Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ޕާޓީތައް

ކުރިއަށް އޮތްތަނުގައި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދޭނީ އާ ފޯމުގައި

ކުރީގެ ފޯމުތަކުގައި ފުރާފައިވާ ފޯމުތައް މިމަހުގެ 30ގެ ކުރިން ކޮމިޝަނަށް ހުށަހަޅަން ޖެހޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 13:09
އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން

އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން

ސިޔާސީ ޕާޓީތަކަށް މެމްބަރުން ވައްދާ ފޯމަށް ގެނެސްފައިވާ ބަދަލާއި އެކު އެކުލަވާލި އާ ފޯމަށް އަމަލު ކުރަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓިތަކަށް މެންބަރުން ވައްދާ ފޯމަށް އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެނެސްފައި ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާ އިރު އޮޅުވާލައިގެން މީހުން ވެއްދުމާއި، އާއްމުންނަށް އެނގުމަކާއި ނުލާ އެ މީހުން އެއް ޕާޓީ އިން އަނެއް ޕާޓީއަށް ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެ މަގްސަދުގައި ކަމަށެވެ. އެހެންކަމުން ޕާޓީތަކަށް މެންބަރުން ވައްދާ ފޯމުތަކަށް އެ ކޮމިޝަނުން ވަނީ ބަދަލުގެނެސްފައެވެ.

Advertisement - newsAdvertisement

އެ ކޮމިޝަނުން އެފަދަ ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ޕާޓީތަކުންނާއި، އާންމުންގެ ފަރާތުންވެސް އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް އިންތިޚާބުތަކާއި ދިމާކޮށް ނުވަތަ ކެމްޕެއިން ހަރަކާތްތަކާއި ދިމާކޮށް މިފަދަ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެއެވެ.

ބަދަލު ގެނެސްފައިވާ ފޯމުތަކަކީ އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެމްބަރުކަމަށް ވުމަށް އެދޭ ފޯމާއި، މެމްބަރުކަމަށް ވުމަށް އެދޭ ފޯމުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމެވެ. އޭގެ ތެރެއިން އަލަށް އެކުލަވާލި ފޯމުތަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ހެކިންގެ ފިންގާ ޕްރިންޓް ޖަހަން ޖެހުން ކަމަށް ވާއިރު މީގެ ކުރިން ފޯމުގައި ފިންގަރ ޕްރިންޓު ޖަހާކަށް ނުޖެއެވެ. އަދި ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ބަދަލުތައް ގެނައީ ޕާޓީތަކާއި މަޝްވަރާ ކުރުމަށް ފަހުގައެވެ. މި ބަދަލާއި އެކު މިމަހުގެ 15 ވަނަދުވަހުގެ ކުރިން ސޮއިކޮށް ޕާޓީތަކަށް ހުށަހަޅާފައިވާ ފޯމުތައް ފިޔަވައި އެހެން ފޯމުތައް ހުށަހަޅަންޖެހޭނީ އާ ފޯމުގައެވެ. އަދި ކުރީގެ ފޯމުތަކުގައި ފުރާފައިވާ ފޯމުތައް މިމަހުގެ 30ގެ ކުރިން ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

ސިޔާސީއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު