އިދާރާތަކުގެ ކޮރަޕްޝަން ވަންހަނާ ނުވާ ވަރަށް ފަޅާ އަރާ، ޝަރީއަތުގެ މަރުހަލާ އާއި ހަމައިގައި މައްސަލަތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެން ދަންނަ ނަން މަޝްހޫރު "އެމްއެމްޕީއާރުސީގެ ޚިޔާނާތް" ފާހަގަކޮށްލެވެއެވެ. މި ނޫނަސް އެމަނިކުފާނުގެ ޒައާމަތަށް ނިސްބަތްކޮށް ދިއްކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ލައްކަ ބައިވަރެވެ.

ހަމައެހެންމެ ޝަރީއަތްތަކަށް އަތްބާނުއްވާ ކަމުގެ ތުހުމަތާއި، އަދުލު އިންސާފު އެމަނިކުފާނު ހިތްޕުޅާ ވާގޮތަކަށް ކުރައްވަން އުޅުއްވާ ކަމުގެ ތުހުމަތުވެސް ދަނީ ކުރަމުންނެވެ. ކަން މިހެން އޮތް އިރު އެ ރޭ ނޫސްވެރިންނާއި އެކު މި ހުރިހާ ވާހަކަތަކަކަށް ރައީސް ޔާމީންގެ އޮތީ އެންމެ ޖަވާބެކެވެ. "ދިވެހިން ސިޔާސީ ގޮތުން ބޮޑު ނުވާ" ކަމުގެ ވާހަކައެވެ.

އެ ހިސާބުން ނިމުނީކީ ނޫނެވެ. އެމަނިކުފާނުގެ ޒައާމަތުގައި އުމްރާނީ ތަރައްޤީ އަށް އެތައް މަސައްކަތްތަކެއް ކުރެއްވި ކަމުގެ ވާހަކަ ތަކުރާރުކޮށް ދެއްކެވިއެވެ. އަދި މިހާރުގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް ފާޑު ވިދާޅުވެ ވާހަކަދެއްކެވިއެވެ. އަދި މި ސަރުކާރުން ކުރީ ސަރުކާރާއި އަޅާ ބަލާއިރު ވަކި މީޑިއާ އާއި ވަކި ރަހުމަތްތެރިތޯ ސުވާލު އުފެއްދެވިއެވެ. މިކަހަލަ ކިތަންމެ ސުވާލެކެވެ!

އިލެކްޝަން އާއި ކޯލިޝަންގެ ސުވާލުތަކެވެ. ދިވެހިން އަދުލު އިންސާފް އާއި މެދު ދެކޭ ގޮތުގެ ސުވާލުތަކެވެ. ދިވެހިން ތަރައްްޤީ ބަލައިގަންނަގޮތާއި މެދު އުފެއްދެވި ސުވާލުތަކެވެ. މިއިން ކޮންމެ ސުވާލެއްގެ ޖަވާބު ހަވާސާވެގެން އައީ ދިވެހިން ސިޔާސީ ގޮތުން ނިންމުންތައް ނިންމަނީ އެންމެ ޒިންމާދާރުކޮށްތޯ އުފެއްދެވި ސުވާލުތަކާއި އެކުގައެވެ.

ޚުލާސާކޮށް އެމަނިކުފާނު ދެއްކެވި ވާހަކަ އަކީ ދިވެހި ސިޔާސީ މުފައްކިރުން ސިޔާސީ ގޮތުން ތަސައްރަފް ނުފުދޭކަމުގެ ވާހަކައެވެ. އެވެރިންނަކީ ސިޔާސީ ގޮތުން ޒާތީ ތައައްސުބާއި އެކު މަސައްކަތްކުރާ ބައެއް ކަމުގެ ވާހަކައެވެ. އަދި ސިޔާސީ މައިދާނުގައި ހިނގާކަންކަން މިނެކިރުމުގައި ދިވެހިން ގެންގުޅޭ ތިލަފަތް އެއީ އެންމެ ކަމުދާ ގޮތްތޯ ސުވާލު އުފައްދާ ދެއްކެވި ވާހަކަތަކެވެ.

މިހުރިހާ ވާހަކަތަކަކާއި އެކު ދިވެހިންގެ ސިޔާސީ ވިސްނުމަށް ނިސްބަތްކުރައްވާ ރައީސް ޔާމީން މި ވާހަކަތައް ދައްކަވާފައި މި ވަނީ ސިޔާސީ ގޮތުން ޝައުގުވެރިދަނޑިވަޅެއްގައެވެ. 2023ގެ ރިޔާސީ އިންތިޚާބުގެ ރޭސް ރަސްމީކޮށް ނުފެށި ނަމަވެސް މަޑުމަޑުން ހުރިހާ ކެނޑިޑޭޓުންގެ މިސްރާބު ހުރި މި ރޭހާއި ދިމާލަށެވެ. ކަން މިހެން އޮތް އިރު ރައީސް ޔާމީންގެ ޕީއާރު ޓީމަށް ހެދުނު އެންމެ ބޮޑު ގޯހަކީ "ރައްޔިތުންނާއި ދުރު"، "މީޑިއާ އާއި ދުރު" ރައީސެއްގެ ގޮތުގައި ސިފަކުރާ ކުރުމުން ދިފާއު ނުވުމުން ކަމަށް ބައެއް ސިޔާސީ ބޭފުޅުން ގަބޫލުކުރައްވައެވެ. އެހެންވީމަ ދިވެހިންގެ ސިޔާސީ ވިސްނުން ބޮޑު ނުވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދިވެހިންގެ ޖަޒުބަތުތަކާއި އެއް ހަމައަށް ތިލަކޮށް ވާހަކަދެއްކުމަށް ގެންގުޅުއްވާ އުސްލޫބު ކަމަށް ވުމަކީ ދުރުކަމެއް ނޫނެވެ. މިއީ އެމަނިކުފާނުގެ އުދާސްތަކާއި ޝަކުވާތައް އާއްމުންނާއި ހަމައަށް ހުށަހެޅުމުގައި އާ އުސޫލަކަށް ވުން ދުރެއް ނޫނެވެ!

ރައީސް ޔާމީންއިލެކްޝަންސް ކޮމިޝަންސިޔާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު