Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ޕާޓީތަކުގެ މަސައްކަތް

ސިޔާސީ ޕާޓީތަކުގެ ޤާނޫނު - އިސްލާހުތަކާ މެދު އެމްޑީޕީ އާއި ޖޭޕީގެ ކަންބޮޑުވުންތައް އިންތިހާ

ޖޭޕީ އާއި އެމްޑީޕީ އިން އިއުތިރާޒް ކުރާ އިސްލާހުތައް ގިނަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2022 | ހޯމަ 07:44
ޖޭޕީ އާއި އެމްޑީޕީގެ ދިދަ އަދި އިލެކްޝަންސް ކޮމިޝަން

ޖޭޕީ އާއި އެމްޑީޕީގެ ދިދަ އަދި އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކާ މެދު މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ވަނީ ހާޒުރުކޮށްފައެވެ. އެ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބައެއް ގަވާއިދުތަކަށް ބަދަލު ގެންނަވަރުން ޕާޓީ ރަނގަޅަށް ހިންގަން ވެސް ބައެއް ފަހަރު އުނދަނގޫވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ސިޔާސީ ޕާޓީތައް ހިންގާ ބެލެހެއްޓުމުގެ ބައިގައި ޕާޓީތަކުން އަމަލުކުރަން ވާނީ ގާނޫނާއި ގަވާއިދުތަކަށް ކަމަށް އޮތުމުގެ ބަދަލުގައި ގާނޫނަށް އަމަލުކުރަން ޖެހޭ ގޮތަށް އޮތުން އެންމެ ރަނގަޅުކަމަށް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ވާހަކަތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ ގަވާއިދުތަކަކީ ޤާނޫނުތަކުގައި ނެތް ކަންކަން އިތުރަށް ތަފްސީލްކޮށްދެ ކަމަކަށް ވާއިރު ޤަވާއިދުތަކަށް ތަބާ ނުވާގޮތަށް އޮތުމަކީ ގޮންޖެހުމަކަށް ވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާގޮތަށް ހުރި ބައެއް ކަންކަން ވެސް އެމްޑީޕީ އިން ވަނީ ފާހަގަކޮށްފައެވެ. ސިޔާސީ ޕާޓީތައް ހިންގާ ބެލެހެއްޓުމުގެ ދަށުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޚިޔާލު ފާޅުކުރެވޭނީ އިސްލާމް ދީނާއި ޚިލާފު ނުވާގޮތަށް ކަމަށް އޮތް އޮތުމަކީ ފުރިހަމަ އަށް ބަލައިގަންނަ ކަމެއް ކަަމަށް އެމްޑީޕީ އިން ބުނެއެވެ. އެހެންނަމަވެސް ޤާނޫނު އަސާސީ އާއި ޚިލާފު ނުވާގޮތަށް ޚިޔާލު ފާޅުކުރުން ބައްޓަންކުރަން ވާނެ ކަމަށް ބުނެފައިވާއިރު ސިޔާސީ ޕާޓީތަކުގެ މަގްސަދަކީ ވެސް ޤާނޫނުތަކުގައި ހުރި ނުރަނގަޅު ކަންކަން ފާހަގަކޮށް އެކަންކަން އިސްލާކުރަން ވާހަކަދެއްކުން ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އޭނާގެ އެ ވާހަކަ އަށް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވަނީ ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްގެން ނުވާނެ ކަމަށާއި، އެ ހައްގު ގެއްލުވާ ނުލެވޭނެ ކަމަށެވެ. އަދި އެ ހައްގު ހަނިވާގޮތަށް އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދެއް ނުހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާޓީތަކުން މި މޭރުމުން ވާހަކަދެއްކެވުމުން އިލެކްޝަންސް ކޮމިޝަނުން ބުނީ އެފަދަ އިސްލާހެއް ހިމަނަން ނިންމީ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވުމުގެ ފުރުސަތު ޕާޓީތަކަށް ނުދިނުމަށް ކަމަށެވެ. އެގޮތުން ކޮވިޑް-19އިގެ ބަލިމަޑުކަން އޮތް ހާލަތުގައި ވެސް އެއްވެ މުޒާހަރާ ކޮށްފައިވާ ކަަމަށާއި އެއީ އެ ހާލަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އީސީ އިން ފާހަގަކުރިއެވެ. އެހެންކަމުން ގާނޫނާއި ގަވާއިދުތަކާއި ޚިލާފު ނުވާގޮތަށް ޚިޔާލު ފާޅުކުރެވިދާނެ ކަަމަށް ލިޔެފައި ވަނީ އެ މަގްސަދުގައި ކަަމަށް އީސީއިން ބުންޏެވެ.

އެކަމާއި ގުޅިގެން ޕާޓީތަކުން ވަނީ އެފަދަ ކަންކަމަށް ޚާއްސަކޮށް، ޚާއްސަ ހާލަތެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގަވާއިދެއް ނުވަތަ އުސޫލެއް އެކުލަވާލެވިދާނެ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒޭނާ އާދަމް ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމާއި، ގާނޫނާއި ގަވާއިދާއި ޚިލާފަށް އަމަލުކުރަން ޕާޓީތަކަށް ފުރުސަތު ލިބޭ ގޮތަށް އޮތުމާއި އެއީ ދެކަމެއް ކަަމަށެވެ. ސިޔާސީ ޕާޓީގެ ތެރެއިން ވާހަކަދެކެވި ޚިޔާލު ފާޅުކުރަން ފުރުސަތު ނުލިބޭ ގޮތަށް ޤާނޫނު އެކުލަވާ ނުލެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ވަކި ފަރުދަކު ޒިންމާވާ ގޮތަށް އިސްލާހު ގެނައުމަކީ އެމްޑީޕީ އިން ތާއީދުކުރާ ގޮތެއް ނޫން ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ. އެއަށް ވުރެ ބޮޑަށް އިލެކްޝަންސް ކޮމިޝަނަށް ޕާޓީތައް ޒިންމާދާރުކުރެވޭނެ ގޮތެއް ހޯދުން މުހިންމު ކަމަށް އެ ޕާޓީ އިން ބުނެއެވެ. އެ ބަދަލުގެ ސަބަބުން ޕާޓީތަކަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ ކަަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ޖޭޕީ އިން ވެސް ވަނީ އެ އިސްލާހަށް ތާއީދު ނުކުރާކަން ފާހަގަކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތައް ދަރަންޏަށް ޒިންމާކުރުވުމުގެ މަރުހަލާ ވަރަށް ދަތިކަން ފާހަގަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންސިޔާސީއެމްޑީޕީޖޭޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޖުމްހޫރީ ޕާޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު