Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ ފިކުރު

މިއީ ކިހާ ދެރަކަމެއްތޯއެވެ. މިއީ ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

އަނިޔާވެރިންގެ ފުށުން އަނިޔާ ނޫން އެއްޗެއް ނުފެންނާނެ

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 05:42
މިނިވަންކަމުގެ ފޮނިކަން އިހްސާސް ކުރެވޭނީ އަޅުވެތިކަމުގެ ހިތި ރަހަ އަރުބުޑުގައި ލީ ބަޔަކަށް

މިނިވަންކަމުގެ ފޮނިކަން އިހްސާސް ކުރެވޭނީ އަޅުވެތިކަމުގެ ހިތި ރަހަ އަރުބުޑުގައި ލީ ބަޔަކަށް

ދިވެހި އަދަބިއްޔާތުގެ ތެރެއިން އާޅެމަކީ އަޅުގަނޑަށް ވަރަށް ކަމުދާ އެއްޗެކެވެ. ލިޔެވޭތޯ އަބަދުވެސް މަސައްކަތް ކުރާ އެއްޗެކެވެ. ނަމަވެސް އަޅުގަނޑަކީ ބަސްވާރަކަށް ނުވުމާ، މާ މޮޅު ލިޔުންތެރިއަކަށް ނުވުމާ، އެހާ މޮޅު ޅެންވެރިއަކަށް ނުވުމާއެކު އެއީ ނުވެފައި އޮންނަ ކަމެކެވެ.

އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންކަމުގެ ފިކުރުތައް ގިނަވެ އެވާހަކަތައް އާޅެމެއްގެ ސިފައިގައި ލިޔެލަން ހިތަށް އަރައިގެން ގަލަމަކާ ގަނޑަކާ ހިފައިގެން އިށީނދެއްޖައިމެވެ. ފުރަތަމަވެސް ބޮލަށް ވަނީ އަޅުގަނޑުގެ ރައްޓެއްސަކު ކިޔައިދިން ވާހަކަތަކެކެވެ. އޭނާ ކިޔައިދިނެވެ..

މިއީ ކިހާ ދެރަކަމެއްތޯއެވެ. މިއީ ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

އެނގިތިބެ މި ދަތުރު ކުރެވެނީ ކިހާ ނުބައި ދިމާލަކަށްތޯއެވެ.

ހަސަދަޔާ ދެކޮޅުވެރިކަމުގެ ތެރެއިން ދޫކޮށް މިލެވެނީ ކިހާ ބޮޑު ނިއުމަތެއްތޯއެވެ.

ބުނާތީ އަހަމެވެ.

މިނިވަންކަމުގެ ފޮނިކަން އިހްސާސް ކުރެވޭނީ އަޅުވެތިކަމުގެ ހިތި ރަހަ އަރުބުޑުގައި ލީ ބަޔަކަށެވެ.

އަމާންކަމުގެ ހިތްހަމަޖެހުން އިހްސާސްކުރެވޭނީ އަނިޔާވެރިކަން ތަޖްރިބާ ކުރެވުނު ބަޔަކަށެވެ.

ބުނެބަލާށެވެ.

އަޅުގަނޑުމެންނަކީ އެމީހުން ނޫންތޯއެވެ.

އެތައް ގޮތަކުން އަޅުވެތިކަމުގެ ހިތި ރަހަ އަޅުގަނޑުމެންގެ އަރު ބުޑުގައި ލީ ނޫންތޯއެވެ.

އަމިއްލަ ގައުމުގާ އަމިއްލައަށް ގެނައި ސަރުކާރެއްގެ މުށުތެރޭގާ މިނިވަންކަމެއް ނެތި 7 އަހަރު އަޅުގަނޑުމެން ވޭތު ކުރީމު ނޫންތޯއެވެ.

އެތައް އަނިޔާއަކާ އެތައް ވޭނެއް އަޅުގަނޑުމެން އެކުގައި ބަރްދާސްތު ކުރީމު ނޫންތޯއެވެ.

ގާތް އެތައް ބަޔަކު ކުށެއް ނެތި ހައްޔަރުކޮށް ޖަލަށް ލަމުން ދިޔަ ތަން ދުށީމު ނޫންތޯއެވެ.

އެތައް ބަޔަކު މަރާ އެތައް ބަޔަކު ގެއްލުވާލި މަންޒަރު ފެންނަމުން ދިޔަ ނޫންތޯއެވެ.

އެ ހިތްދަތި ކަމުގައި ރުއި އެތައް ބައެއްގެ ރުއިމުގެ އަޑު އަޅުގަނޑުމެން އެހީމު ނޫންތޯއެވެ.

އިންސާފަށް އެދި އާދެސް ކުރަމުންދިޔަ އެތައް އަނބިންނަކާ، އެތައް މައިންނަކާ، އެތައް ދަރިންނެއްގެ އާދޭހުގެ އަޑު އަޅުގަނޑުމެން އެހީމު ނޫންތޯއެވެ.

މިކަންކަން ހަނދާނުގައި އެބަހުރިތޯއެވެ.

މިއީ ކިހާ ދެރަކަމެއްތޯއެވެ. މިއީ ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

އެކަމަކު އެ އަނިޔާވެރި ނުރައްކާތެރި 7 އަހަރު އަޅުގަނޑުމެން ބަދަލު ކުރީމު ނޫންތޯއެވެ.

އެ ހިތި ހަނދާންތައް މާޒީގެ ތެރެއަށް ދޫކޮށްލީމު ނޫންތޯއެވެ.

އެ އަނިޔާވެރިކަމަށް ދެން ދުވަހަކުވެސް ނުދިއުމަށް ވައުދު ވީމު ނޫންތޯއެވެ.

އެކަން ކުރީ އަޅުގަނޑުމެން އެކުއެކީގަ ނޫންތޯއެވެ.

ވާގި ހޯދީ ކަލާންގެ ހަޒްރަތުން ނޫންތޯއެވެ.

ހިތްވަރު ހޯދީ އެކަކު އަނެކަކު ކިބައިން ނޫންތޯއެވެ.

ކިތަންމެ ފަހަރަކު ވެއްޓުނު ނޫންތޯއެވެ. އެއިން ކޮންމެ ފަހަރަކު ތެދުވެ އަޅުގަނޑުމެން ދުއްވައިގަތީމު ނޫންތޯއެވެ.

އެދުވަސް ހަނދާން ނެތުނީތޯއެވެ.

މިއީ ކިހާ ދެރަކަމެއްތޯއެވެ. މިއީ ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

ގަބޫލުކުރާށެވެ. މައްސަލަ ޖެހުމަކީ އޮންނަ ކަމެކެވެ. ދެބަސްވުމަކީވެސް ހިނގާ ކަމެކެވެ.

އަޅުގަނޑުމެންނަކީ ދެބަސްވުމަށް އެއްބަސްވި މީހުން ނޫންތޯއެވެ.

އެއްބަސްވުމަށް ދެބަސްވި މީހުން ނޫންތޯއެވެ.

ހިޔާލު ތަފާތުވުމަށް ޖާގަ ދިން މީހުން ނޫންތޯއެވެ. ތަފާތު ހިޔާލަށް ފުރުސަތު ދިން މީހުން ނޫންތޯއެވެ.

އެކަމަކު ދެކިބަލާށެވެ.

ދެބަސްވާން ޖެހުމުން އަޅުގަނޑުމެން މިކުރީ ކީއްތޯއެވެ.

ހިޔާލު ތަފާތުވުމުން އަޅުގަނޑުމެން މި ނިންމީ ކޮން ނިންމުމެއްތޯއެވެ.

ދޫކޮށްލާފައި މިދެވެނީ ތިމާގެ އެއްގަނޑު ނޫންތޯއެވެ.

މިސްރާބު މިޖެހެނީ އެކަމެއްގެ ތެރެއަށް އަޅުގަނޑުމެން ނުދާން ވައުދުވި ކަމާ ދިމާލަށް ނޫންތޯއެވެ.

އަނބުރާ ހޯދަން މިއުޅެވެނީ ބަރުދާސްތު ނުކުރެވިގެން ދޫކޮށްލި އަނިޔާވެރިކަން ނޫންތޯއެވެ.

މިއީ ކިހާ ދެރަކަމެއްތޯއެވެ. މިއީ ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

ބުނާތީ އަހަމެވެ.

ރަނުން އުއްތިއަސް ދަނގަޑުން ދަބަރު ހިލޭނެ ނޫންތޯއެވެ.

ހިތި ކަނދޫ ވެލެއްގެ ބުޑައް ފެން ކަމުގާ މާމުއި އެޅިއަސް އޭގާ އަޅާ އެއްޗެއް ފޮންޏެއް ނުވާނެ ނޫންތޯއެވެ.

ކިތަންމެ ވަރަކަށް ދޮން ކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެ ނޫންތޯއެވެ.

ބަޅެއްގެ ނަގޫ ސަންފާ އޮނެއްގާ ކިތަންމެ އަހަރަކު އޮތަސް އެއެއް ތެދެއް ނުވާނެ ނޫންތޯއެވެ.

ވިދާހާ އެއްޗަކީ ރަނެއް ނޫނެއް ނޫންތޯއެވެ.

މަގުމަތިން ފެންނަން އޮންނަ އަވާމެންދުރަކީ ފެންގަނޑެއް ނޫނެއް ނޫންތޯއެވެ.

އެކަކު އަނެކަކަށް އައި ރުޅީގައި ކުރަން މިއުޅެނީ ކީއްތޯއެވެ.

އެދުވަސް ހަނދާން ނެތުނީތޯއެވެ.

މިއީ ކިހާ ދެރަކަމެއްތޯއެވެ. މިއީ ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

އެ އަނިޔާވެރިކަން ހަނދާން ނެތުނީތޯއެވެ. އެ ތަދު ފިލީތޯއެވެ.

އެ ޒަހަމްތައް ފަސޭހަވީތޯއެވެ.

ކަންފަތުގައި ހަރުލި އެތައް ބައެއްގެ ރުއިމާ އާދޭހުގެ އަޑު ފިލާ ދިޔައީތޯއެވެ.

ނުވަތަ ދުވަހަކުވެސް ނުދެކެން ވައުދުވި އަނިޔާވެރި ދުވަސްތައް ދުށުމަށް އެދެވެނީތޯއެވެ.

އެ މާޒީ އަލުން އިއާދަ ކުރަން ބޭނުންވަނީތޯއެވެ.

އެއީ ހަމަ އެއްބައެއް ނޫންތޯއެވެ.

ކުރާނީ ހަމަ އެއްކަމެއް ނޫންތޯއެވެ.

އެވާނީ ހަމަ އެއަށް ނޫންތޯއެވެ.

އެ ކަންވާރަކުން ފައިބާނީ ހަމަ އެ ކަންވާރެއްގައި ހުރި އެއްޗެއް ނޫންތޯއެވެ.

އަނިޔާވެރިންގެ ފުށުން އަނިޔާ ނޫން އެއްޗެއް ނުފެންނާނެ ނޫންތޯއެވެ.

ހަމަ އެކަނި މައްސަލައަކީ އުފެދުނު ހިޔާލު ތަފާތުވުމެއްތޯއެވެ.

މި ދެވުނީ ކައިރި ނުވެވޭހާ ދުރައްތޯއެވެ.

މިއީ ހަމަ އެހާ ދުރު ބައެއްތޯއެވެ.

މިއީ ރަނގަޅު ވާހަކައެއްތޯއެވެ. ނޫނީ ބޭކާރު ހިޔާލެއްތޯއެވެ.

އެހެން ވެއްޖެނަމަ މިއީ ކިހާ ދެރަކަމެއްތޯއެވެ. ކިހާ ބޮޑު މަޖުބޫރެއްތޯއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޑިމޮކްރަސީސިޔާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު